ރެއިންބޯ ރަމަޟާން ސޭލް ފަށައިފިއެވެ.

ރެއިންބޯ އިން ބުނީ ރެއިންބޯ ރަމަޟާން ސޭލްއަކީ ރެއިންބޯ އެންޓަރޕްރައިސަސްގެ ފަރާތުން ހިންގާ ރެއިންބޯ ލިވިންގް މޯލް، ރެއިންބޯ ބިލްޑްވެއަރ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ، ރެއިންބޯ އޮފީސް ސިސްޓަމް، ރެއިންބޯ އައްޑޫ އަދި ރެއިންބޯ އޮންލައިން ސްޓޯރގައި 01 މާރޗް އިން ފެށިގެން 9 މެއި އާއި ހަމައަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ސޭލް އެއްކަމަށެވެ.

ރެއިންބޯގެ ފިހާރަތަކުން ކުރައްވާ 500ރ އިން ފެށިގެން މަތީގެ ކޮންމެ ވިޔަފާރިއަކަށް މިސޭލްގައި ބައިވެރިވެވޭ ގޮތަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެ ކަމަށް ރެއިންބޯ އިން މައުލޫމާތު ދެއެވެ. ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތެއްގެ ބިލްގެ ޖުމްލަ އަދަދު އަނބުރާ ލިބިވަޑައިގަންނަވާނެ އެވެ.

ސޭލްގެ ގުރުއަތު ނެގުން އޮންނާނީ 13 ޖޫން 2020 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 9:00 ގައި ރެއިންބޯ ލިވިންގް ހޯލްގައެވެ.

ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ރެއިންބޯގެ އޮފިޝަލް ފޭސްބުކް ޕޭޖް އިން ލިބޭނެ ކަމަށް ރެއިންބޯ އިން ބުނެއެވެ.