އަޒްބާ އާދިލް އަށް ސައިކަލް ހަވާލުކުރަނީ - ފޮޓޯ: ސިޓްރަން
އަޒްބާ އާދިލް އަށް ސައިކަލް ހަވާލުކުރަނީ - ފޮޓޯ: ސިޓްރަން

ކާނިވާ ސަރަހއްދުގައި ހުންނަ ހިތްގައިމު ސިޓްރަން ބައި ލެމަންގްރާސް ރެސްޓޯރެންޓުން މިދިޔަ ރަމަޟާން މަހު ކުރިއަށް ގެންދިޔަ “ރޯދަ ވެދުން ޕްރޮމޯޝަން”ގެ ނަސީބުވެރިޔާއަށް ހޮންޑާ ޕީސީއެކްސް 150 ސައިކަލެއް ހަވާލުކޮށްފިއެވެ.

"ރޯދަ ވެދުން ޕްރޮމޯޝަމް"ގެ އެއްވަނަ ނަސީބުވެރިޔަކަށް ހޮވުނު އައިމިނަތު އަޒްބާ އާދިލްއަށް ސައިކަލް ހަވާލުކޮށްފައިވަނީ މިއަދުއެވެ.

ސިޓްރަންއިން ހާމަކުރި ގޮތުގައި މިދިޔަ ރަމަޟާން މަހު، އެވްރެޖްކޮށް، ދުވާލަކު 450 މީހުން ވަނީ އެ ރެސްޓޯރަންޓުން ރޯދަވީއްލާފައެވެ. އަދި ހަ ރޯދައިގައިވެސް 150 މީހުންނަށް ކޮންމެ ދުވަހަކުވެސް ރޯދަ ވިއްލުން ސާވްކުރެވިފައިވާ ކަމަށް ސިޓްރަން އިން ވަނީ ބުނެފައެވެ.

އެ ރެސްޓޯރެންޓުން ބުނީ ރަމަޟާން މަހު އެ ރެސްޓޯރެންޓަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ ކަމަށާއި ބުކިން ހެއްދުމަށް މީހުން ކިއު ޖެހިފައި ތިބި ކަމަށެވެ.

ހިތްގައިމު ސީވިއުއާއެކު އޯޕަން އޭރިއާގެ ބޮޑުބަޔަކާއި އޭސީކޮށްފައިވާ ބައެއް ވެސް ހިމެނޭ ގޮތަށް، އަދި އެއްގަމު ތޮށީގެ ކައިރީގައި ވެސް ތިބެވޭ ގޮތަށް ދެ ބުރިއަށް ހަދާފައިވާ މި ރެސްޓޯރެންޓުން ތައިފުޑާއި އިންޑިއަން ފުޑާއި ވެސްޓާން ފުޑާއި މެކްސިކަން ފުޑު ލިބެއެވެ.

ސިޓްރަންއަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ހުޅުވި ރެސްޓޯރެންޓެކެވެ. މިހާރު މި ރެސްޓޯރެންޓަށް ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިގެން ގޮސްފައެވެ.

Comments are closed.