ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ދިރާގުން، ސެމްސަންގް އިން ދުނިޔޭގެ ބާޒާރަށް ނެރުނު އެންމެ ފަހުގެ ސެމްސަންގް S20+, S20 އަދި S20 އަލްޓްރާ 5g ރާއްޖެއަށް ނެރެ ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގަކީ ސެމްސަންގެ އިން އަލަށް ނެރޭ ފޯނު ތަކުގެ ތެރެއިން ދެކުނު އޭޝިއާގައި 5g ސަޕޯޓް ކުރާ، S20 އަލްޓްރާ 5g ރާއްޖެއަށް ނެރުނު ފުރަތަމަ މުވާސަލާތީ ކުންފުންޏެވެ.

ރާއްޖެއަށް މި ފޯނު ލޯންޗް ކޮށްދީފައިވަނީ މިކަމަށް ހާއްސަ ކޮށްގެން ދިރާގުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ޗީފް މާކެޓިން އޮފިސަރ، މަހުމޫދު ދަސާ، ސެމްސަންގް ސްރީލަންކާގެ މެނޭޖިންގް ޑިރެކްޓަރ ކެވިން ޔޫގެ އިތުރުން ދިރާގުގެ ބްރޭންޑް އެމްބެސެޑަރު އަދި ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ.

ދިރާގުގެ ކަސްޓަމަރުންގެ ތެރެއިން މި ފޯނު ޕްރީއޯޑަރު ކުރާ ފަރާތްތަކަށް ރަނުގެ ފުރުސަތު ތަކެއް ދިރާގުން ވަނީ ދީފައެވެ. އެގޮތުން S20 އަށް ޕްރީއޯޑަރު ކުރާ ކަސްޓަމަރުންނަށް ޑޭޓާގެ ގޮތުގައި 6 މަސްވަންދެން 5 ޖީބީ ލިބިގެން ދާނެއެވެ. އަދި, S20 އަދި S20 އަލްޓްރާ 5g ފޯނު ޕްރީއޯޑަރު ކުރާ ކަސްޓަމަރުންނަށް އެންމެ ފަހުގެ ގެލެކްސީ ބަޑު ލިބިގެން ދާނެއެވެ. މީގެ އިތުރުންވެސް އެކަސްޓަމަރުންނަށް 6 މަސްވަންދެން 10 ޖީބީގެ ޑޭޓާ ހިލޭ ލިބިގެން ދާނެއެވެ.

ދިރާގުން މިރޭ ރާއްޖެއަށް ނެރެފައިވާ މި 3 ފޯނަކީވެސް ދިރާގުގެ އީސިމް ސަޕޯޓް ކުރާނެ 3 ފޯނެވެ.

‎ދިރާގުން މި ތިން ފޯނު ޕްރީއޯޑާ ކުރަން އެންމެ ދަށް އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1009 ރުފިޔާއެވެ. ދިރާގު ކަސްޓަމަރުން ދިރާގުގެ ވެބްސައިޓުން މި ފޯނުތަކަށް ޕްރީއޯޑަރު ކުރެވޭނެއެވެ.

ދިރާގުން އަބަދުވެސް އަންނަނީ ދުނިޔޭގެ ބާޒާރަށް ނެރެމުން އަންނަ ފޯނު ދިވެހިންނަށް އަތްފޯރާ ފަށެއްގައި ލިބޭނެ އިންތިޒާމު ހަމަ ޖައްސަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    ރައްޔިތުން ފެލަންނޫޅޭ.

    5
    1