ކޮވިޑް-19 ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން ދިޔަ ނަމަވެސް އަދި މިހާތަނަށް ބަލި ފެނިފައި ނުވާ ދިވެހިރާއްޖެ އަށާއި، ބާލީއަށް "ފައިދާތަކެއް" ކުރަމުން އަންނަ ކަމަށް "ޓައިމްސް އޮފް އިންޑިއާ" އިން ބުނެފިއެވެ.

އިންޑިއާ މީހުންގެ މެދުގައި މިހާރު އެންމެ މަގުބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. "ޓައިމްސް އޮފް އިންޑިއާ" އަށް މައުލޫމާތު ދިން ޓްރެވަލް އެޖެންޓުން ބުނާ ގޮތުގައި ކޮވިޑް-19 ބައެއް ގައުމުތަކުގައި ފެތުރެމުން ދާތީ ހަނީމޫން ޕްލޭން ގިނަ ބަޔަކު ބަދަލު ކުރަމުން އަންނަ ކަމަށާއި، މިހާރު ގިނަ ބަޔަކު ރާއްޖެއަށާއި ބާލީއަށް ދަތުރު ކުރަން ބްކިންތައް ހައްދަމުން އަންނަ ކަމަށެވެ.

"މީގެ ކުރިން ގްރީސް އަދި ދެކުނު އެފްރިކާއަކީ ވެސް އިންޑިއާ މީހުންގެ މެދުގައި ވަރަށް މަގުބޫލް ދެމަންޒިލް. ނަމަވެސް މިހާރު ކޮވިޑް-19 ފެތުރެމުން އަންނާތީ އެގައުމުތަކަށް ދަތުރު ކުރަން ބައެއް މީހުން ވަރަށް ބިރުގަނޭ. އެގައުމުތަކަށް ހައްދާފައިވާ ހުރި ބުކިންސްތައް ރާއްޖެއަށާއި، ބާލީ އަށް ބަދަލު ކުރަމުން އަންނަކަން ފާހަގަ ކުރެވޭ." ޓްރެވަލް އެޖެންސީއެއްގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވިއެވެ.

އިތުރު ކުންފުންޏެއްގެ އޮފިޝަލަކު ވެސް ވިދާޅުވީ މިހާރު ރާއްޖެއަށާއި ބާލީ އަށް ބުކިން ހައްދާ މީހުންގެ އަދަދު އިތުރު ވެފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން އިންޑިއާ މީހުން ރާއްޖެ އަންނަ އަދަދު އިތުރުވި ނަމަވެސް ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާ އިން ރާއްޖެ އަށް މީހުން އައުން މިހާރު ވަނީ މަނާކޮށްފައެވެ. އެހެންކަމުން މަހެއްގެ މައްޗަށް މަދުވެގެން 15000 ފަތުރުވެރިން މަދުވެގެން ދާނެއެވެ. އަދި ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އިޓަލީވިލާތާއި، ދެކުނު ކޮރެއާގައި ވެސް ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން ދާތީ އެކަމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ކުރާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމަށާއި، އިޤުތިޞާދީ ހަރަކާތްތަކަށް ނޭދެވޭ އަސަރު ކުރަމުން ދާނެ ކަމަށް އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުން ގެންދަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަހުލާ

    ތީ ހުސް ދޮގު! ގާސިމުގެ ރިސޯޓުތަކުގެ މުސާރަ ކުޑަކުރާނެ ވާހަކަ އަންގައިފި ތި ކޮރޯނާ ވައިރަސްއަކާ ހެދި، އަދި ހަމައަކަށް އެޅެންދެން ނޯ ޕޭ ލީވްގަ ތިބެވޭނެ ވާހަކަވެސް ބުނެފި، ފައިދާ ވީ ކާކަށް ކަމެއް ނޭނގުނު

    35
    3
  2. މެކް

    އަވަހައް ރައްކާތެރިވޭ އެމެރިކާ ޗައިނާއަށް ލަޑުދިންގޮތަށް އިންޑިއާވެސް ރާޖެއަށް ލަޑުދީފާނެ ވައިރަސް ފަތުރާފާނެ މިކަމަށް ވ. ވިސްނާންޖެހޭ އަދި އިންޑިއާއަށް އެކަން ކުރުމަކީ ވަރައްފަސޭހަކަމެއް އިންޑިއާއައްދާ ދިވެއްސަކަށް އެކަން ޖެއްސިއަސް އެކަން އެހާ އިސާބުން ނިމުނީ. އޭ ހައްދަވާ ބޮޑުކުރެއްވި ﷲ މި ވަބާއިން އެއްމެހާ މީސްތަކުން ސަލާމާތް ކުރައްވާށިއެވެ.

