ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެ.ފް.އޭ.އެމް) އިން ޒޯންތަކަށް ބަހާލައިގެން ބާއްވާ "ޖަޒީރާ ޗެމްޕިއަންޝިޕް 2020" މުބާރާތުގައި ބައިވެރިވާ ޓީމް ތަކަށް އައިލެންޑް އެޕަރެލްސް އިން ޚާއްސަ އަގުތަކެއް ހަމަޖައްސައިފިއެވެ.

އައިލެންޑް އެޕަރެލްސްގެ މެނޭޖަރ އޮޕަރޭޝަން އަލީ މުޝްހަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ "ޖަޒީރާ ޗެމްޕިއަންޝިޕް 2020" ގައި ބައިވެރިވާ ޓީމުތަކަށް ބޭނުންވާ ޖާޒީ ސެޓްތަކަށް އައިލެންޑް އެޕަރެލްސްއިން ވަނީ ޚާއްސަ އަގުތަކެއް ހަމަޖައްސާފައެވެ. މި ޗެމްޕިއަންޝިޕަށް އައިލެންޑް އެޕަރެލްސްއިން ތައްޔާރުކުރާ ޖާޒީގެ މެޓީއަލްކީ، ގަޔަށް ފަސޭހަ، ޑްރައިފިޓް، ގައިގަ ތަތް ނުލަވާ ޒާތުގެ އަވަހަށް ހިކޭ މެޓީރިއަލްއެކެވެ.

"އަޅުގަނޑުމެން ޖާޒީތަކާއި އެހެނިހެން ޕްރޮޑަކްތްތައް ޑިޒައިންކޮށް، ޕްރިންޓްކޮށް، ކަނޑައި، ފަހައި، އުފައްދަނީ މާލޭގައި" އަލީ މުޝްހަދު، އައިލެންޑް އެޕަރެލްސްގެ މެނޭޖަރ އޮޕަރޭޝަންސް، ބުންޏެވެ.

ރާއްޖޭގައި އެންމެ ފުރަތަމައަށް ފުޅާދާއިރާއެއްގައި ފެބްރިކް ޕްރިންޓް ކުރުމުގެ މަސައްކަތް ފެއްޓީ އައިލެންޑް އެޕަރެލްސްއިންނެވެ. އައިއެލެންޑް އެޕަރެލްސްއިން ކަސްޓަމާ ބޭނުން ސައިޒަކަށް ޕްރިންޓް ކުރުމުގެ އިތުރުން ބޮޑެތި ފޮތި ރޯލަށް ޕްރިންޓް ކުރުމުގެ ގާބިލްކަން ލިބިގެންވެއެވެ.

މީގެ އިތުރުން، ކުޅިވަރާއި ކަސްރަތު ކުރުމަށް ބޭނުންވާ ހެދުމާއި، ލީނިއާރޑް ވާކޮޅުތަކާއި، ފޭސްޓަވަލްއާއި ކަސްޓަމް ޑިޒައިންއަށް ހަދައި ޕްރިންޓްކޮށްފައި ހުންނަ ޖަރޒީތަކާއި، ކުޅިވަރާ ގުޅޭ ތަފާތު ބެނާތަކާއި ޓީމު ދިދައާއި ކުޅިވަރުގެ ކަސްޓަމް ޕްރޮޑަކްޓްތައް އައިލެންޑް އެޕަރެލްސްއިން މާލޭގައި އުފައްދައި ކަސްޓަމަރުންނާ ހަމައަށް ގެނަސްދެއެވެ.

އައިލެންޑް އެރަޕެލްއަށް އޯޑަރު ދިނުމުގައި ދިމާވާ އަނެއް ފަސޭހައަކީ، މިހުރިހައި ޕްރޮޑަކްޓެއް އެއްފުރާޅެއްގެ ދަށުން އުފެއްދުމުން ކަސްޓަމާއަށް ވަގުތުން މެޓީރިއަލް އިޚްތިޔާރުކޮށް، ޕްރޫފް ބަލައި ފައިނަލައިޒްކޮށް ބަދަލުގެނައުމަށް ލިބޭ ފަސޭހައެވެ.

އައިލެންޑް އެޕަރެލްގެ ކޮންމެ އުފެއްދުމަކީވެސް ޚާއްސަ މެޓީރިއަލްއަކުން އުފައްދާ އުފެއްދުމެކެވެ. ކަސްޓަމާ ބޭނުންނަމަ ފަނަރަ ބާވަތުގެ ޖަރޒީ މެޓީރިއަލްގެ ތެރޭން ސާމްޕަލް ޗޫޒްކުރެވިދާނެއެވެ. މި މެޓީރިއަލްގެ ތެރޭގައި، އޮރޮޖިނަލް އެޑީޑާސް، އޮރިޖިނަލް ނައިކީ މެޓީރިއަލް އަދި ލިވަރޕޫލް ޖާޒީއަށާއި ޖަރމަން ނޭޝަނަލް ޓީމުގެ ޖާޒީއަށް އުފައްދާފައިވާ ޖާޒީ ފަހާ ޚާއްސަ ފޮތި ހިމެނެއެވެ.

