ދާދި ފަހުން ޚިދުމަތް ދޭން ފެށި ޑްރީމްްސް ޕިއްޒާ އަކީ ދިވެހިންގެ މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ކުންފުންޏެކެވެ.

ހެޔޮ އަގުގައި ލިބޭ މީރު ޕިއްޒާއަށް ލޯބި ކުރާ ފަރާތްތަކަށް ޑްރީމްސް ޕިއްޒާއިން މިވަނީ ބަހާރު މޫސުމެއް ގެނެސްދީފައެވެ.

ޑްރީމްސް ޕިއްޒާގެ އެންމެ ޚާއްސަ އެއް ކަމަކީ، އެ ކުންފުނިން ކަސްޓަމަރުންނާއި ބާއްވާ ޚާއްސަ ގާތްކަމެވެ. އެގޮތުން ކައިރި ކައިރީގައި ޚާއްސަ އިނާމްތައް ހިމެނޭ ޕްރޮމޯޝަންތައް މިވީ ކުދަ ދުވަސްކޮޅު ތެރޭގައި ވެސް އެ ކުންފުނިން ވަނީ ހިންގާފައެވެ.

މިފަހަރު ޑްރީމްސް ޕިއްޒާއިން ކަސްޓަމަރުންނަށް މިދެނީ އަނެއްކާވެސް ރަނުގެ ފުރުސަތެކެވެ. އެގޮތުން ޕިއްޒާ އެއް ގަނެލައިގެން 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ، ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ޑްރީމްސް ޕިއްޒާއިން ވަނީ ފަށާފައެވެ.

މި ޕްރޮމޯޝަންގައި އެންމެ ޕިއްޒާ އެއް ގަނެގެންވެސް ބައިވެރިވެވޭއިރު، ކޮންމެ ޕިއްޒާ އަކާއި އެކު ކޫޕަނެއް ލިބިގެން ދާނެއެވެ.

މިއަދު ފެށި މި ޕްރޮމޯޝަން 60 ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އެހެންކަމުން މި ޕްރޮމޮޝަން މޭއި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

Buy a pizza and win a cash price of MVR 30,000/-Offer valid from 6th March till 6th May 2020The winner will be...

Posted by Dreams Pizza on Friday, March 6, 2020

މި ޕްރޮމޯޝަންގައި ބައިވެރި ވުމަށް ކުރަން ޖެހޭ ހަމައެކަނި ކަމަކީ ޑްރީމްސް ޕިއްޒާ އެއް ގަނެލުމެވެ. އޭރުން ބަލައްވައިގަންނަ ޕިއްޒާ އާއި އެކު ކަސްޓަމަރަށް ކޫޕަން ލިބިވަޑައިގަންނަވާނެއެވެ.

މިހިނގާ މާރޗް މަހު، ޑްރީމްސް ޕިއްޒާއިން މުޅިން އާ ޕްރޮޑަކްޓްތައް ލޯންޗް ކުރާއިރު، އެ ޕްރޮޑަކްޓްތައް ވެގެން ދާނީ ޕިއްޒާ އިންޑަސްޓްރީއަށް ބޮޑު ލޮޅުމެއް އަރުވާލާނެ ޕްރޮޑަކްޓްތަކަކަށް ކަމަށް ޑްރީމްސް ޕިއްޒާއިން ބުނެއެވެ.

މި ޕްރޮމޯޝަންގެ ގުރުއަތު ނެގުން މޭއި މަހުގެ 14 ވަނަ ދުވަހު އޮންނާނެއެވެ.

ހުޅުމާލެ ނިރޮޅު މަގުގެ 13 ވަނަ ގޯޅީގެ ކަނާތްފަޅީގައި ނުވަތަ "ބޮމްބޭ ދަރުބާރު"ގެ ފުރަގަސް މަގުގައި ހުންނަ ޑްރީމްސް ޕިއްޒާއަކީ ކުރު މުއްދަތެއްގެ ތެރޭގައި އާއްމުންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ ތަނެކެވެ. އެ ރެސްޓޯރެންޓުން ޕިއްޒާ ގަންނަން ބޭނުންވާ ފަރާތްތަކުން ގުޅަންވީ 7211717 އަށެވެ.