ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންހެން މުވައްޒަފުން ވިހެއުމުން ދެމުން އަންނަ ހަމަހުގެ ޗުއްޓީ ދިނުމަށް ނިންމަފިއެވެ.

ބީއެމްއެލް އިން ބުނީ މި ބަދަލު ގެނެސްފައި ވަނީ މިއަދުން ފެށިގެން ކަމަށާއި، މި ބަދަލާއި އެކު ރާއްޖޭގެ ގާނޫނުގައި އޮންނަ މެޓާނިޓީ އަދި ފެޓާނިޓީ ލީވް އާއި އެއްގޮތަށް މުވައްޒަފުންނަށް ޗުއްޓީދޭން ފަށާނެ ކަމަށެވެ.

އެގޮތުން އަންހެން މުވައްޒަފަކަށް ވިހެއުމާއި ގުޅިގެން ހަމަސް ދުވަހުގެ މެޓާނިޓީ ލީވް ދިނުމަށް އެބޭންކުން ނިންމާފައިވާ ކަމަށާއި، އަދި ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭތާ ހަތް މަސް ދުވަހުގެ ތެރޭގައި ނަގާ ގޮތަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބިގެން ދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

ސިވިލްސާވިސް މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން ދެމުން އަންނަ މެޓާނިޓީ ލީވްގެ މުއްދަތް އިތުރު ކުރުމަށް ސަރުކާރުން ނިންމުމާއި އެކު ސަރުކާރުގެ ކުންފުނިތަކުންނާއި ބައެއް އަމިއްލަ ކުންފުނިތަކުން ވެސް އަންނަނީ އެ އުސޫލަށް އަމަލު ކުރަމުންނެވެ.

މިއީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ކޮށްފައިވާ ކަންކަމުގެ ތެރެއިން ގިނަ ބައެއްގެ ތައުރީފް ލިބެމުންދާ އެއްކަންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަދްނާ

    އަހަރަކު 2 ކުދިން ވިހަންވީ 6 މަހުން 6 މަހުން

  2. އިތުބާރު ކުޑަ

    ޜާއްޖޭގެ ބޭންކިންއަކީ ޓެކްނޮލޮޖީ ޑިސްޓްރިބިއުޝަންގެ ތެރެއިން ފޭޑްވެގެންދާނެ ޙަރަކާތެއް. ސަބަބަކީ ހުދު މުޚުތާރުކަ މާއެކު ޢާ މުންނަށް އޮޅުވާލައި ޢާ މުން މެދުވެރޮކޮށް ހަ މަހަ މަކަ މެއްނެތި ވަކިބަޔަކު މުއްސަދިކުރު މާށް މަސައްކަތް ކުރުން. 5 ނުވަތަ 10 އަހަރު ތެރޭ މިކަ މުގެ ރަހަފެނިގެންދާނެ. ޚުދު މުހުތާރު ވު މަކީ ހިއްސު މަދުވާކަ މެއް.

  3. ާއަލީ

    ބީއެމްއެލް އިން ތިލީވް ދޭތާ 18 އަހަރު ވެއްޖެ އޮޅުވާނުލާ