2020 އަދި 2021 ވަނަ އަހަރު އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން، އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރެވޭނީ 1 (އެކެއް) ޑިރެކްޓަރު ކަމަށާ ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން ޢައްޔަނުކުރެވޭނީ 6 (ހައެއް) ޑިރެކްޓަރުން ކަމަށެވެ.

އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރާ އަދި އިންތިޚާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަކީ ކުންފުނިން ބާރުއަޅާކަމެއް ކަމަށް، އެސްޓީއޯއިން ވަނީ ފާހަގަކުރައްވާފައެވެ.

ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން، "ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އަދި އެ ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 19 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން އެސްޓީއޯގެ ސެކްރެޓޭރިއަޓަށް އެޑްރެސްކުރައްވާ، ކުންފުނީގެ މައި އޮފީހަށް ނުވަތަ net.stomaldives@cs އީމެއިލް އެޑްރެސްއަށް ނުވަތަ (3344533) 960 ފެކްސް ނަންބަރަށް ފޮނުއްވުންއެދޭ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް (3344383) 960 /(3344373)960 ނަންބަރާ ގުޅުންވުމަށް އެސްޓީއޯ އިން އެދިލައްވާފައެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ އެންމެ މަދުވެގެން ތިރީގައިވާ ޝަރުތުތަކުގެ ފުރިހަމަވާ ފަރާތްތަކަށް ވާން ޖެހެއެވެ.

  1. ކުންފުނީގެ ހިއްސާދާރަކަށްވުން.
  2. ދިވެހި ރައްޔިތަކު ކަމުގައިވުން.
  3. ޢުމުރުން 30 އަހަރު ވެފައިވުން.
  4. ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން ޑިގްރީ ފެންވަރުގެ ސަނަދަކާއެކު ހިންގުމުގެ ދާއިރާއިން މަދުވެގެން 5 (ފަހެއް) އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު 10 (ދިހައެއް) އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
  5. ހިއްސާދާރަކީ ކުންފުންޏެއްނަމަ، މަޤާމަށް ކުރިމަތިލާ ފަރާތަކީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ރިޒޮލިއުޝަނަކުން ރުހުން ދީފައިވާ ފަރާތަކަށްވުން.
  6. ކުންފުނީގެ ވިޔަފާރިއާއި ވިޔަފާރީގެ ދާއިރާތަކާބެހޭގޮތުން ހޭލުންތެރި ފަރާތަކަށްވުން.
  7. މި ކުންފުނީގެ ކަންކަމަށާއި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ، ކެރި ކުޅަދާނަވެގެންވާ ފަރާތަކަށްވުން.
  8. މޯލްޑިވްސް
  9. މިނިވަން މުސްތަޤިއްލު ފަރާތަކަށްވުން (ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކޮށްފައިވާ ޝަރުތުހަމަވާފަރާތަކަށްވުން).
  10. ކުންފުންޏެއްގެ ޑިރެކްޓަރުކަމުގެ މަޤާމު އަދާކުރުމަށް ޤާނޫނަކުން ނުވަތަ ޝަރުޢީ ކޯޓަކުން މަނާކުރެވިފައިވާ ނުވަތަ ޝަރުޠު ފުރިހަމަ ނުވާ
    ފަރާތެއްކަމުގައި ނުވުން.
  11. ޑިރެކްޓަރުންގެ ނަޒަރުގައި ކުންފުންޏާ ނުވަތަ ކުންފުނީގެ ވިޔަފާރިއަކާއި ތަޢާރުޟުވާ ނުވަތަ އެފަދަ ކުންފުންޏެއްގައި ނުވަތަ ވިޔަފާރިއެއްގައި އެއްވެސް
    ސިފައެއްގައި ޝާމިލުވާ ނުވަތަ ވަޒީފާ އަދާކުރާ ފަރާތަކަށް ނުވުން.
  12. މާލީ ރިޕޯޓްތައް ކިޔައި، ދެނަގަތުމުގެ ޤާބިލްކަން ލިބިފައިހުރި ފަރާތަކަށްވުން.
  13. ކުންފުނީގައި ނުވަތަ ކުންފުނީގެ ސަބްސިޑަރީ، ޖޮއިންޓް ވެންޗަރ ނުވަތަ އެސޯސިއޭޓް ކުންފުންޏެއްގައި ނުވަތަ ކުންފުނީގެ ވިޔަފާރިއާ ފުށުއަރާ ވިޔަފާރިއެއް ހިންގާ ކުންފުންޏެއްގައި ނުވަތަ ކޮމްޕެޓިޓަރ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުގެ ތެރޭގައި ވަޒީފާ އަދާކޮށްފައިވާ ފަރާތަކަށް ނުވުން.
  14. ފާއިތުވި 10 (ދިހައެއް) އަހަރުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއް ސާބިތުވެފައިވާ ނުވަތަ ފަރާތަކަށް ނުވުން.
  15. ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި އެއްވެސް ޝަރުޢީ ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ޤައުމެއްގައި
    ޙުކުމާއި އެއްގޮތަށް އަދާކުރަމުންނުދާ ސާބިތު އަދާނުކުރެވި ސާބިތު ދަރަންޏެއް އޮތް ފަރާތެއްކަމުގައި ނުވުން.
  16. ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއްކުރުމުގެ ލައިސަންސް އުވާލާފައިވާ ފަރާތަކަށް ނުވުން.
  17. ބަނގުރޫޓްވެފައިވާ، ދަރަނިވެރިވެފައިވާ ނުވަތަ ޤާނޫނާއި ޚިލާފުވެފައިވާ ނުވަތަ އެފަދަ އެއްވެސް ދަޢުވާއެއް މިހާރު ރައްދުވާ ފަރާތެއް ނުވަތަ އެފަދަ ދަޢުވާއެއް ރައްދުވާ ކުންފުންޏެއްގެ ބޯޑު މެންބަރަކަށް، ހިއްސާދާރަކަށް ނުވަތަ މެނޭޖަރެއްގެ ވަޒީފާ އަދާކުރާ | ނުވަތަ ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.
  18. ވައްކަމާއި، މަކަރާއި ހީލަތް، ޚިޔާނާތް ނުވަތަ ފައިސާގެ މުޢާމަލާތެއްގައި މަކަރު ހަދައި އޮޅުވާލުމުގެ ޢަމަލެއް ހިނގާފައިވާކަމަށް ކަމާބެހޭ ރަސްމީ އިދާރާއަކުން އެއްވެސް ބާވަތެއްގެ ތަޙްޤީޤެއް ހިންގާފައިވާ ފަރާތަކަށް ނުވުމާއި، އަމާނާތްތެރިކަން ގެއްލިފައިވާ ނުވަތަ ޑިރެކްޓަރެއްގެ ޒިންމާތައް އަދާކުރުމަށް ނޭދެވޭ އަސަރުކޮށްފާނެކަމަށް ބެލެވޭ އެއްވެސް ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.
  19. ޖިންސީ ކުށުގެ އަމަލެއް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އަމަލެއް ނުވަތަ ޖިންސީ ފުރައްސާރައިގެ އަމަލެއް ކޮށްފައިވާކަމަށް ތުޙުމަތު
    ކުރެވިފައިވާ ފަރާތަކަށް ނުވުން.

އެސްޓީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު، އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި އެ ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށާ، އެ ފޯނު ކުންފުނީގެ ވެބްސައިޓް، www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ކަމަށް އެ ފަރާތުން ހާމަކުރައްވައެވެ.

އަދި ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާއިރު ލިބިފައިވާ ފޯމުތަކުގެ ތެރެއިން ބޯޑު ޑިރެކްޓަރކަމަށް ޝަރުޠުހަމަވާ ފަރާތްތައް، ބޯޑު ކެންޑިޑެސީ ގައިޑްލައިނާއި އެއްގޮތަށް ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިވޭލުއޭޓްކޮށް، އިންޓަވިއުކުރާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

"ބޯޑު ކެންޑިޑެސީ ގައިޑްލައިން" ކުންފުނީގެ ވެބްސައިޓް www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވެއެވެ.

މީގެ އިތުރުން، ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވޭލުއޭޓްކޮށް، އެފަރާތްތަކާއެކު އިންޓަވިއުކުރުމަށްފަހު، ކޮމިޓީން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތީން ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާބެހޭ މަޢުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދެވޭނެ ކަމަށާ، އާންމު ހިއްސާދާރުން ތަމްޞީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށް އެސްޓީއޯއިން ވަނީ ހާމަކުރައްވާފައެެވެ.

އެސްޓީއޯއިން ބުނީ،ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 54 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތީންނާއި ކުންފުނީގެ ހިންގާ ގަވާއިދުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އެކުންފުނީގެ "އަހަރީ އާންމު ޖަލްސާ 2019" ބޭއްވުމުގެ ތައްޔާރީތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު