ކޮންމެ އަހަރަކުވެސް ރޯދަ މަހާއި ދިމާކޮށް، އެސްޓީއޯއިން ކުރިއަށްގެންދާ، "އެސްޓީއޯ ރަމަޟާން ބާޒާރު 2020" މިއަދު ފަށައިފިއެވެ.

އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ހުސެއިން އަމްރުއެވެ.

އެ ޕްރޮމޯޝަނާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އެސްޓީއޯގެ ސްޕޯކްސް ޕާސަން އަހުމަދު މުހައްމަދު (އަބޯ) ވިދާޅުވީ، މާލެ އާއި މާލެއިން ބޭރުގައި ހުރި އެސްޓީއޯގެ ހުރިހާ އައުޓްލެޓްތަކެއްގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި، 40 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 3000 ރުފިޔާއިން މަތީގެ ވިޔަފާރި ކުރައްވާ ފަރާތްތަކަށް ކަމަށާ، އެސްޓީއޯއިން ބަައްލަވައިގަންނަ ކޮންމެ 1000 ރުފިޔާ އަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.

"ގްރޭންޑް ޕްރައިޒަކަށް މިފަހަރު ކަނޑައަޅަފައި ވަނީ 7 އުމްރާ ދަތުރެއް. އޭގެ ތެރޭގައި ހިމެނީ 1 ވަނަ އަށް ހޮވޭ ފަރާތަކަށް 4 ބޭފުޅުންނަށް އުމްރާޕެކޭޖެއް، 2 ވަނަ އަށް ހޮވޭ ފަރާތަަކަށް 2 ބޭފުޅުންގެ އުމްރާ ޕެކޭޖެއް، ދެން 3 ވަނަ އަށް ހޮވޭ ފަރާތަކަށް އެއް ޕެކޭޖް." އަބޯ ވިދާޅުވިއެވެ.

އެސްަޓީއޯ ރަމަޟާން ބާޒާރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އަބޯ މީޑިާއާތަކަށް މައުލޫމާތުދެއްވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިިލް

އެސްޓީއޯ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ ތެރެއިން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ހަފްތާ އަކު އެއްފަހަރު ނަގަން ހަމަޖެހިފައިވާ ގުރުއަތުން ހޮވޭ ފަރާތްތަކަށް، 10،000 ރުފިޔާ އާއި 20،000 ރުފިޔާ އާއި ދެމެދުގެ އިނާމުތައް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯއިން ވިއްކާ ނިޕޯން ޕެއިންޓަށް 15% އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

މި ޕްރޮމޯޝަން މޭއި މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

އެސްޓީއޯ ރަމަޟާން ބާޒާރަކީ އަބަދުވެސް ގިނަ ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އެެއް ޕްރޮމޯޝަންއެވެ.

ކިޔުންތެރިންގެ ހިޔާލު