    71
    3
  3. ފުޢާދު

    ބޮޑާވެ ކިބުރުވެރިވަނީ ދޯ؟

    23
    4
  4. އާޝޯޙު

    މާލެ ކައިރީ ބައެއް ރިސޯޓުތަކުންވެސް ނޯޕޭއަށް މީހުން ފޮނުންވަން ޖެހިދާނެކަމަށް އަންގައިފި! ފައިދާ ވާނަމަ ކީއްކުރަން ރިސޯޓުތަކުން މީހުން މަދު ކުރަނީ!

    12
  5. އަސީ

    އަިންޑިޔާސިޓީ އަކައްހެދުމައް މަސައްކަތްކުރަމުންދާ އައްޑުއައް ވަރައްގިނައަދަދަކައް އިންޑިޔާމީހުންއަންނަކަމައްވަނީ މީރަންގަޅުކަމަކައްވުރެ ނުބައެއް އެކުލެވޭކަމަެއް.

  6. ޙާހާ

    ފަތުރުވެރިކަމަށް ފައިދާވެގެން ލިބޭހާ ލާރިއެއް ފޮނިބައިސާ ކަޑަން އެތިބަަ މީހުނަށްދީ އެހުސްކުރަނީ! ޜައްޔިތުން އެތިބީ ކޮންފަދަ ހާލެއްގައިކަން އެމީހުނަށް އެބައެގޭބާ!ރައްޔިތުންނަށް ދިމާވެފައިހުރި މައްސަލަ ތަށް ހައްލުވާތަނެއް ނުފެނޭ! ބުކިންހަދާފަބަހައްޓާ! ޢެވެރިން ބޭންޖަހަން ބައިތިއްބާ!

  7. ގަދަ

    ދެން ސަރުކާރު މުވައްޒަފުންގެ މުސާރަ އަވަހަށް ބޮޑުކުރަންވީނު. ކޮން ދުވަހަެއް ޓީޗަރުންގެ މުސާރަ ބޮޑުކުރަނީއޭ ކިޔާތާވެސް

    11
    1
  8. އަރިބަންގާޅު

    ފައިދާގެ ކޮޅެއްވެސް ނެތް. މަހެއްގެ މައްޗަށް ޗައިނާ އިން އަންނަ 15000މީހުންގެ ބަދަލުގައި އިންޑިޔާއިން މަހަކު100މީހުން އައިމާ ކިހާ ފައިދާ ބޮޑުވާނެ.

    1
    2
  9. ދިވެހި އޮރިޖިނަލް

    އިންޑިއާއިން ރާއްޖެއާމެދު ހަސަދަވެރިކަން އޮތް މިންވަރު މިއިން އެގެނީ

    3
    1
  10. ގޮށްރާޅު

    ދެން އެކުންފޮނިކަނޑާނެކަމެއްނެތް.ތިއަބުނާ ގެސްޓުންތައް ރިސޯޓްތަކަށް އަންނަނަމަ ދިވެހިން ތިބޭނީ ވަރަށް ހިތްހަމަ ޖެހިގެންންނޫންތަ.

  11. ދަރަނި ދަންތުރަ

    މި ހާލަތާމެދު އެއްމެ އުފާވާނީ ކެރަފާ ނަސީމުއާ ކެނެރީ ނަސީދުއާ ރީދޫ ގުރޫޕު ، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓު ކުރަން ވަރަށްގިނަ މަސަތްކަތް މި މީހުންކުރި ޔާމީނު ވެރިކަމުގައި ޔާމީނު ބަނޑަށް މަރުވާނެ ކަމަށް ހީކޮށް މިއަދު މި ރީދޫ ގިރޫޕަށް ވެރިކަން ލިބި މުޅި ގައުމު ބަނޑަށް އަށްދިޔޯ އަލިފާނޯ.....