މޯލްޑިވިއަން އިން މާލެ-ކޮޗިން ސީދާ ދަތުރު ފަށަން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު މިއަދު "ވަގުތު"އަށް ވިދާޅުވީ، އެ ކުންފުނިން މާލެ-ކޮޗިންއަށް ސީދާ ދަތުރުތައް ފަށާފައިވާ ކަމަށާއި، ދެކޮޅު ޓިކެޓުގެ އަގަކީ 151 ޑޮލަރު ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، މި ދަތުރުތަކަށް ބޭނުން ކުރާނީ އެއާބަސްއެވެ. އަދި ކޮންމެ ހަފްތާއަކު ތިން ފްލައިޓް މާލެ އާއި ކޮޗިން އާ ދެމެދު ބާއްވާނެއެވެ. އެއީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ގައެވެ.

މިދިޔަ ޑިސެމްބަރު މަސް ތެރޭގައި މޯލްޑިވިއަން އިން ވަނީ، ހަނިމާދޫ-ކޮޗިން ދަތުރު ފަށާފައެވެ.

ކޮޗިން އަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށްދާ ސިޓީއެކެވެ. އދި މޯލްޑިވިއަން އިން މިހާރުވެސް ދަނީ ދިވެހިން އާއްމުކޮށް ގޮސް އުޅޭ ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު