މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސީ.އެން.އެން އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެމްޕީއާރްސީން ބުނީ، މި ކެމްޕެއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާރިޗު 2020 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށެެވެ.

މި ކެންޕެއިން އަމާޒުކުރެވިފައިވަނީ ސައުތް އޭޝިއާ، އޭޝިއާ ޕެސިފިކް، މިޑްލް އީސްޓް، އެފްރިކާ އަދި ޔޫރަޕްގެ މާކެޓްތަކަށެވެ.

އަދި މި ކެމްޕެއިންގެ ޒަރިއްޔާއިން ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ދިވެހިންގެ ޘަޤާފަތާއި މަސައްކަތްތެރިކަން ދަައްކާލާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މީގެ އިތުރުން ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް ރާއްޖޭގެ އެންމެ ޙާއްސަ އަދި ތަފާތު އެކި އެކި ކަންތައްތައް މި ކެމްޕެއިންގައި
ޕްރޮމޯޓްކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މި ކެންޕެއިންގެ ދަށުން ސީ.އެން.އެން ގެ ޚަބަރު ޗެނަލްތަކާއި، ވެބްސައިޓްގެ އިތުރުން މީސްމީޑިއާގައިވެސް ރާއްޖޭގެ ފޮޓޯ އަދި ވީޑިއޯތައް ޝާއިއުކުރާނެއެވެ.

އެމްއެމްޕީއާރްސީން ބުނީ، މި ކެންޕެއިންގެ މަޤްސަދަކީ، ސީ.އެން.އެން އާއި ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ދުނިޔޭގެކަންކޮޅު ތަކުގައި އިޝްތިހާރުކުރުން ކަމަށެވެ. އަދި ދިވެހިރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ބޭރުގެ މީޑިއާ މެދުވެރިކޮށް ދައްކައި ދިނުމެވެ.

މި ކެންޕެއިން ވެގެންދާނީ އެމް.އެމް.ޕީ.އާރުސީ އިން ރާއްޖެ އިޝްތިހާރުކުރުމަށް މިއަހަރު ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހަރަކާތަށެވެ. މީގެ އިތުރުން ދިވެހިރާއްޖެ މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް 23 މާކެޓަކަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވައިފައެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް -19 ގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމަށް ދަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެމް.އެމް.ޕީ.އާރު.ސީ
އިން މިހާރު އަންނަނީ މި ނާޒުކު ދަނޑިވަޅުގައި ރާއްޖެ އިތުރަށް ޕްރޮމޯޓްކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަސްކުޅަނދު

    އަދި ވާނެ ރާއްޖޭގެ މީހުން އުޅެމުންދާ ހިތްފަސޭހަކަމުގެ ވާހަކަވެސް އެމީހުން ލައްވާދައްކައިދޭން.

    11
  2. ދައުލަތް

    އެމްއެމްޕީއާރުސީ ގެ ތައްޔިބަކީ ބޮޑު ދޮގުވެރި ހަސީލަތް ނުބައި ނުލަފާމީހެއް. ރައްޔިތުންނަށް އޮޅުވާލާ މީޑިއާއަށް މައުލޫމާތުދިން ބޮޑު ދޮގުވެރިއެއް. މިކަމުގައިވެސް ކޮންމެވެސް ނުބައި ހީލަތްތެރި ރޭވުމެއްވާނެ. ޓްރާންސިޝަން ކޮމިޓީގެ ބޮޑު ދޮގުވެރިނުބައި މީހާމީ.

  3. ނަހޫން

    ކޮރޯނާއާހުރެ ދުނިޔޭގެ ޓުރެވަލް މާރކެޓް ވެއްޓިފައިވާއިރު ކިތަންމެ އިސްތިހާރަކައް ޚަރަދުކުރިޔަސް ޓޫރިސްޓުން ދަތުރުފަތުރުކުރަން ބޭނުންވާނެތަ.؟