މައްސަރު ކަންތައް ނުވަތަ ޕީރިއަޑްވުމަކީ ކޮންމެ އަންހެނަކާއި ވެސް ދިމާވާ ކަމެކެވެ. މިއީ ބައެއް އަންހެނުންނަށް ވޭން ބޮޑު ދުވަސްވަރެކެވެ. މިކަން ކުރިމަތިވުމުން ބައެއް އަންހެނުންނަށް އާދައިގެ ބަނޑުގައި ރިހުމެއް ކުރިމަތިވީނަމަވެސް އަނެއްބައި މީހުންނަށް އާދަޔާއި ޚިލާފަށް ބޮޑަށް ބަނޑުގައި ރިހުން ކުރިމަތިކުރުވައެވެ. ޚާއްސަކޮށް މައްސަރު ކަންތައް ލައިގަންނަ ފުރަތަމަ ދުވަސްކޮޅު ބައެއް އަންހެނުންނަށް ހިރިހެލި ނޫޅެވޭ ވަރަށް ގައިގައި އާއި ބަނޑުގައި ރިއްސާ ފަހަރު އާދެއެވެ.

މައްސަރު ދުވަސްވަރު އެކި މީހުންނަށް ތަދު ކުރިމަތިވަނީ އެކި ގޮތަށެވެ. ބައެއް މީހުންނަށް ދިލަ ތަދެއް އިހުސާސް ކުރެވޭއިރު، އަނެއްބައި މީހުންނަށް ތޫނު ތަދެއް އިހުސާސް ކުރެވެއެވެ. އަދި އާންމުކޮށް ބައެއް މީހުންނަށް ބަނޑުގައި އާއި ބުރަކަށީގައި ރިއްސުންފަދަ އުނދަގޫތައް ވެސް މި ދުވަސްވަރު ކުރިމަތިވެއެވެ. މި އުނދަގޫތަކުން ސަލާމަތްވުމަށް އެކި މީހުން އެކި ކަންކަން ކޮށް އުޅޭއިރު، ތަދުފިލުވުމަށް ބޭނުންކުރާ ބާރުގަދަ ބޭސްތައް ބޭނުންކުރުމަކީ ގިނަ ބަޔަކު ކުރާ ނުރަނގަޅު ކަމެކެވެ. އެފަދަ ބޭސްތަކުގެ ސަބަބުން ބަނޑުގައި ރިއްސާ ރިއްސުން އިހުސާސް ނުކުރެވި، ވަގުތީ ގޮތުން ތަދު ފިލައިދިޔަ ނަމަވެސް ސިއްހީ އެހެނިހެން ނުރައްކާތެރި އެތައް ހާލަތެއް ކުރިމަތިކުރުވައެވެ.

މައްސަރު ކަންތައް ކުރިމަތިވެ ބަނޑުގައި އާއި ގައިގައި ރިއްސާ ރިއްސުމުގެ އުނދަގުލާއި ކުރިމަތިވާ ފަރާތްތަކަށް މިއީ އުފާވެރި ޚަބަރެކެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން މިހާރު އަންނަނީ މި މައްސަލަ ކުރިމަތިވާ ފަރާތްތަކަށް ޚާއްސަ ޕްލާސްޓަރެއް ވިއްކަމުންނެވެ. "ތާމަރ ޕްލާސްޓް" ނަމަކަށް ކިޔާ މި އުފެއްދުމަކީ ބަނޑުގައި ރިއްސުން ލުއިކޮށް އެ ރިއްސުން ފިލުވާލުމަށް އެހީވެދޭ "ހީޓް ޕެޑް" އެކެވެ. މައްސަރު ކަންތައް ކުރިމަތިވުމުން ރިއްސާ ރިއްސުން ފިލުވައިލުމާއެކު މި ޕްލާސްޓަރ އަކީ ބުރަކަށީގައިވެސް ރިއްސާނަމަ ބޭނުންކުރެވިދާނެ ފަރުވާއެކެވެ.

ބަނޑުގައި އާއި ބުރަކަށީގައި ރިއްސާ ދިމާލެއްގައި، ފޮތިކޮޅެއް ނުވަތަ ފޮތި ފޭރާމެއްގެ މަތީން ތަތްކޮށްފައި ބަހައްޓަންޖެހޭ މި ޕަލާސްޓަރ އަކީ އަމިއްލައަށް ހޫނު އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ ޕްލާސްޓަރ އެކެވެ. މި ޕްލާސްޓަރ އިން އުފައްދާ ހޫނުގެ އަސަރު ހަށިގަނޑުގެ ރިއްސާ ދިމާތަކަށް ކުރުމުން، މަސްތަކަށް ވާންވެފައި ހުންނަ ހުރުން ލުއިކޮށްދީ ލޭ ދައުރުވުން ފަސޭހަކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން އެތަނެއްގައި ރިއްސާ ރިއްސުމަށް މި ހޫނުގެ ސަބަބުން މަދު ވަގުތުކޮޅެއްގެ ތެރޭގައި ފަރުވާކޮށް ފަސޭހަކޮށްދެއެވެ.

ޕްލާސްޓިކް ޕެކެޓެއްގައި ބަންދުކޮށްފައި ހުންނަ މި "ތާމަރ ޕްލާސްޓް"، ޕެކެޓުން ކަނޑާލުމުން އޭގައިވާ ބައިތަކުގެ ސަބަބުން ހޫނުވާން ފަށައެވެ. މިގޮތުން ހޫނު އުފެދެން ފެށުމުގެ ކުރިން ރިއްސާ ދިމާލުގައި މި ޕްލާސްޓަރ، ފޮތިކޮޅެއް ނުވަތަ ލައިގެން ހުންނަ އެއްޗެއްގެ މަތީން ތަތްކޮށްލަން ޖެހެއެވެ. މި ޕްލާސްޓަރ ތަތްކުރުމުން އެއިން އުފައްދާ ހޫނު ގާތްގަނޑަކަށް 50 އާއި 55 ޑިގްރީ ސެލްޝިއަސް އާއި ދެމެދުގެ ހޫނުމިނެއްގައި ހުންނާނެއެވެ. މިއީ ތަޙައްމަލްކުރަން އުނދަގޫ ހޫނެއް ނަމަ ޕްލާސްޓަރ ތަތްކުރަން ޖެހޭނީ ބޯ ފޮތިކޮޅެއްގެ މަތީންނެވެ.

މި ޕްލާސްޓަރ ތަތްކުރުމަށްފަހު ހާމައަށް ބެހެއްޓުމުގެ ބަދަލުގައި އޭގެ މަތިންވެސް ފޮތިކޮޅެއް އަޅާފައި ހުރުން ރަނގަޅެވެ. މިގޮތަށް ކަންތައް ކުރުމުން ޕްލާސްޓަރުން އުފައްދާ ހޫނުގެ އަސަރު ހަށިގަނޑަށް ކުރުވާ މިންވަރު އިތުރުކޮށް އެ ހޫނުކަން ގިނައިރަށް ދަމަހައްޓައެވެ. ޕެކެޓުން ކަނޑާތާ ގާތްގަނޑަކަށް 15 އާއި 30 މިނެޓާއި ދެމެދުގެ ވަގުތުކޮޅެއްގެ ތެރޭގައި ޕްލާސްޓަރުން ހޫނު އުފައްދަން ފަށާއިރު، މި ހޫނުކަން 12 ގަޑިއިރަށް ދެމިގެންދާކަން ޓެސްޓުތަކުން ހާމަވެއެވެ.

މި ޕްލާސްޓަރަކީ ކޮންމެ އުމުރެއްގެ އަންހެނަކަށްވެސް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ، ހަށިގަނޑަށް ގެއްލުންދޭ އެއްވެސް ބައެއް އެކުނުލެވޭ މޮޅު ޕްލާސްޓަރެކެވެ. ނަމަވެސް މާބަނޑު އަންހެނުން މި ޕްލާސްޓަރ ބޭނުންކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި ވާގިނެތޭ ބަލި ޖެހިފައިވާ މީހުން ވެސް މި ޕްލާސްޓަރ ބޭނުންކުރުން ރަނގަޅެއް ނޫނެވެ. ބަނޑުގައި، ނުވަތަ ހަށިގަނޑުގެ އެހެން ދިމާލެއްގައި ވެސް މި ޕްލާސްޓަރ އަޅާނަމަ، ސީދާ ހަންގަނޑުގައި ތަތްކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ އޭގެތެރޭގައިވާ ބައިތަކުގެ ނުރަނގަޅު އަސަރެއް ހަންގަނޑަށް ކޮށްފާނެ ކަމަށްޓަކައެވެ.

މި ޕްލާސްޓަރ ބޭނުންކުރުމުގައި ދެން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކީ، ފާރުގަނޑެއް ނުވަތަ އިންފެކްޝަނެއް އުފެދިފައިވާ ދިމާލެއްގައި ފޮތިކޮޅެއްގެ މަތީން ނަމަވެސް ޕްލާސްޓަރ ތަތް ނުކުރުމަށެވެ. އެއީ މި ޕްލާސްޓަރުން އުފައްދާ ހޫނުގެ އަސަރު އެފަދަ ތަންތަނަށް ކުރުމުން ގެއްލުންވެދާނެތީ އެވެ. މި ޕްލާސްޓަރ ރައްކާ ކުރުމުގައި އަވި ނުދޭ ތަނެއްގައި ބެހެއްޓުމަށް ސަމާލުކަން ދިނުމަކީ މުޙިންމު ކަމެކެވެ. އަދި ކުޑަކުދިންގެ ގައިގައި މި ޕްލާސްޓަރ އެޅުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

