ރީތިވެ ޒީނަތްތެރިވުމަކީ ކޮންމެ މީހަކުމެ ބޭނުންވާ ކަމެކެވެ. މި ބޭނުމުގައި މޭކަޕްކުރުމާއި ރީތި ފޭރާމާއި ގަހަނާ އަޅާފަދައިން ގައިގައި ހުންނަ ބޭކާރު އިސްތަށި ނައްތާލުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. މި މުޙިންމު ބޭނުމަށް ބޭނުންކުރެވޭހެން ތައްޔާރުކޮށްފައި ހުންނަ އުފެއްދުންތައް ގިނައެވެ. ބޭކާރު އިސްތަށިތައް ނައްތާލުމަށް އެކި މީހުން އިޚްތިޔާރު ކުރަނީ އެކި ގޮތެވެ. ބައެއް މީހުން މި ބޭނުމުގައި، ކިތަންމެ ވޭނެއް އެޅިކަމުގައި ވީނަމަވެސް ހަށިގަނޑުގެ ބޭކާރު އިސްތަށި ހުންނަ ތަންތަން ވެކްސް ކޮށް އުޅެއެވެ. އަދި އަނެއް ބަޔަކު، ހަންގަނޑަށް ލިބޭ ގެއްލުން އެއްކައިރި ކޮށްލުމަށްފަހު ރޭޒަރާއި ހެއާ ރިމޫވަލް ކްރީމް ފަދަ ތަކެތިން މި ބޭނުން ފުއްދައެވެ.

ހަށިގަނޑުގައި ހުންނަ ބޭކާރު އިސްތަށިތައް ނައްތާލުމަށް ކޮންމެ މީހަކުވެސް ބޭނުންވާނީ އެންމެ ގެއްލުންކުޑަ އަދި އެންމެ ފަސޭހަ ގޮތެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވޭފަދަ އުފެއްދުންތައް މަދުވެފައި ޚަރަދު ބޮޑެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ދިވެހިންނަށް މިވަނީ މިކަމުގެ ޙައްލު ހޯދައިދީފައެވެ. އެފަރާތުން މިހާރު ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލޭންސްލޭ - ހެއާ ރިމޫވަލް ސްޕްރޭ" އަކީ އެންމެ ފަސޭހަކަމާއި އެކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ހަށިގަނޑުގައި ހުންނަ ބޭކާރު އިސްތަށި ނައްތާލުމުގެ އެހީއެކެވެ.

"ލޭންސްލޭ - ހެއާ ރިމޫވަލް ސްޕްރޭ" އަކީ ދެޖިންސުންގެ މީހުންނާއިވެސް ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ މޮޅު އުފެއްދުމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ "ލޭންސްލޭ" ބްރޭންޑުގެ މި ހެއާ ރިމޫވަލް ސްޕްރޭއަކީ، އިސްތަށި ނައްތާލުމުގެ ބޭނުމުގައި ގިނަ ބަޔަކު ބޭނުންކުރާ ކްރީމާއި އެނޫންވެސް އެފަދަ ތަކެއްޗާއި ޚިލާފަށް ހަންގަނޑަށް އެއްވެސް ގެއްލުމެއް ނުލިބޭ، ހަންގަނޑަށް ރަނގަޅު ބަދަލު ގެނުވައިދޭ ފަރުވާއެއްވެސް މެއެވެ. އިސްތަށި ނައްތާލުމަށް ފަސޭހަކަމާއެކު ބޭނުންކުރެވޭ މި ސްޕްރޭއަކީ، އޭގައި ހުންނަ ފައިދާކުރަނިވި ބައިތަކުގެ ސަބަބުން ހަންގަނޑަށް ތާޒާކަމާއި އުޖާލާކަން ގެނެސްދޭ ސްޕްރޭއެކެވެ. އަދި މިފަދަ އެހެން އުފެއްދުންތަކާއި ޚިލާފަށް މި ސްޕްރޭ ބޭނުންކުރުމުން ހަންގަނޑުން ދިލަނެގުމާއި ހަންގަނޑު ރަތްވުންފަދަ މައްސަލަތައް ދިމާނުވެއެވެ.

"ލޭންސްލޭ - ހެއާ ރިމޫވަލް ސްޕްރޭ" ބޭނުންކުރަން ޖެހޭ ގޮތަށް ބަލާއިރު، ހަންގަނޑަށް މި ސްޕްރޭ ޖެހުމުގެ ކުރިން ސްޕްރޭ ކުރާ ތަނެއް ރަނގަޅަށް ދޮވެލުމަށްފަހު ހިއްކާލުމަކީ އެދެވިގެންވާ ގޮތެވެ. އެއަށްފަހު ހަންގަނޑަށް މި ސްޕްރޭ ކޮށް ފަސް މިނެޓާއި ދިހަ މިނެޓުގެ ވަގުތުކޮޅަކަށް ބެހެއްޓުމަށްފަހު ތެތް ތުވާއްޔަކުން ނުވަތަ ފޮތިކޮޅަކުން ފޮހެލުމުން އިސްތަށިތައް ހަންގަނޑުން ވަކިވެ ފިލައިދެއެވެ. މި ސްޕްރޭ ހަންގަނޑުން ރަނގަޅަށް ފިލައިދަންދެން ސާފު ކުރމަކީ މުޙިންމު ކަމެކެވެ. ފަސޭހަ ކަމާއި އެކި މަދު ވަގުތުކޮޅެއްގެ ތެރޭގައި ހަށިގަނޑުގައި ހުންނަ ބޭކާރު އިސްތަށި ނައްތާލެވޭ މި ސްޕްރޭ ބޭނުންކޮށްގެން ގައިގައި ހުންނަ ބޯ އިސްތަށިވެސް ނައްތާލެވޭނެއެވެ. އެންމެ ފުރަތަމަ ފަހަރު ބޭނުންކުރުމުން އެފަދަ އިސްތަށިތައް ނައްތާ ނުލެވިއްޖެނަމަ، އެ އިސްތަށިތައް ފިލައިދަންދެން ދުވާލަކު އެއްފަހަރަށްވުރެ ގިނަ ފަހަރު އަދި އާދަކޮށް އެކި ދުވަސްތައް މަތީން މި ސްޕްރޭ ބޭނުންކުރެވިދާނެއެވެ.

