ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ އަދި ދިވެހީންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް މިހާރު ލިބިގެން ގޮސްފައިވާ "ސްޕާކަލް" ބްރޭންޑުގެ ގިނަ އުފެއްދުންތައް، ޖަނަވަރީ ހިނގުމުގައި ހުންނަ، ޕޮއިންޓް ކަލެކްޝަންގައި ވިއްކަން ފަށައިފިއެވެ.

މި މިފިހާރައަކީ، ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ކޮސްމެޓިކްސް ވިއްކަމުން އަންނަ މަޝްހޫރު ފިހާރައެކެވެ.

1998 ވަނަ އަހަރު އުފައްދާފައިވާ "ސްޕާކަލް" އަކީ ތައިލޭންޑުގެ ބްރޭންޑެކެވެ. ތައިލޭންޑުގެ އިތުރުން މި ބްރޭންޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ވިއްކަމުންދާ މަޝްހޫރު މޮޅު ބްރޭންޑެކެވެ. މި ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަކަށް ވުމުން "ލިބޭ" އިން މިހާރު ހެޔޮ އަގުގައި ހޯލްސޭލް އަދި ރީޓެއިލްކޮށް މި ބްރޭންޑުގެ ތަކެތި ބައްލަވައިގަތުމުގެ ފުރުސަތު، ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ.

ޕޮއިންޓް ކަލެކްޝަނުން ލިބެން ހުރި ސްޕާރކަލްގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި؛

ސްޕާކަލް ވައިޓް ޓޫތްޕޭސްޓް
ސްޕާކަލް ޑަބަލް ވައިޓް ޓޫތްޕޭސްޓް - ލެމަން ސޮޑާ
ސްޕާކަލް ޓްރިޕްލް ވައިޓް ޓޫތްޕޭސްޓް
ސްޕާކަލް ކޮފީ އެންޑް ޓީ ޑްރިންކާސް ވައިޓްނިންގް ޓޫތްޕޭސްޓް
ސްޕާކަލް ނެޗުރަލް ފްރެޝް އެންޑް ގަމް ކެއާ ޓޫތްޕޭސްޓް
ސްޕާކަލް ކޮމްޕްލީޓް ކެއާ ޓޫތްޕޭސްޓް
ސްޕާކަލް ސެންސިޓިވް ޕްރޮފެޝަނަލް ޓޫތްޕޭސްޓް
ސްޕާކަލް ވައިޓް ޑެންޓަލް ފްލޮސް
ސްޕާކަލް ޓާބޯ ވައިޓް ޓޫތްބްރަޝް

މީގެ އިތުރުން، މަޝްޙޫރު އެތައް ބްރޭންޑެއްގެ ސެންޓާއި ބޮޑީ ސްޕްރޭ އެ ފިހާރައިގައި ވިއްކަމުން ދެއެވެ. އޭގެ ތެރޭގައި ޔޫރަޕްގެ މަޝްހޫރު އެވިއެޕް ކުންފުނީގެ ބްރޭންޑްތައް މި ފިހާރައިން ލިބެން ހުންނާނެއެވެ. މިއީ އެ ބްރޭންޑްގެ ތަކެތި ހޯލް ސޭލްކޮށް އަދި ރީޓެއިލްކޮށް ޑިސްޓްރިބިއުޓްކުރާ ފިހާރައެވެ.