ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ގެއްލުމުން އަރައިގަތުމަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްވައިފިއެވެ.

ކުރުނބާ މޯލްޑިވްސް ގައި ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އަހަރީ އާއްމު ޖަލްސާގައި ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ސަބަބުން ޓޫރިޒަމަށް އަސަރު ކުރާނެ ކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ހުރިހާ ފަރާތްތަކަށްވެސް އެނގޭނެ ކަމަށެވެ.

ޓޫރިޒަމަށް ލިބޭ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމެއް ދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގެ ފަތުރުވެރިކަމަށް ކޮރޯނާ ވައިރަސްގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން، އަޅުގަނޑު ސަރުކާރުގެ ފަރާތުން ދެން" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެ ކޮރޯނާ ވައިރަސް އިން ސަލާމަތް ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ދާދި ފަހުން ޗައިނާއިން ރާއްޖެއަށް ކުރަމުން އަން ޑައިރެކްޓް ފްލައިޓްތައް ކެންސަލް ކޮށްފައި ކަމަށެވެ. އަދި އިތުރަށް ރައްކާތެރިވާން ޖެހޭ ކަންކަމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގައި ތިބޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައެވެ. އެހެން ނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިން ވަނީ މަދުވެފައެވެ. ހާއްސަކޮށް ޗައިނާ މާކެޓުން ރާއްޖެ އަންނަ ތިބި ފަތުރުވެރިން ރާއްޖެ ނާދެވޭ ގޮތްވުމުން، މިއަހަރުގެ ޓާގެޓް ހާސިލް ކުރުމަށް ގޮންޖެހުން ތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފެއިލްވެފައިވާ ސަރުކާރަށް ވާކަމެއް ނޯންނާނެ

    ކޮވިޑް ރޯގާގެ ކޯފާއައީ ހަމައެކަނި ޗައިނާއަކަށް ނޫން. މިއީ ހާއްސަކޮށް ރާއްޖެފަދަ އެހެންގައުމުތަކަށް ބަރޯސާވެފައިވާ ގައުމުތަކަށް މާބޮޑަށް ގެއްލުންވާނޭ ފަދަ ކާރިސާއެއް. ޗައިނާއިން ރާއްޖެއަށް ވުރެ ފަސޭހައިން މިކަމުން އަރައިގަނެވިދާނެ. އެކަމަކު ރާއްޖެ ހިމެނޭ ސަރަހައްދަށް ކޮވިޑް ފެތުރެން ފަށައިފިނަމަ ރާއްޖޭގެ އެއާޕޯޓްތައް ބަންދުކުރަން ޖެހިދާނެ. އެންމެ މަހެއްވަންދެންވެސް ރާއްޖެއަށް ފަތުރުވެރިން ނާންނަންޏާ ދައުލަތް ބަގުރޫޓުވެ ދަރާވިކޭނެ. އިސްރާއިލްފަދަ "ބާރުގަދަ" ސެކިޔުރިޓީ އޮންނަ ގައުމަކަށްވެސް ކޮވިޑްގެ އަސަރުވާނަމަ، ރާއްޖެފަދަ ގަމާރު ސެކިޔުރިޓީ އޮންނަ ގައުމަކަށް މިބަލި ފެތުރިގެން ދިޔުމަކީ ދުރުކަމެއް ނޫން. ރާއްޖޭގެ މިއޮތް ސަރުކާރުގެ މުނާފިގުންގުންނާއި ލާދީނީ ވެރިންގެ ސަބަބުން އަތުވެދާނެ ކޯފާއަކަށް ބިރުވެތިވޭ!

    14
  2. ކަރާ

    މީނަ މިއުޅެނީ މިހާރުވެސް ޓޫރިޒަމައް ލިބޭ ގެއްލުން ފޫ ނުބެއްދިގެން ދޯ.. އަލީ ވަހީދު ދޭބަލަ ގޮއްސް ޗައިނާގަ އޮއްނަން..

    12
  3. އައ2ްޗި

    މިރާއްޖޭގެ ފަގީރުން ހިންގާ އެންމެ ދެރަ ވިޔަފާރިޔަށް ވާގެއްލުން ރައްޔިތުންގެ ލާރިން ފޫބައްދާ ދޭނެޔޭ އެބުނަނީ ވަރަށް ޖަޒީރާކޮށް. ބޯކޮށް ޖަޒީރާކޮށް!

    13
  4. މޯދީގެ އައްޕަ

    ކޮބާ އެހެނިހެން ވިޔަފާރިތަކަށް ކުރާ އަސަރުން ސަރުކާރަށް ކަހެރުވަކެކޭވެސް ނުވޭދޯ؟! އެހެންނޫނަސް ދިވެހިން ބިކަވެ އަތްމަތި ދަތިވެ ގައުމު އިންޑިޔާ ބަނޑަށްވެއްޓި ހަލާކުވަނީ!

    12
  5. ކޮމެންޓު

    އަނެއްކާވެސް ރަށްޔިތުންގެ ފައިސާ މަހުޖަނުންނަށް ބަހާ ވާހަކަ

    13
    1
  6. ޖ

    ބަޖެޓުގަނެތް ރުފިޔާއެއް ކިހިނެއް އެހީވާނީ ބޭކާރު އަގަނުތަޅާ.

    13
  7. Anonymous

    މިސަރުކާރުގަ ތިބީ ޓުއަރިޒަ މް ބޮއިކޮޓް ކުރަން ގޮވިމ މީހުން، އަލީވަހީދު މެން ދައްކާ ވާހަކަ އަޑުއަހާނީ ބުރާންތިވެފަ ތިބި މީހުން.

    14
  8. އެމަންޖެ

    ކަލޯ ކޮންތާކުންތޯ އަރައިގަނނަން ތަކެތި ހޯދަނީ، މިހާރިވެސް ގައުމު ކައި ހުސްކޮއްފި. އިސްތިއުފާ.

    12
  9. ޢަލިބެ

    ސަރުކާރުން އެހީވާންވާނީ އަބަދުވެސް ފައިސާވެރިންނަށް. ނިކަމެތިންގެ ލޮލަށް ހިނިއެރިޔަސް ސަރުކާރަށް ބަރާބަރު.

  10. ބެއްޔާ

    ނަހުލާއަށް ލިބުނު ގެއްލުމަށް ރައީސްއޮފީހުން ބަދަލު ދޭނެކަމަށް އުއްމީދުކުރަން.