އިންޓަނޭޝަނަލް ހިޓްސް އަދި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު އެތައް ބައިވަރު އާޓިސްޓުންގެ މިއުޒިކް ސްޓްރީމް ކޮށްލެވޭނެ "ސްޓިންގް ރޭ މިއުޒިކް އެޕް" ދިރާގުން މިއަދު ލޯންޗް ކޮށްފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ދިރާގުގެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަންސް މެނޭޖަރ ޝޫޒާ ވިދާޅުވީ، މިއަދު ލޯންޗް ކުރި އެޕް ގެނައުމުގެ ކުރިން މާކެޓް ރިސާޗެއް ހެދި ކަމަށާއި އެގޮތުން މިއުޒިކް ދާއިރާއިން ކަސްޓަމަރުންގެ ބޭނުންތައް އެނގިގެން ދިޔަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ރާއްޖޭގައި އިނގިރޭސި މިއުޒިކް އަޑު އައްސަވާ ބޭފުޅުން، މި ބޭނުން ކުރައްވާ އެކި އެޕްސް ތަކަކީ އެބޭފުޅުން ކޮންމެވެސް ގޮތަކަށް ގަނެގެން ނޫނީ އެކައުންޓް ޝެއާ ކޮށްގެން މިގޮތަށް ބޭނުންކުރާ އެޕްސްތަކެއްގެ ގޮތުގައި. އެހެންވެ އަޅުގަނޑުމެން ބެލީ ކިހިނެތްތޯ އަޅުގަނޑުމެންގެ ކަސްޓަމަރުން ތަންކޮޅެއް ފަސޭހައިން އިނގިރޭސި ލަވަތަކަށް އެކްސެސް ލިބޭނީ." ޝޫޒާ ވިދާޅުވިއެވެ.

"ސްޓިންގް ރޭ މިއުޒިކް" އަކީ ގޫގަލް ސްޓޯރ އަދި އެޕަލް ސްޓޯރުގައި އެންމެ މަގުބޫލު އެއް މިއުޒިކް އެޕްލިކޭޝަނެވެ. ދުނިޔޭގެ ޓޮޕް ޗާޓުގައި ހިމެނޭ 40 ލަވަ ކޮންމެ ހަފްތާއެކު އަޕްޑޭޓް ވަމުން އަންނަ މި އެޕްލިކޭޝަނުން ލަވަތައް ޑައުންލޯޑްވެސް ކުރެވޭނެ އެވެ.

މީގެ އިތުރުން ބޭރު ތެރޭގައި ދުވެ، ކާޑިއޯ ހަދާ ފަރާތްތަކަށް ވަކި ޕެލޭ ލިސްޓް މި އެޕްލިކޭޝަން އިން ހާއްސަ ކުރެވިގެން ދާނެއެވެ. އަދި ޕާޓީ ބާއްވާ ބޭފުޅުންނަށް ކަސްޓަމައިޒްޑް ޕޭލޭ ލިސްޓެއް އަބަދުވެސް މި އެޕްލިކޭޝަނުން ލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެޗް

    ދިރާގު ބޭނުމެއްނޫން! އަހަރުމެންގެ ލޭފެލައިގެން އުޅޭ ބައެއް