ވ. ބޮޑުމޮހޮރާގައި ރިސޯޓެއް ތަރައްގީ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކަށް މިއަދު ދީފިއެވެ.

ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖާބިރުގެ ކުންފުނި، ބޮޑުމޮހޮރާ ޑިވެލޮޕްމަންޓް ލިމިޓެޑަށް އެ ރަށް 50 އަހަރު ދުވަހަށް ކުއްޔަށް ދިން އިރު، އެ ރަށުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް އޭނާ ވަނީ ފައްޓަވައިފައެވެ. "ޖާބިރު ހެޕީ ކްލަބް"ގެ ނަމުގައި އެ ތަން ހިންގަން ނިންމާފައިވާ އިރު، އެއީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް ޖާބިރު ކުރިން ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ސާލިހުއެވެ. ބޮޑުމޮހޮރާ ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖާބިރެވެ.

އެ ކުންފުންޏަކީ ދިވެހި ސަރުކާރުގެ ހިއްސާއާ އެކު، ޖާބިރުގެ 90 ޕަސެންޓު ހިއްސާ އޮތް ކުންފުންޏެކެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޖާބިރު ވިދާޅުވީ، ބޮޑުމޮހޮރާ ވާނީ ރާއްޖޭގެ ޓޫރިޒަމަށް އިންގިލާބީ ބަދަލެއް ގެންނާނެ ޕްރޮޖެކްޓަކަށް ކަމަށެވެ.

ވ.ބޮޑުމޮހޮރާ --- ވަގުތު އިމޭޖަސް

"އަޅުގަނޑު ބޮޑުމޮހޮރާ ޕްރޮޖެކްޓް ހިންގުމުގައި އަދުލު އިންސާފުން ބޭރުން އެއްވެސް ކަމެއް ނޯންނާނެ. ސީދާ މިއީ މި ކުންފުނިން ގަނެފައި އޮތް އެއްޗެއް"، ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، މި ރަށުގައި ރިސޯޓެއް ހެދުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ، ދައުލަަތަށްވެސް އެންމެ ފައިދާވާ ގޮތަަށް ކަމަށެވެ. އަދި މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ގެއްލުމުގެ ބަދަލު ނުހޯދާ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަށް ހަތް އަހަރު ދުވަސް ވަންދެން މި ވިޔަފާރި ނުލިބުމުގެ ސަބަބުން މި ސަރުކާރުން އަޅުގަނޑާއެކު، އަމާނާތްތެރިކަމާއެކު މި ޑެލިވަރީ ދިނުމާއެކު އަޅުގަނޑު ދައުވާ ނުކުރާ ގޮތަށް ނިންމީ. ވާހަކައަކީ ބަދަލެއްގެ ގޮތުގައި..މިސާލެއް ގޮތުން ވިޔަފާރިއެއް މީގެ ހަތް އަހަރު ދުވަސް ތެރޭގައި ކުރިނަމަ އެ ވިޔާފަރިން އަޅުގަނޑަށް ލިބެން ޖެހޭ އާމްދަނީއެއްވެސް އޮންނާނެ. އަދި އެ ޕްރޮޖެކްޓް ކާމިޔާބު ކުުރުމުގައިވެސް ޓައިމް އޮންނާނެ، ނަމަވެސް އަޅުގަނޑު ރައްޔިތުންނަށް ސަރުކާރުގެ ވެސް އެދިވަޑައިގަތުމާއެކު ބަދަލު ދައުވާ ނުކުރާ ގޮތަށް އަޅުގަނޑު މި ރަށް މި ހަވާލުވީ". ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، މި ރަށް އޭނާއާ ހަވާލު ކުރީ 36 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

