ވީބީ މާޓުން ކޮންމެ ދުވަހަކު 1000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭ ޕޮރޮމޯޝަނެއް ފަށައިފިއެވެ.

ވީބީން ބުނީ، މިހާއްސަ ޕްރޮމޯޝަންގެ ދަށުން ވީބީ މާފަންނު މާރޓް އާއި ވީބީ ގަލޮޅު މާރޓުން ކުރާ ކޮންމެ 200 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ނަސީބުވެރިއަކަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާގެ ގިފްޓް ވައުޗަރެއް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ނަސީބުވެރިއަކަށް ހޮވިފަރާތްތަކަށް 1000 ރުފިޔާގެ ގިފްޓްވައުޗަރު އެދުވަހުން ދުވަހަަށް ދޭނެއެވެ.

ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑަކީ ދިވެހިރާއްޖޭގައި އެންމެ ދުވަސްވީ އެއް ކުންފުންޏެވެ. ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑަކީ ވަލީ ބްރަދާސްގެ ނަމުގައި 1979 ވަނަ އަހަރުގައި ތައާރަފް ވެފައިވާ ކުންފުންޏެކެވެ. ވީބީ ބްރަދާސްގެ މައިގަނޑު މަގްސަދަކީ، އަތްފޯރާފަށުގެ ރަނގަޅު ކޮލިޓީއެއްގެ އުފެއްދުންތަކެއް އާންމުންނަށް ފޯރުކޮށްދިނުމެވެ.

މި މަގްސަދުގެދަށުން މިއަދާހަމައަށް ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑުން ވަނީ ގިނަ އަދަދެއްގެ މަޝްހޫރު ބްރޭންޑްތްކެއް ދިވެހިރާއްޖެއައް
ތައާރަފްކޮށް، ވީބީއިން ވަނީ އާންމުގެ އިތުބާރާއި ބޮޑު މަގްބޫލްކަމެއް ހޯދާފައެވެ.

މިބްރޭންޑްތަކުގެ ތެރޭގައި ކެލޮގްސް، ޕްރިންގަލްސް، މާސް، ސްނިކާސް،ޓްވިކްސް، ބައުންޓީ،މަލްޓިސާސް ،ޖޯންސަން އެންޑް ޖޯންސަން ، ގާނިއަރ ، ލޯރިއަލް ، ޓްރޮޕިކާނާ ސްލިމް ފަދަ މަޝްހޫރު ބްރޭންޑްތަށް ހިމެނެއެވެ.