އަޑު އިވުމުން މަހްރޫމްވެފައިވާ ފަރާތްތަކާއި އިވުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް އުރީދޫ އިން ޚާއްސަ ޚިދުމަތްތަކެއް ހަމަޖައްސައިފިއެވެ.

އެކަން ހާމަކުރީ އުރީގެ އޮފީހުގައި އަޑު އިވުމުން މަހުރޫމްވެފައިވާ މީހުންގެ ހައްގުތައް ހޯދައިދީ އެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތް ކުރާ "ޑެފް އެސޯސީއޭޝަން" އާއި އުރީދޫއިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުރީދޫގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންްސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ، "ޑެފް އެސޯސީއޭޝަން" އާއި އެކު އެ ކުންފުނިން އެންމެ ފުރަތަމަ މަސައްކަތް ކުރީ "އުރީދޫ ކަލަރ ރަން"ގައި ކަމަށެވެ.

އަދި އަޑު އިވުމުން މަހްރޫމްވެފައިވާ ފަރާތްތަކާއި އިވުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ވީޑިއޯ ކޯލް މެދުވެރިކޮށް ސައިން ލެންގުއެޖް ބޭނުންކޮށްގެން ޚިދުމަތްދިނުމަށް ކަސްޓަމަރ ސަރވިސްގެ ޚިދުމަތް ދިނުމަށް 15 މުވައްޒަފުން ޓްރެއިންކުރުމުގެ އިތުރުން، ކުރިއަށް އޮތްތަނުގައި އެފަދަ ފަރާތްތަކަށް ދޭ ޚިދުމަތް ފަސޭހަކޮށްދިނުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާތޯ ބަލަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

" މިއީ ވަރަށް އުފާވެރި ދުވަހެއް. އަދި އިމޯޝަނަލްވެސް ދުވަހެއް. މިއީ ހަމައެކަނި ފެށުމެއް." ނޫރާ ވިދާޅުވިއެވެ.

އުރީދޫގެ މުވައްޒަފުންނަށް ސައިން ލެންގުއެޖް ދަސްކޮށްދެނީ ފެސިލިޓޭޓް ކޮށްދިނީ ޑެފް އެސޯސިއޭޝަނުންނެވެ. އޭގެ އިތުރުން ޑެފް އެސޯސިއޭޝަން އާއެކު ކުރި މަޝްވަރާތަކުގެ ދަށުން ވައިބާ ވީޑިއޯ ކޯލް މެދުވެރިކޮށް ޑެފް ބޭފުޅުންނަށް ކަސްޓަމާ ކެއާގެ ހިދުމަތް ދޭ ޗެނަލްއެއްވެސް ޤާއިމްކޮށްފައިވާ ކަން ނޫރާ ފާހަަގަކުރެއްވިއެވެ.

މި ހިދުމަތް ހޯދުމަށް 9611929 އަށް ގުޅައިގެން ސައިން ލޭންގުއޭޖު މެދުވެރިކޮށް ހިދުމަތްތަކުގެ މައުލޫމާތު ލިބިގަނެވޭނެ ކަމަށް ނޫރާ ވިދާޅުވިއެވެ.

އުރީދޫގެ 'ޕޯސްޓްޕެއިޑް އެކު' ޕްލޭނަށް އިތުރު ކަސްޓަމައިޒޭޝަން އަކާއެކު ޑެފް ބޭފުޅުންނަށް ހާއްސަ ޕެކޭޖެއް މި ތައާރަފު ކުރެވުނީ. އެކުގެ ހުރިހާ ޕްލޭން އަކަށްވެސް އިތުރު ފީޗާއެއް މި ލިބިގެންދަނީ. އެއީ ވަޓްސްއެޕް އަދި ވައިބާ ކޯލްސް ތަކުގެ ފްރީ އެލަވެންސެއް،" ނޫރާ ވިދާޅުވީ އަޑުއިވުމުން މަހުރޫމުވެފައިތިބި މީހުން މުއާމަލާތް ކުރުމުގައި ވީޑިއޯ ކޯލް ބޭނުން ކުރާ މިންވަރު އިތުރު ކަމަށެވެ.

މި ޕެކޭޖާއެކު އެފަދަ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ނޫރާ ވިދާޅުވިއެވެ. ނޫރާ ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް އުރީދޫ އިން ޑެފް އެސޯސިއޭޝަން އާއެކު ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި އަޑުއިވުމުން މަހުރޫމުވެފައި ތިބޭ މީހުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެ ބައްދަލުުވުމުގައިޑެފް އެސޯސިއޭޝަނުގެ ފައިނޭންޝަލް ޑިރެކްޓަރު ސައީދު އަތުހަރު ވިދާޅުވީ އުރީދޫ އާ ގުޅިގެން ހިންގި ސައިން ލޭންގުއޭޖު ކޯހުގެ ސަބަބުން މިހާރު އުރީދޫ ކަސްޓަމާ ކެއާގައި ޑެފް މީހުންނާ މުއާމަލާތު ކުރަން އެނގޭނެ މުވައްޒަފުން ތިބޭނެ ކަމަށެވެ. އަދި އުރީދޫގެ ކަސްޓަމާ ސާވިސްގައި އަޑުއިވުމުގެ ދަތިކަން ހުންނަ ފަރާތެއް މަސައްކަތް ކުރާކަން އޭނާ ފާހަގަކުރިއެވެ.

"ވަރަށް ގިނަ ފަހަރު ޚިދުމަތް ހޯދަން މީހާ އަށް އޮންނަ ޒިންމާއެއް އެއީ އިންޓަރޕްރެޓާއެއް ގެންދިއުން. އޭނާ މައުލޫމާތު ހޯދަންވެސް ޖެހެނީ. އެ ދަތިކަން ވަރަށް ބޮޑު" ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތައް ހާމަކުރައްވަމުން އަޚުތަރު ވިދާޅުވިއެވެ.

އަތުހަރު ވިދާޅުވީ އުރީދޫ އެކޭ އެއްފަދައިން އެހެން ކުންފުނިތަކުން ވެސް އެފަދަ މަސައްކަތްތަކެއް ކޮށް، އަޑު އިވުމުގެ ދަތިކަން ހުންނަ މީހުންނަށް ފަސޭހަ ޚިދުމަތްތަކެއް ލިބޭނެ މަގު ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިލު ބޮޑޭ

    ހާސަ ހިދުމަތަކީ ބިލުގެ އަމައުނޓް ނީވުން ތަ .. ހަމަ ސަރުކާރާ އެއްވެގެން ރައްޔިތުން ފެލަނީ.. ރައީސް ޔާމިން އަދި މެޑަމް ފާތުން ވަރެއް ނެތް.... ކިންބޫ އަދި ނަސީދު އިސްތިއުފާ

    6
    1