ވ. ބޮޑުމޮހޮރާ ޖާބިރު ބައްލަވާލައްވަނީ. --- ވަގުތު އިމޭޖަސް

ތިން ފޭސްއަކަށް ބަހަލާއިގެން ޖާބިރުގެ ކުންފުނިން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ފުރަތަމަ ފޭސް ހަސް މަސް ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ފުރަތަމަ ފޭސްގައި ހިމެނޭނީ 100 އެދުގެ ރިސޯޓެއް ކަމަށާއި، އޭގެތެރޭގައި ހިމެނޭނީ އަތިރި މަތީގައި އަޅާ ކޮޓަރިތައް ކަމަށް ވެސް އޭޏާ ވިދާޅުވިއެވެ. އަދި އިތުރު ފޭސްތައް ނިމޭ އިރު، އެ ރިސޯޓުގައި ކަނޑު އަޑީގެ ކޮޓަރިތަކާއި، ގޭމިން ސެންޓަރެއް އެޅުމުގެ ވިސްނުން ވެސް ޖާބިރު ގެންގުޅުއްވައެވެ.

ޖާބިރު ވަނީ ރިސޯޓްގެ ފޭސްތަކުގެ ތެރެއިން އެ ސަރަހައްދުގައި އެއާޕޯޓެއް ގާއިމްކުރުމުގެ ވިސްނުން ވެސް ގެންގުޅުއްވާ ކަމަށް މިއަދު ވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާމޫން

    ހޮނޑައިދޫގައި ބެއްލެވި ގޮތަށް ސަންރައިޒް ބައްލަވަން ބޮޑުމޮހޮރާ ޕްރްޖެކްޓްގެ ބޭނުން ނުކުރާނެބާ!

    26
  2. ޅޮސް

    ވ އަތޮޅު ކުދިން ދަތުރުދާން އޮތް ރަށްގަނޑުވެސް ދިނީ. ހުރިހާ ފަޅުތަށެއްދީ ހުސްކުރީ. ރާއްޖެތެރޭވީމަ ވަކި ކޮން އުފަލެއް އޮތީ.?????

    36
    1
  3. ހެހެ

    އެންމެ ކަނާތުގަ އިން މީހާއަށް ލިޔަން ކިޔަން އިނގޭބާ. ހަހަހަހަ. ވާނުވާގަ އެއިނީ

  4. ސޯކާބެ

    ތިޔަކަމުން ރައްޔިތަކައް ވާނެ ކަމެއް ނޯންނާނެ ރައްޔަތުން ޖެހޭނީ ޖިޒީދައްކާލަސ ތިބެން ވެރިން އެޖިޒީގެ ރުފިޔާއިން މުސާރަޔާ އިނާޔަތާ ބޭސް ފަރުވާޔާ ކޮއްގެން އެވަރުންވެސް ފަރުނުޖެހިގެން ރައްތައްވެސް ބައިކުދިންނަް ހިލޭ ކަހަލަ ގޮތަކައް ދިގުމުއްދަތަކައް އުމުރައް ކޮބާތޯ 80 ގެ އަހަރުތަކުގަ ކުއްޔައްދިންރައްތައް ރައްޔިތަކައް މަންފާއެއް ކުރޭތޯ މިމިވެރިން ރާވައިގެން ހިންގާ ޖަރީމާއެއް މަރުނުވާނެކަމައް ހީކުރަނީ މަކަރާ ހީލަތުން ހަލާލެއް ހަރާމެއް ނުބަލާ ކަރުގަ ނާޅަންޏާ ހަލާލް

  5. މޯދީ

    މެމްބަރު އަސްލަމްއާއި ޖާބިރު ހިއްސާވާ ކުންފުނިދޯ. ޕާޓީ ކުދިންނަށް ބަހާ ހުސްކޮށްލާ...

  6. ކަންބުލޮ

    މިމީހުން ދައުލަތައް ޓެސްނުދައްކާ އެތައްދުވަހަކު ފިލައިގެންއުޅެފަ ސަރުކާރައް ސަނާކިޔާލާއިރައް ހުރިހާކަމެއް މާފުކޮއްފަ ރިސޯޓްހަދަން ރަށެއް ރައްޔިިތުންވަނީފަނާ.

  7. ނަސީދު

    މީނާއައްމިރައްލިބެންޖެހޭ ގޮތެއްވިސްނާވިސްނާވެސް ނޭނގުނު