"ލިބޭ" އިން ރާއްޖެއަށް އަލަށް ތަޢާރަފްކޮށް މިހާރު ވިއްކަމުންދާ މި ޕްލާސްޓަރ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ގިނަ ބަޔަކު ބޭނުންކުރާ، ގިނަ ބައެއްގެ އިތުބާރާއި މަޤުބޫލުކަން ލިބިފައިވާ އުފެއްދުމެކެވެ. ތަޖުރިބާގެ އަލީގައި މި ޕްލާސްޓަރ ބޭނުންކުރާ ފަރާތްތަކުން ބުނާގޮތުގައި، ހަށިގަނޑުގައި ތަދުވާ ތަންތަނާއި، ޚާއްސަކޮށް މައްސަރު ދުވަސްވަރު ބަނޑުގައި ރިއްސާ ރިއްސުމަށް މަދު ވަގުތުކޮޅެއްގައި މި ޕްލާސްޓަރު ބޭނުންކޮށްގެން ފަރުވާކޮށް ތަދު ފަސޭހަކޮށްދެއެވެ. އަދި މިއީ ލޭ މައްޗަށް ދިއުންވެސް ކޮންޓްރޯލް ކުރުމަށް އެހީވެދޭ މޮޅު އުފެއްދުމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

"ލިބޭ" އިން "ތާމަރ ޕްލާސްޓް" ޕޮއްޓެއް ވިއްކަނީ 200 ރުފިޔާއަށެވެ. މިއިން ކޮންމެ ފޮއްޓެއްގައި "ތާމަރ ޕްލާސްޓް"ގެ ފަސް ޕްލާސްޓަރު އޮންނާނެއެވެ.

"ލިބޭ" އިން ތަކެތި އޯޑަރު ކުރުމުގެ ފުރުސަތު، އެފަރާތުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް އޮތްއިރު، "ލިބޭއެމްވީ"ގެ ނަމްބަރު، 7999681 ނުވަތަ 9946822 އަށް ގުޅައިގެންވެސް އޯޑަރުކޮށް މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ވަނީ ހުލުވާލާފައެވެ. "ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.


"ލިބޭ" އިން ވިއްކާ ބައެއް އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ބަނޑު ހިންދާލުމަށް ޚާއްސަ ކޮފީ (200 ރުފިޔާ) - 2 ގަތުމުން 1 ހިލޭ


2. ބިއުޓީ ކޮޓޭޖް - ފޭސް ކްލީންސާ (250 ރުފިޔާ)


3. ސްޕާކަލް ވައިޓް ޓޫތްޕޭސްޓް (100 ރުފިޔާ)


4. ސްޕާކަލް ޑަބަލް ވައިޓް ޓޫތްޕޭސްޓް - ލެމަން ސޮޑާ (125 ރުފިޔާ)


5. ސްޕާކަލް ޓްރިޕްލް ވައިޓް ޓޫތްޕޭސްޓް (150 ރުފިޔާ)


6. ސްޕާކަލް ކޮފީ އެންޑް ޓީ ޑްރިންކާސް ވައިޓްނިންގް ޓޫތްޕޭސްޓް (130 ރުފިޔާ)


7. ސްޕާކަލް ނެޗުރަލް ފްރެޝް އެންޑް ގަމް ކެއާ ޓޫތްޕޭސްޓް (120 ރުފިޔާ)


8. ސްޕާކަލް ކޮމްޕްލީޓް ކެއާ ޓޫތްޕޭސްޓް (135 ރުފިޔާ)


9. ސްޕާކަލް ސެންސިޓިވް ޕްރޮފެޝަނަލް ޓޫތްޕޭސްޓް (155 ރުފިޔާ)


10. ސްޕާކަލް ވައިޓް ޑެންޓަލް ފްލޮސް (65 ރުފިޔާ)


11. ސްޕާކަލް ޓާބޯ ވައިޓް ޓޫތްބްރަޝް (25 ރުފިޔާ)


12. ސްޕާކަލް ފްރެޝް ވައިޓް ޓޫތްބްރަޝް (30 ރުފިޔާ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސަނު

    މި އަނެއްކާ އަނެއް ހަކަންތައް ޖެހުނީ ، ޕެޑު ފޮއްޓެއް ގަންނަ ކޮން މެ ފަހަރަކު މީގެ ފޮއްޓެއް ގަންނަން މިޖެހުނީ ، އަނެއްކޮޅުން ނުގަނެދީފިއްޔާވެސް ނިދާލަންވެސް ނޯވެވޭނެ ،. ކޮން މެ އަކަސް މީ ވަރައް ރަނގަޅު އެއްޗެއް ، ބައެއްފަހަރު އުޅޭ ހާލު ފެނުނީ މަވެސް ދެރަވޭ.

    14
    2
    • ހޫ

      ނުގަނެ ފަރުޖެހޭނެ އެއްޗެއްސެއް ނޫނޭ އެއީ ހަސަނާ.

      5
      1
  2. ޖަމްސީދް

    ފަޤީޜުކަން ކަނޑުވައިދޭ ސްޓިކާއެއް ނެތްތަ؟ ތި ސްޓިކާއެއް ޖަހައިގެން ޖޫރިމަނާ ދައްކަން ޖެހޭނެތަ؟

    5
    1