ހޮންޑާގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝާ އިން ވިއްކާ ބައެއް ސައިކަލުތަކުން ޑިސްކައުންޓެއް ލިބޭ ހާއްސަ އޮފަރއެއް މިއަދު ފަށައިފިއެވެ.

މި އޮފަރގެ ދަށުން ޝީޝާ އިން ވިއްކާ ތިން ވައްތަރެއްގެ ސައިކަލުން ބޮޑު ޑިސްކައުންޓެއް ލިބިގެން ދާނެއެވެ.

ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އިމޭޖްސް
ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އަހުމަދު މަމްދޫހް

ޝީޝާއިން ބުނީ، މި ހާއްސަ އޮފަރގެ ދަށުން ސްކޫޕީ ކްލަބް12 (2018) 45،500 ރުފިޔާއަށް ލިބޭނެއެވެ. އަދި ސްކޫޕީ ޕްރެސްޓީޖް (2018) 43،000 ރުފިޔާއަށް ލިބޭއިރު، އެއާ ބްލޭޑް އެޑްވާންސް 52،000 އަށް ލިބޭނެއެވެ. އަދި މި އަގުގައި ޝީޝާ އިންސްޓޯލްމެންޓު މެދުވެރިކޮށް ސައިކަލު ނަގާ ފަރާތްތަކަށާއި، މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށްވެސް ސައިކަލު ނަގާ ފަރާތްތަކަށްވެސް ލިބިގެން ދާނެއެވެ.

ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އިމޭޖްސް
ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އަހުމަދު މަމްދޫހް

ޝީޝާ އިން މައުލޫމާތުދޭ ގޮތުގައި، މާރިޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހާއްސަ އޮފަރ މާލޭގެ އިތުރުން، އަތޮޅު ތެރޭގައި ހުޅުވާފައިވާ ޝީޝާގެ އައުޓްލެޓްތަކުގައިވެސް ކުރިއަށްދާނެއެވެ.

ޝީޝާ އިން ދަނީ ރާއްޖެގެ އާބާދީ ބޮޑު ހުރިހާ ރަށެއްގައި، އެ ކުންފުނީގެ އައުޓްލެޓްތައް ހުޅުވައި، ހޮންޑާ ބްރޭންޑުގެ އެންމެ ފަހުގެ ސައިކަލުތައް ދިވެހިންނާއި ހަމައަށް ފޯރުކޮށްދެެމުންނެވެ. އެގޮތުން މާލޭ ހުޅުމާލެ، އައްޑޫ ސިޓީ، އަދި ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީގެ އިތުރުން، ލ ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫގައިވެސް ޝީޝާގެ އައުޓްލެޓެއް ހިންގަމުން ދެއެވެ.

ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އިމޭޖްސްް
ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އަހުމަދު މަމްދޫހް

ޝީޝާއަކީ "ހޮންޑާ" ސައިކަލު ވިއްކުމުގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓަރކަން ލިބިފައިވާ ރާއްޖޭގެ ކުންފުނިކަން ފާހަގަކޮށްލަން ޖެހެއެވެ.