ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ކޮސްމެޓިކްސް މޮނޯ ސްޓޯރް ކަމަށްވާ ނޯޓް މޮނޯ ސްޓޯއިން މަސްކަރާ ވީކްގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ. ނޯޓް އިން މައުލޫމާތުދޭ ގޮތުގައި މިއީ އިންޓަނޭޝަނަލް ޕްރޮމޯޝަނެކެވެ، އަދި މި ޕްރޮމޯޝަންގައި ބޭނުން ކޮށްފައިވާ މަސްކަރާއެއް ގެނައުމުން އެފަރާތެއް ބޭނުންވާ ކޮންމެ ނޯޓް ކޮސްމެޓިކްސްގެ މަސްކަރާއަކަށް %50 ޑިސްކައުންޓް ލިބޭނެއެވެ.

ލޮނުޒިޔާރަތްމަގުގައި ހުންނަ ނޯޓް މޮނޯ ސްޓޯރުގައި މި މާޗުމަގުހެ 13އިގެ ނިޔަލަށް މަސަކަރާ ވީކް ޕްރޮމޯޝަން ކުރިޔަށް ދާނޭކަމަށް ނޯޓް ކޮސްމެޓިކްސްއިން މައުލޫމާތުދީފައިވެއެވެ. އަދި ކޮންމެ ބްރޭންޑެއްގެ ބޭނުންކޮށްފައިވާ މަސްކަރާއެއް ގެނައުމުންވެސް ނޯޓްގެ ބޭނުން މަސްކަރާއެއް 50% ޑިސްކައުންޓާއެކު ނެގޭނެއެވެ.

ނޯޓް ކޮސްމެޓިކްސް މޯލްޑިވްސްގެ ޗީފް މާކެޓިންގ އޮފިސަރ އިސްމާއިލް އަޒްމީ އަދުނާން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނޯޓް މަސްކަރާ ވީކް ޕްރޮމޯޝަންއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ޕަރޮމޯޝަނެއްކަމަށް އަދި މިހާރުވެސް ގިނަ ގައުމުތަކުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ގޕްރޮމޯޝަނެއް ކަމަށް މައުލޫންމާތުދިނެވެ .ޒުވާނުންނާއި އެކި އުމުރުގެ ފަރާތްތަށް ނޯޓްގެ ޕްރޮޑަކްޓްތައް ތަޖުރިބާ ކޮށްލަން ރަނގަޅު ފުރުސަތެކެވެ. މިޕްރޮމޯޝަންގައި ނޯޓް މަސްކަރާއިން 50% އަގު ހެޔޮކޮށްލުމާއެކު 75ރ އަށް ގިނަ މަސްކަރާ ލިބެން ހުނަނާނެއެވެ.

29ޖެނުއަރީގައި ނޯޓް މޮނޯ ސްޓޯ ހުޅުވާފައިވާއިރު ގިނަ އަދަދެއްގެ މަޝްހޫރު ފަންނާނުންނާއި ރާއްޖޭގެ ނަން މަޝްހޫރު އަންހެން ވިޔަފާރިވެރިން މި ސްޓޯރް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ. ނޯޓް ސްޓޯރް ރަސްމީކޮށް ހުޅުވާ ދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ނޯޓް އިންޓަނޭޝަލްގެ ޖެނެރަލް މެނޭޖަރެވެ. ނޯޓް ގެ އެކި ބާވަތްބާވަތުގެ އުފެއްދުންތަކަކީ ދިވެހިންގެ ތެރޭގައި މިހާރުވެސް ވަރަށް މަޤުބޫލު އުފެއްދުންތަކެވެ.

ނޯޓް ކޮސްމެޓިކްސް އަކީ އެންމެ ފުރަތަމަ ސްކިން ކެއަރ ޕްރޮޑަކްޓްގެ ބާވަތެއްގެ ގޮތުގައި އުފައްދަމުން އައި ބްރޭންޑެކެވެ. %100 ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ މި ހަލާލު ޕްރޮޑަކްޓް ބޭނުންކުރުމުން ހަންގަނޑު ރީތިވެއެވެ. ހަމަށް ހާއްސަކޮށް ފުރަތަމަ އުފެއްދި ނޯޓް ބްރޭންޑް ފަހުން ވަނީ ކޮސްމެޓިކްސް ބްރޭންޑަކަށް ބަދަލުކޮށްފައެވެ. ނޯޓް ކޮސްމެޓިކްސްއިން ވަނީ ގިނަ ބާވަތްތަކެއްގެ ހަމަށް މިންގަންޑުތަކެއް ކަނޑައަޅާ، ގިނަ ބާވަތްތަކެއްގެ ނާޒުކު ހަމަށް، ކޮންމެ ވައްތަރެއްގެ ހަމަކަށް ތަފާތު ޕްރޮޑަކްޓެއް ވަނީ ތައާރަފްކޮށްފައެވެ. .
ނޯޓް ކޮސްމެޓިކްގެ އެންމެ ހާއްސް އެއް ކަމަކީ، ނޯޓް ގެ ހުރިހާ ޕްރޮޑަކްޓު ތަކަކީ ވެސް ހަލާލު ޕްރޮޑަކްޓުތަކަށްވުމެވެ. ވަރަށް ގިނަ މޭކަޕް ބްރޭންޑުތަކުގައި އޫރުގެ ބައެއް މާއްދާތައް ބޭނުންކޮށްފައިހުރެއެވެ. ނަމަވެސް ނޯޓް ކޮސްމެޓިކްސްގެ އެއްވެސް އުފެއްދުމެއްގައި މިފަދަ އެއްވެސް މާއްދާއެއް ބޭނުންކޮށްފައި ނުހުރެއެއެވެ. އެންމެ ފުރަތަމަ ހަލާލް މޭކަޕް ބްރޭންޑަށް ވުމުގެ އިތުރުން، ނޯޓް ކޮސްމެޓިކްސްގައި އެއްވެސް ނުރައްކާތެރި ކެމިކަލެއްވެސް ނުހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝައި

    ބެސްޓް ހަމަ! މަންމަގެ އަދި ދައްތަގެ މަސްކަރާވެސް ހިފައިގެން ދާނީ

  2. އިޝީ

    މިއަދު ހެންދުނު މި އެއްލާލީ!!!!! ދެން ކުނިއެތިހާވަންއެޖެހުނީ ޕިސް

  3. ރުތޫ

    ވ. ނޯޓް މައި ފޭވަރިޓް އަބަދުވެސް! ޝުކުރިއްޔާ ތިކަހަލަ ޕްރޮމޯޝަންތައް ގެނެސްދޭތީ

  4. ރިޝޫ

    ރައްޓެހިން އަތުން އެއްކުރަން ދާންވީދޯ ބާވެފަހުރި މަސްކަރާތައް ލޮލް ތޭންކްސް ނޯޓް

    1
    1
  5. ސެލީ

    ތޭންކްސް ނޯޓް! ވިލް ގޯ ޓުމޯރޯ