ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން އެންމެ މަތިން މިދިޔަ މަހު ވެސް ސާވިސް ޗާޖު ދީފައިވަނީ ނ. ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުން ކަމަށް ސާވިސް ޗާޖްގެ މައުލޫމާތު ހިއްސާ ކުރަމުން އަންނަ ސައިޓެއް ކަމަށްވާ "މޯލްޑިވްސް އެސްސީ" އިން ބުނެފިއެވެ.
ރާއްޖޭގެ ސާރވިސް ޗާޖްގެ މައުލޫމާތު ހިއްސާ ކުރަމުން އަންނަ މިސައިޓްގައި ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގެ އިތުރުން އިތުރު 36 ރިސޯޓެއްގެ ސާރވިސް ޗާޖްގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. ސާރވިސް ޗާާޖް އެންމެ ދަށުން ދިން ރިސޯޓެއްގެ ގޮތުގައި މިދިޔަ ލިސްޓް ކުރެވިފައިވަނީ ޝަންގްރީ ރިސޯޓްގައެވެ. މިރިސޯޓްގެ މުވައްޒިފުންނަށް މިދިޔަ މަހު ސާރވިސް ޗާޖްގެ ގޮތުގައި ދީފައިވަނީ 364 ޑޮލަރެވެ.
މިދިޔަ މަހު އެންމެ ގިނައިން ސާރވިސް ޗާޖް ދީފައިވާ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 1483 ޑޮލަރު ލިބިފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މާޗު މަހު ލިބުނު 1427.91 ޑޮލަރު އާ ބަލާއިރު ތިން ޕަސެންޓުގެ އިތުރުވުމެކެވެ. މި ރިސޯޓުގެ މުވައްޒަފުންނަށް މި އަހަރުގެ ޖެނުއަރީ މަހު 2940.19 ޑޮލަރުގެ ސާވިސް ޗާޖެއް ދީފައިވެ އެވެ.
މިލިސްޓްގެ ދެވަނައިގައި އޮތް ވެލާގެ މުވައްޒިފުންނަށް ސާވިސް ޗާޖްގެ ގޮތުގައި ދީފައިވަނީ 1367.53 ޑޮލަރެވެ. އަދި ތިން ވަނައިގައި އޮތް ވަން އެންޑް އޮންލީ ރީތިރަށުން 1165.00 ޑޮލަރު ސާވިސް ޗާޖްގެ ގޮތުގައި ދީފައިވާއިރު، ލިސްޓްގެ ހަތަރު ވަނައިގައި އޮތް އަނަންތާރާއިން ސާވިސް ޗާޖްގެ ގޮތުގައި ދީފައިވަނީ 1116.37 ޑޮލަރެވެ.
މޯލްޑިވްސް އެސްސީއަކީ ރިސޯޓްތަކުގެ މުވައްޒިފުންގެ އެހީގައި ހިންގާ ސައިޓްއެއްކަމަށް އެސައިޓްގައި ބުނެފައިވެއެވެ. މިގޮތުން މިސައިޓްގައި އާއްމު ކުރެވެނީ މުވައްޒިފުން ފޮނުވާ މުސާރަ ސީޓްގައިވާ ސާރވިސްޗާާޖްގެ އަދަދެވެ.
ޖެނުއަރީގަ 2940 ލިބުނީ ވެލާއަށޯ
ވިލާރިސޯޓްތައް އުޅެނީ ކިތައްވަނާގައިތަ؟ ތަރައްޤީ ޔަޤީންވާތީ ހަމަ އަހައިލީ!
ރާއްޖޭގެ ކުނފުނި ތަކުން ހިންގާ ރިސޯޓް ތަކުން ގިނަފަރު ސާވިސް ޗާޖް ނުވެސް ދޭ މިކަން ބަލާނެ ފަރާތެއްވެސް ނޯވެ.
ޥަކަރުފަޅި ރިސޯޓު އެންމެ ދަށް ސާރވިސް ޗާރޖް ދޭ ރަށް 300
ވިލާގެ ޕެރަޑައިޒް
ޕެރަޑައިޒް ރިސޯޓުން މާރޗްމަހު ދިނީ 700 ދިވެހި ރުފިޔާ!
700 އޮޅުދޫ ރުފިޔާ ހުރޭތަ. ދިވެހިން ފައިސާ
އަށް ކިޔާ ނަމަކީ 'ރުފިޔާ'