ޑްރީމްސް ހޯލްޑިންގެ ދަށުން ހިންގަމުން އަންނަ ޑްރީމްސް ޕިއްޒާ، ޑްރީމްސް ޑައިނާ އަދި ޑްރީމްސް މޮބައިލްސްގެ އެމްބެސަޑަރަކަށް ކައިޒީން ހަމަޖައްސައިފިއެވެ.

ރާއްޖޭގައި މިވަގުތު އެންމެ ކުރިއަރަމުން އަންނަ ކުންފުނީގެ ދަށުން ހިންގާ ވިޔަފާރިތަކުގެ އެމްބަސަޑަރަކަށް ހަމަޖެއްސީ، މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭގައި ހުންނަ ޑްރީމްސް ޑައިނާގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.

ޑްރީމްސްގެ މާކެޓިން އެންޑް ސޭލްސް މުހައްމަދު އިގްނާޒް "ވަގުތަށް" މިއަދު ވިދާޅުވީ އެ ކުންފުނީގެ ޕްރޮޑަކްޓްތައް މާކެޓު ކުރުމަށް ކައިޒީން ބޭނުން ކުރަން ނިންމީ މިވަގުތު ސޯޝަލް މީޑިއާގައި ހުރި އެންމެ ނުފޫޒު ގަދަ މޮޑެލްއަކަށް ކައިޒީން ވާތީ ކަމަށެވެ. ކައިޒީން އިހްތިޔާރު ކުރި އެއް ސަބަބަކީ ސޯޝަލް މީޑިއާގައި އެންމެ ބޮޑު ފޭން ބޭސްއެއް އޮތުމުން ކަމަށް ވެސް އިގްނާޒް ވިދާޅުވިއެވެ.

ކައިޒީން، ޑްރީމްސްއާ އެކުގައި އެއްބަސްވުމުގައި ސޮއިކުރަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"އަޅުގަނޑުމެން މިއުޅެނީ ޕްރޮޑަކްތަކެއް މާކެޓު ކުރަން. މާކެޓު ކުރަން އިސްތިހާރު ކުރާނީ ކޮން ގޮތަކަށްތޯ، ކޮން ޕްލެޓްފޯމެއްތޯ ބެލިއިރު، ސޯޝަލް މީޑިއާގައި މިކަން އާންމުކޮށް މި ކުރަނީ. ހާއްސަކޮށް، ކައިޒީން އަށް ބޮޑު ސަޕޯޓެއް ސޯޝަލް މީޑިއާގައި އެބައޮތް. އެއީ ކައިޒީން އިހްތިޔާރު ކުރަން ޖެހުނު ސަބަބަކީ،" އިގްނާޒް ވިދާޅުވިއެވެ.

އިގްނާޒް ވިދާޅުވި ގޮތުގައި ޑްރީމްސްއަކީ އަބަދުވެސް މީހުން ކުރިއަރުވަން އިސްކަންދޭ ކުންފުންޏެކެވެ. އެހެންވެ، ކައިޒީން ވެސް ކުރަމުން އަންނަ ކަންކަމަށް އެހީތެރިކަމެއް ދިނުމަށް ޑްރީމްސްގެ އެމްބެސަޑަރަކަށް ހަމަޖެއްސީ ކަމަށް އިގްނާޒް ވިދާޅުވިއެވެ.

https://www.instagram.com/p/B7VqjO8nF0a/?utm_source=ig_web_button_share_sheet

"ކައިޒީންގެ އިންސްޓަގްރަމްގައި 95،000 އަށް ވުރެ ގިނަ ފްލޯވާސް އެބަތިބި. އެހާ ބޮޑު ފޭން ބޭސްއެއް އޮވެފައި ކައިޒީން އަށް ވެސް ސަޕޯޓެއް ދިނުމަށް އަޅުގަނޑުމެން ބޭނުންވީ. އޭރުން އަޅުގަނޑުމެންނަށް ވެސް އޭގެ ފައިދާވާނެތީ،" އިގްނާޒް ވިދާޅުވިއެވެ.