"ލޭންސްލޭ - ހެއާ ރިމޫވަލް ސްޕްރޭ" އަކީ ހަންގަނޑަށް ގެއްލުންކުރުވަނިވި ބައިތައް ނުހިމެނޭ އިތުބާރު އުފެއްދުމެއް ކަމުގައިވީނަމަވެސް، ހަންގަނޑުގެ ބަލިތަކާއި އެނޫންވެސް އެފަދަ މައްސަލަތައް ހުންނަ ފަރާތްތަކުން މި ސްޕްރޭ ބޭނުންކުރުމުގެ ކުރީން ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުޙިންމެވެ. އަދި ކުޑަކުދިންގެ ނާޒުކު ހަންގަނޑަށް މި ސްޕްރޭ ބޭނުން ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ހަމަ އެހެންމެ މާބޮޑަށް ހޫނު ތަންތަނުގައި އާއި އަލިފާނާއި ކައިރި ތަންތަނުގައި މި ސްޕްރޭ ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

ތަޖުރިބާގެ އަލީގައި، މި ސްޕްރޭ ބޭނުންކުރާ ފަރާތްތަކުން ބުނާގޮތުގައި މިއީ ޒީނަތްތެރިވުމާއި ވަރަށް ބޮޑަށް ގުޅިފައިވާ އުފެއްދުމެކެވެ. އެގޮތުން ހަށިގަނޑުން ބޭކާރު އިސްތަށި ނައްތާލުމުގެ އިތުރުން މި ސްޕްރޭ އަކީ ހަންގަނޑަށް ފައިދާކޮށް ހަންގަނޑު މަޑުކޮށްދިނުމާއި އެކު ހަންގަނޑުގެ އޮމާންކަން އިތުރުކޮށްދޭ މޮޅު ސްޕްރޭއަކަށް ވުމުން، މިއީ ޒީނަތްތެރިވުމާއި ގުޅޭ އެއް ބޭނުމަށްވުރެ ގިނަ ބޭނުން އެއް އުފެއްދުމަކުން ފުއްދާލެވޭ ސްޕްރޭއެއް ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

"ލިބޭ" އިން "ލޭންސްލޭ - ހެއާ ރިމޫވަލް ސްޕްރޭ"ގެ 100 އެމްއެލް ފުޅިއެއް ވިއްކަނީ 179 ރުފިޔާ އަށެވެ. މި ސްޕްރޭއަކީ އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކޮށްލެވޭ، ހަލާކުނުވެ ގިނަ ދުވަސް ވަންދެން ބޭނުންކުރެވޭ އުފެއްދުމެކެވެ.

"ލިބޭ" އިން ތަކެތި އޯޑަރު ކުރުމުގެ ފުރުސަތު، އެފަރާތުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް އޮތްއިރު، "ލިބޭއެމްވީ"ގެ ނަމްބަރު، 9759452 އަށް ގުޅައިގެންވެސް އޯޑަރުކޮށް މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ވަނީ ހުލުވާލާފައެވެ. "ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.


"ލިބޭ" އިން ވިއްކާ ބައެއް އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ބަނޑު ހިންދާލުމަށް ޚާއްސަ ކޮފީ (200 ރުފިޔާ) - ދެފޮށި ގަތުމުން އެކަތި ހިލޭ


2. ޕީރިއަޑް ތަދު ކަނޑުވާލާ ޚާއްސަ ސްޓިކާ (200 ރުފިޔާ)


3. ބިއުޓީ ކޮޓޭޖް - ފޭސް ކްލީންސާ (250 ރުފިޔާ)


4. ސްޕާކަލް ވައިޓް ޓޫތްޕޭސްޓް (100 ރުފިޔާ)


5. ސްޕާކަލް ޑަބަލް ވައިޓް ޓޫތްޕޭސްޓް - ލެމަން ސޮޑާ (125 ރުފިޔާ)


6. ސްޕާކަލް ޓްރިޕްލް ވައިޓް ޓޫތްޕޭސްޓް (150 ރުފިޔާ)


7. ސްޕާކަލް ކޮފީ އެންޑް ޓީ ޑްރިންކާސް ވައިޓްނިންގް ޓޫތްޕޭސްޓް (130 ރުފިޔާ)


8. ސްޕާކަލް ނެޗުރަލް ފްރެޝް އެންޑް ގަމް ކެއާ ޓޫތްޕޭސްޓް (120 ރުފިޔާ)


9. ސްޕާކަލް ކޮމްޕްލީޓް ކެއާ ޓޫތްޕޭސްޓް (135 ރުފިޔާ)


10. ސްޕާކަލް ސެންސިޓިވް ޕްރޮފެޝަނަލް ޓޫތްޕޭސްޓް (155 ރުފިޔާ)


11. ސްޕާކަލް ވައިޓް ޑެންޓަލް ފްލޮސް (65 ރުފިޔާ)


12. ސްޕާކަލް ޓާބޯ ވައިޓް ޓޫތްބްރަޝް (25 ރުފިޔާ)


13. ސްޕާކަލް ފްރެޝް ވައިޓް ޓޫތްބްރަޝް (30 ރުފިޔާ)