މޫނުގައި ހުންނަ އެކި ކަހަލަ ލަށްތަކާއި ލަކުނުތައް ފިލުވާލަން މޮޅު ކްރީމް ސެޓެއް ރާއްޖޭގައި ވިއްކަމުންދާތާ މިހާރު ފަސް އަހަރުވެއްޖެއެވެ. ލޭޑީސް އެމްވީން ރާއްޖެއަށް ތައާރަފްކުރި އެކްނޯސްކިން ސެޓަކީ މިހާރު ވެސް ޒުވާން އަންހެނުންގެ މެދުގައި މަގުބޫލު ސެޓެކެވެ.

މޫނުގައި ތެޔޮވުން ހުއްޓުވައިދީ، ބިހި ނެގުމާއި، ޕިގްމެންޓޭޝަން އަދި މޫނުގައި ހެދިފައި ހުންނަ ވަޅުތައް ބެއްދުމެއް މި އެކްނޯ ސިކްން ސެޓް ވަރެެއް ނެތެވެ.

އެކްނޯސްކިން މި ސެޓުގައި ހިމެނޭނީ މޫނު ދޮވުމަށް ހާއްސަ ބްލެކް ރައިސް ސައިބޯންޏަކާއި، މޫނުގައި ލާން ސީރަމްއަކާއި ދުވާލު އުނގުޅަން ހާއްސަ ކްރީމަކާއި ރޭގަނޑު އުނގުޅަން ހާއްސަ ކްރީމެކެވެ. މީގެއިތުރުން، މޫނުގައި ބޮޑަށް ހަލާކުވެފައި ހުންނަ ހިސާބުތަކުގައި އުނގުޅުމަށް ހާއްސަ ވަކި ކުޑަ ކްރީމް ފުޅިއެއް މި ސެޓްގައި ހިމެނެއެވެ.

ބްލެކް ރައީސް ސައިބޯނި:

މިއީ މޫނުގައި ހުންނަ ހަޑި ލަށްތަކާއި ކަޅުކަން ފިލުވާލާ މޫނަށް އުޖާލާކަމާއި، ފްރެޝްކަން ގެނެސްދޭ މޮޅު ސައިބޯންޏެއް.

ސީރަމް ފުޅި

މޫނުގައި ހުންނަ ލަކުނުތަކަށާއި، ވަޅުތަކަށް ހާއްސަ އެއްޗެއް.

ޑޭ ކްރީމް

ހެނދުނު އުނގުޅަން ހާއްސަ ކުރެވިފައިވާ ޑޭ ކްރީމަކީ އަވީގެ ސަބަބުން ހަންގަނޑު އެނދުމުން ސަލާމަތްކޮށްދީ ތެޔޮވުން ހުއްޓުވައިދޭ ކްރީމެއް.

ނައިޓް ކްރީމް

ރޭގަނޑު އުނގުޅަން ހާއްސަ ނައިޓް ކްރީމަކީ ސެޓްގައިި ހިމެނޭ އެންމެ ރަނގަޅު ކްރީމް. މި ކްރީމް ރޭގަނޑު އުނގުޅައިގެން ނިދުމުން، މޫނުގައި ހުންނަ ބިހި، ލަކުނު ވަޅުތަކާއި، އަދި ކުރަކިކަން ފިލުވާލާ މުޅި މޫނު ސާފްކޮށްދީ އޮމާން ކޮށްދީ ރީތިކޮށްދޭނެ.

މި ޕްރޮޑަކްޓްސްއަކީ ވަރަށް ގިނަ ބަޔަކު ބޭނުންކޮށްފައިވާ އަދި މިހާރުވެސް ގިނަ މީހުން މެދުގައި މަގްބޫލު ކަން ލިބިފައިވާ ޕްރޮޑަކްޓެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން މި ޕްރޮޑަކްޓްސް ބޭނުން ކުރަމުންދާ ގިނަ ފަރާތްތަކުގެ ރަނގަޅު ފީޑްބެކްތް އެ ޕޭޖަށް ދަނީ ލިބެމުންނެވެ.

އަދި މި ޕްރޮޑަކްޓްސް ބޭނުން ކުރަން ފަށާތާ ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ނަތީޖާ ފެންނާނެ ކަމުގެ ޔަގީންކަން ލޭޑިސް އެމްވީން ދެއެވެ.

މި ސެޓް ބޭނުން ކުރާ ގިނަ ކަސްޓަމަރުން ބުނާ ގޮތުގައި، މި ސެޓް ބޭނުންކޮށްގެން މޫނުގައި ޖަހާ ހަރު ބޮޑެތި ބިހިތައް ފިލައި، ލަކުނުތައް މަޑުމަޑުން ދެއެވެ. އަދި މޫނުގެ ހަންގަނޑު އޮމާންވެ އަލިކޮށްދެއެވެ.

އެހެންްކަމުން މިއީ 2000، 3000 ރުފިޔާ ދީގެން ސެލޫނަށް ނުގޮސް މޫނުގައި ނަގާފައިވާ ބިހިތަކާއި، މޫނުގައި ނަގާފައިވާ ލަކުނު ނުފިލައިގެން ނޫނީ ވަޅުތައް ބެއްދުމަށް އޮތް ހައްލުކަން ޔަގީނެވެ. އެހާ ވެސް އެކްނޯ ސްކިން ސެޓް އެފެކްޓިވްވާނެއެވެ.

ކޮސްމެޓިކްސް ޕްރޮޑަކްޓްތަކަށް ހާއްސަ ލޭޑިސް އެމްވީ ޕޭޖަކީ ދިވެހިންގެ ބޮޑު މަގްބޫލުކަން ހޯދާއިވާ ޕޭޖެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ޕޭޖަށް ޒިޔާރަތްކޮށްގެން ޒުވާނުންނަށް ދިމާވެފައިވާ މިފަދަ މައްސަލަތަކުގެ އަވަސް ހައްލު ލިބެއެވެ. އަދި އެ ޕޭޖްގެ ވައިބާ ކޮމިއުނިޓީ ގްރޫޕް މެދުވެރިކޮށްް، އެ ޕޭޖުން ވިއްކާ ޕްރޮޑަކްޓްތަކުގެ މައުލުމާތު ލިބޭނެއެވެ. އަދި އިތުރު މައުލުމާތު ހޯދަން 9657266 އަށް ގުޅައިގެންް ކުރިއަށް ގެންދެވޭއިރު، އެ ޕޭޖް މެދުވެރިކޮށް ތަކެތި ގަންނަ މީހުންނަށް ފްރީ ޑެލިވަރީ ހިދުމަތްވެސް ދޭނެއެވެ.

އަދި އައްޑޫ ސިޓީގައި ހިންގަމުން އަންނަ އައިސީއެމް 1 އަދި 2 އިންނާއި، މާލޭގެ އޭޑީކޭ ކައިރީ ހުންނަ އައިސީއެމް3 ގެ އިތުރުން، ހުޅުމާލޭގައި ހުންނަ އައިސީއެމް 4 އިން ވެސް ލޭޑިސް އެމްވީން ވިއްކާ ހުރިހާ ޕްރޮޑަކްޓެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ހައު މަޗް؟

  2. ޖާނޫ

    ކިހާ ވަރަކަށް ތޯ ވިއްކަނީ؟