ޑްރީމްސްއާ އެކުގައި ކައިޒީން ހެދީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. މާދަމާ އިން ފެށިގެން އެއްބަސްވުމަށް އަމަލު ކުރަން ފަށާ އެއްބަސްވުމުގެ ދަށުން ޑްރީމްސްގެ ޕިއްޒާ، ޑްރީމްސް ޑައިނާ އަދި ޑްރީމްސް މޮބައިލް ފިހާރަތަކުގެ އިސްތިހާރު ކުރުމަށާއި އެ ތަންތަނުން ބާއްވާ އިވެންޓުތަކުގައި ކައިޒީން ބައިވެރިވާނެއެވެ.

https://www.instagram.com/p/B7ONZXDA4A3/?utm_source=ig_web_button_share_sheet

 

މާލެ ސަރަހައްދުގައި އެންމެ މީރު ޕިއްޒާ ތައްޔާރުކުރަމުން އަންނަ މަޝްހޫރު ޑްރީމްސް ޕިއްޒާ އިން ކުރިއަށް އޮތް ތަނުގައި އާ ޕްރޮޑަކްޓްތަކެއް ލޯންޗު ކުރަން ވަނީ ނިންމައިފައެވެ. އަދި މާލޭގެ މަޖީދީ މަގުގައި އެ ކުންފުނީގެ އާ އައުޓްލެޓެއް ހުޅުވަން ވަނީ ނިންމައިފައެވެ. ޑްރީމްސް އިން ބުނި ގޮތުގައި މާލޭގައި ހުޅުވާ އައުޓްލެޓާ އެކު، ޕިއްޒާގެ ބާޒާރަށް އިންގިލާބީ ބަދަލެއް ގެންނާނެ ޕްރޮޑަކްޓެއް ތައާރަފް ކުރަން ވަނީ ނިންމައިފައެވެ.

ޑްރީމްސް ޕިއްޒާ ރެސްޓޯރެންޓް ހުންނާނީ، ހުޅުމާލެ ނިރޮޅު މަގުގެ 13 ވަނަ ގޯޅީގެ ކަނާތްފަޅީގައި ނުވަތަ "ބޮމްބޭ ދަރުބާރު"ގެ ފުރަގަސް މަގުގައެވެ. އެ ރެސްޓޯރެންޓުން ޕިއްޒާ ގަންނަން ބޭނުންވާ މީހުން ގުޅަންވީ 7211717 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޅަބޭ

    ކައިޒީން ތިކަންކުރިއިރު ތީ ދީނީގޮތުން ކިހާވަރެއްގެ ކަމެއްތޯ ބަލާލިންތަ...؟!

    72
    6
    • ފާތުމަ

      ހެދުން އަޅާގޮތް އެހެރީ ދެން ދީނީ ގޮތްބެލުމޭ

      42
      4
  2. ޗޮކް

    މީހެއްގެ ސާލިހު އަންހެން ދަރިކައަކަށް ދިންނަމަ ތިވިޔަފާރީގެ ބަރަކާތްލައްވާނެ.

    112
    7
  3. ޒާހިދާ

    މަގޭ ކޮޔަށްކިޔަނީ ކައިޒީން އެއްނޫން. ޢެކޮޔަށް ކިޔަނީ ޒަޔާނު. ޝުކުރިއްޔާ

    66
    1
  4. Anonymous

    ގޮތް ނެތް އަންހެނެއް.

    53
    4
  5. ގުއިބުރި

    ކޮން ކައިޒީން އެކޭ ކިޔާކަށް. . އެ އުޅަށް ކިޔަނީ ޒަޔާނު.

    55
    4
  6. ސަމީން

    ހަގީގީ އަން ހެނުންނަކީ ވިޔަފާރި އުސޫލުން މީހުން ފައިދާ ހޯދާ ބަޔަކަށް ވެގެން ނުވާނެއެވެ. އަންހެނުންނަކީ އިސްލާމްދީނުގައި ރައްކާތެރިކަމާއި އިއްޒަތާއި އިހްތިރާމް ލިބިގެންވާ އިއްޒަތްތެރި ބައެކެވެ. މިރައްކާތެރިކަމާ އިއްޒަތުން ބޭރުވެ މާކެޓުތަކުގައި ނީލަން ކިޔާ އެްޗަކަށް ތިމާ ވެއްޖެނަމަ ތިމާގެ ގަދަރާއި އިއްޒަތް ވެއްޔާލާ އަތުން މިޑެލެވިގެން ދިޔައީއެވެ. އެއީ ހަޤީޤީ ރީތިކަމެއް ނޫނެވެ. އެއީ ތިމާގެ ފެންވަރެއް ނެއްކަމާއި ތިމާގެ އަގެއް ނެތްކަމާއި ތިމާގެ ޖާހިލިކަމެވެ. އެހެން ގިތަކަށް ބުނާނަމަ ކާފަރުކަމާ ނަޖީލުކަމެވެ.

    20
  7. Anonymous

    ކިތަންމެ ޖެލެސް ވިއަސް ހަމަ ކައިޒިިން ވަރެއް ނޯންނަާނެ

    2
    23
    • .ރިއަލިޓީ

      .އޮރިޔާންވި ވަރަކަށް ކަލޭމެންނަށް އެވަރެއް ނޯންނާނެ.

      21
      1