އައިލެންޑް އެޕަރެލްސްއަކީ، ކަސްޓަމާ ބޭނުންވާ ޑިޒައިން ފޮއްޗަށް ޕްރިންޓްކޮށް، އެއިން ބޭނުންވާ ޕްރޮޑަކްޓެއް އުފެއްދުމުގެ ޚިދުމަތް ރާއްޖޭގައި ފުޅާދާއިރާއެއްގައި ދެމުން އަންނަ ކުންފުންޏެކެވެ. އައިލެންޑް އެޕަރެލްސްއިން ޕްރިންޓް ކުރެވޭ ފޮތީގެ ތެރޭގައި، ދިގުހެދުން ފޮއްޗާއި، ސޯފާއާއި ކުޝަން ކަވަރު ފޮއްޗާއި، ޖަރޒީ ފަހާ ފޮއްޗާއި، ޑިޒައިނަރ ދޮރުފޮއްޗާއި، ކަސްޓަމް ޑިޒައިން އަށް ބުރުގާ ފޮތި ތައްޔާރުކުރުންވެސް ހިމެނެއެވެ.

އައިލެންޑް އެޕެރަލްސްގައި އެއްވެސް އޯޑަރަކަށް މިނިމަމް ކޮންޓިޓީއެއް ކަނޑައެޅިފައެއް ނުވެއެވެ. އެންމެ މަދު އޯޑަރުން ފެށިގެން އެންމެ ބޮޑު އޯޑަރަށްވެސް ޖެހިލުމަކާ ނުލައި އައިލެންޑް އެޕަރެލްސްއިން ކޭޓަރކޮށްދޭކަން ފާހަގަ ކުރެވެއެވެ. އަދި ބޮޑެތި އޯޑަރުތަކަށް ބޮޑެތި ޑިސްކައުންޓްވެސް ހަމަޖެހިފައި ވެއެވެ. އަދި ހަމައެފަދައިން ޑިޒައިންއަށް ލިމިޓެއް ނުވެއެވެ. ލިމިޓަކީ ކަސްޓަމާގެ ޑިޒައިން އައިލެންޑް އެޕަރެލްގެ ޓެމްޕްލޭޓަށް ފިޓް ވުމެވެ.

މި ކެމްޕޭން މޫސުމަށް ބޭނުންވާ ބެކްޑްރޮޕްއާއި ބެނަރ އަދި ދިދަފައްޗާއި އެނޫންވެސް އެހެން ކެމްޕެއިން މެޓީރިއަލްސް ރަބަރު ކެންވަސްއަށް ޕްރިންޓް ކުރުމުގެ ބަދަލުގައި އައިލެންޑް އެޕަރެލްސްއިން ޕްރިންޓް ކުރަނީ ފޮއްޗެވެ.

ކަސްޓަމް ޑިޒައިންއަށް ޕްރިންޓްކޮށްފަ ހުންނަ ފައިވާނާއި، ހަމައެގޮތަށް އެމީހަކު ބޭނުން ޑިޒައިނަކަށް ޕްރިންޓްކޮށް ފަހާފަ ހުންނަ ބޭގްތަކާއި، ބޭނުން ޑިޒައިނަކަށް ޕްރިންޓްކޮށްފަ ހުންނަ ބީޗް ޓަވަލްއާއި ސްކާފާއި އީވެންޓް ބެނަރތަކާއި، ޑިޒައިނަރ ކުޝަން ކަވަރާއި، ޑޯރ މެޓްތަކާއި، ޕްރޮމޯޝަނަލް މަގްތަކާއި، ކަސްޓަމް ޕްރިންޓެޑް ޕްރޮމޯޝަނަލް ކުޑައާއި ޔޯގާ މެޓްތަކާއި ޓޭބަލް މެޓްފަދަ އެތައް ވައްތަރެއްގެ ކަސްޓަމް ޕްރޮޑަކްޓެއް އައިލެންޑް އެޕަރެލްސްއިން މާލޭގައި އުފައްދައި ކަސްޓަމަރުންނާ ހަމައަށް ގެނަސްދެއެވެ.

އައިލެންޑް އެޕަރެލްސްގެ އުފެއްދުންތައް އުފައްދަނީ 2500 އަކަފޫޓުގެ އޭރިއާއެއްގައި ގާއިމްކޮށްފައިވާ ފެސިލިޓީއެއްގައެވެ.

އައިލެންޑް އެޕަރެލްސްއަށް އޯޑަރު ދިނުމަށްޓަކައި، އައިލެންޑް އެޕަރެލްސްގެ ފޭސްބުކް ޕޭޖް މެދުކޮންނާއި، އަދި އައިލެންޑް އެޕަރެލްސްގެ ވައިބާ ނަންބަރު 9721111 އަށް ކޮށްގެން ވާނެ އެވެ.

މެދުވެރިކޮށްވެސް އޯޑަރު ދެވޭނެއެވެ. އަދި ސާމްޕަލް ބައްލަވާލެއްވުމަށް ނުވަތަ އޯޑަރު ދެއްވުމަށް އައިލެންޑް އެޕަރެލްސްގެ އޮފީސް ނުވަތަ ފެކްޓްރީއަށް ވަޑައިގެންވެސް އޯޑަރު ދެއްވިދާނެއެވެ. އައިލެންޑް އެޕަރެލްސް ހުންނަނީ ގ. ކުޑަފަރުގެ، ބޮޑު ރަސްގެފާނު މަގު، ގަލޮޅު ކަންމަތީގައެވެ.

މީގެ ކުރިން އުނދަގުލުން މީހުން ޑިޒައިން ކުރުވައި ޕްރިންޓްކުރުވި ޓީޝާޓާއި ޖަރޒީ މިހާރު މިއޮތީ އިންޓަރނޭޝަލް ފެންވަރުގައި ރާއްޖޭގައި ޑިޒައިންކޮށް އުފެއްދޭ ގޮތް މެދުވެރިވެއެވެ. ޓީމްތަކުން މެދުވެރިއަކާ ނުލައި ޖަރޒީތަކަށް އޯޑަރުދީ، ވަގުތުން ސާމްޕަލްއާއި ޕްރިންޓް ކޮލިޓީ ބަލާލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު