ކޮވިޑް- 19 އިން ރައްކާތެރިވުމަށްޓަކައި ބޭނުންކުރާ، ފޭސް މާސްކް ރެޑްވޭވްގެ ހަތް ސުޕަމާކެޓުން ހިލޭ ބަހަން ނިންމައިފި އެވެ.

ރެޑްވޭވް އިން ބުނީ އެ ކުންފުނީގައި މިހާރު ހުރި 20000 މާސްކް ހިިލޭ ކަސްޓަމަރުން ނަށް ބަހަން ނިންމާފައިވާ ކަމަށެވެ. މާސްކް ބަހާ އިރު ދޭނީ ކޮންމެ މީހަކަށް އެއް މާސްކް ކަމަށް އެ ކުންފުނިން ބުނެއެވެ.

ރެޑްވޭވުން ހިލޭ މާސްކް ބަހާނީ ހުޅުމާލޭގައި ހުންނަ މެގަމޯލް އާއި ރެޑްވޭވް ސިޓީ ސްކެއާ، ރެޑްވޭވް، ރެޑްވޭވް ޕްލާޒާ، ރެޑްވޭވް މާޓު އަދި ރެޑްވޭވް ޒޯން އިންނެވެ.

ރެޑްވޭވް އިން ބުނީ ކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް ބޭނުން ވާނެ ހުރިހާ ބާވަތް ތަކެއް އަގު ހެޔޮކޮށް ދިނުމަށް ކަމަށެވެ. އެ ކުންފުނިންއެއް ވެސް އެއްޗެއް އަގު ބޮޑުކޮށް ނުވިއްކާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވެ އެވެ.

ކޮވިޑް-19 ރާއްޖެ އިން ފެނުމާއި ގުޅިގެން ބައެއް ވިޔަފާރިވެރިން ތަކެތީގެ އަގު ބޮޑުކޮށްގެން ވިއްކަފާނެ ކަމުގެ ކަންބޮޑުވުން އާއްމުންގެ ތެރޭގައި ވަނީ އިތުރުވެފައެވެ. ނަމަވެސް ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެސްޓީއޯ، ރެޑްވޭވް، ހެޕީމާކެޓް އިން ވަނީ އެއްވެސް މުދަލެއްގެ އަގު ބޮޑުނުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުނު ނަމަވެސް އެއްވެސް މީހަކު ކަންބޮޑުވެ ހާސްނުވުމަށާއި މިހާރެކޭ އެއްގޮތައް އާއްމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އުފާ

    ސާބަހޭ ސަލީމް

    18
    3
  2. އެމަންޖެ

    ސަރުކާރު ބުނާނެ ތިޔަހެން، ސަރުކާރާހެދި މިގައުމަށް ވައިރަސް އައީވެސް.

    10
    11
  3. ޙެހސ

    ސަރުކަރަށް ކިއްވެގެން ތަ ތިޔަ މަސްކު ހިލެނުދެވެނި މިވަރަށް ކޮށްލަން ބެނުން ސުވަލެއް

    21
    3
    • ފާތުން

      އެއީ މާސްކު އެޅިޔަސް ވައިރަހުން ރައްކާތެރި ނުވެވޭތީ! ޔާމީނު ބުނީމަ އެކަނި ތަ ޤަބޫލު ކުރެވެނީ ؟؟؟

  4. ތަޚާނުގެ ޢަލިދީދީ.

    ސަލީމްބެއަކީ މޭންއެއް.

    2
    2
  5. ޟނބބ

    މީހުން ތަންތަނަށް ޖަމައު ކުރަން ތި ކަން ކުރުމުގެ ބަފަލުގައި ސަރު ކާރުން ތި ކަން އިސްވެ ކުރާބަޔަކާއި ހަވާލު ކުރުމަށް ދަންނަވަން