މިހާރު މުޅި ދުނިޔެއަށް ބިރުވެރިކަމެއް ގެނެސްދީފައިވާ ކޮވިޑް19 އާ ގުޅިގެން ކުންފުނިން ވިއްކަމުންދާ ކާބޯތަކެތި އަގުބޮޑު ނުކުރާނެ ކަމަށާއި، ބޭނުންވާ ވަރަށް ސްޓޮކް ލިބޭނެ ކަމުގެ ޔަގީންކަން ރާއްޖެއަށް ފިނި ކުރި ކުކުޅުގެ ބާވަތްތަކާއި ބިސް އެތެރެ ކުރަމުން އަންނަ ކުންފުނި ހެޕީ މާކެޓުން ދީފިއެވެ.

އެ ކުންފުނިން މިިގޮތަށް ބުނެފައި ވަނީ -19 ފެތުރެމުންދާތީ ސަޕްލައި ޗެއިންއަށް އަންނަ ހީނަރުމާއި އަދި ރަމަޟާން މަހުގެ ޑިމާންޑު އިތުރުވުމާއި ގުޅިގެން ކުރިއަށް އޮތް މަސްތަކުގައި ކާބޯތަކެތި ބޭނުންކުރާ ވަރަށް ނުލިބިދާނެ ކަމާއި، އަދި ތަކެތީގެ އަގު އުފުލޭނެ ކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ހެޕީ މާކެޓުން މިހެން ބުނެފައި ވަނީ ކޮވިޑް-19 ފެތުރެމުންދާތީ ސަޕްލައި ޗެއިންއަށް އަންނަ ހީނަކުކަމާއި އަދި ރަމަޟާން މަހުގެ ޑިމާންޑު އިތުރުވުމާއި ގުޅިގެން ކުރިއަށް އޮތް މަސްތަކުގައި ކާބޯތަކެތި ބޭނުންކުރާ ވަރަށް ނުލިބިދާނެ ކަމާއި، އަދި ތަކެތީގެ އަގު އުފުލޭނެ ކަމަށް ވާހަކަދެކެވެމުން އަންނަ ދަނޑިވަޅެއްގައެވެ.

އެ ކުންފުނިން ބުނީ، އެ ކުންފުނިން އެތެރެކޮށް ވިއްކާ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖެ އެތެރެ ކުރަން ރޭވިފައިވާ ޓައިމްލައިނާއި އެއްގޮތަށް ލިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"އެ ހުރިހާ ބާވަތެއްގެ އަގު ރަމަޟާން މަސް ނިމެން ބޮޑު ނުކޮށް ހިފަހައްޓާނެ ވާހަކަ ދަންނަވަމެވެ". އެ ބަޔާނުގައި ވެއެވެ.

އެ ގޮތުން ހެޕީ މާކެޓުން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ފިނިކުރި ކުކުޅުގެ ބައިތަކާއި އަދި ކުކުޅު ބިހުގެ އަގު މާކެޓްގައު ބޮޑުވިޔަ ނުދީ ހިފަހެއްޓުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ކުންފުނިން ނިންމާފައިވާކަމަށް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ފިނިކުރި ކުކުޅު އެ ކުންފުނިން ވިއްކާ އަގު ހުރި މިވަގުތު މިވަގުތު ކުރެވޭނެ އެންމެ ދަށްކޮށް ކުރެވިފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

"ﷲ ގެ އިރާދަފުޅާއެކު މިއަގުތައް ރަމަޟާން މަސް ނިމެންދެންވެސް މިގޮތިގައި، ހިފެހެއްޓުމަށް މި ކުންފުނީގެ މެނޭޖްމެންޓުން ވަނީ ނިންމާފައެވެ".

އެ ކުންފުނިން ވަނީ، މިވަގުތު ގައުމަށް ދިމާވެފައިވާ މި ހާލަތުގައި ކެތްތެރިކަން އިސްކޮށް ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ވަނީ ނަސޭހަތް ތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ތިބާގެ މުދަލުގައިﷲ ބަރަކާތް ލައްވާ މުދާ އިތުރު ކުރަށްވާށި. އާމީން.
    މިޤައުމުޤައި ރަނގަޅު މީހުން ހުސްނުވާ ކަމުގެ ފުރިހަމަ މިޘާލެއް. ޝުކުރިއްޔާ ރައްޔިތުންނަށް ޓަކައި ތިގޮތުގައި ތިއްބެވީތީ.

    18
  2. އާނމު

    ހެޕީ މާކެޓް ވަރެއްނެތް! މާޝާ ﷲ

  3. އެމަންޖެ

    ތިޔައެއްބަލާށޭ މިތައިބޫ.