ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއަށްވެސް ފެނިފައިވާތީ އެ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ރާއްކާތެރި ފިޔަަވަޅެއްގެ ގޮތުން އެމްޑަބްސިލްއެސްސީ އެޕް މެދުވެރިކޮށް ފެން ބިލް ދައްކަން، އެ ކުންފުނިން އެދިއްޖެއެވެ.

އެމްޑަބްސިލްއެސްސީން ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަސްޓަމަރ ސާވިސް ކައުންޓަރަށް ދިއުމުގެ ބަދަލުގައި، ކުންފުނީގެ މޯބައިލް އެޕް އަދި އޮންލައިން ހިދުމަތްތައް ބޭނުން ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެމްޑަބްސިލްއެސްސީ އެޕް މެދުވެރިކޮށް، ކޮންމެ މަހެއްގެ ފެންބިލަށް އަރާ އަދަދު ބަލާލެވި، ކިޔޫގައި މަޑުނުކޮށް ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ހުރެގެންވެސް ބިލަށް ފައިސާ ދެއްކޭނެއެވެ.

އަދި އޮންލައިން ޒަރިއްޔާއިން، އެ ކުންފުނީގެ ފެނާއި ނަރުދަމާ ހިދުމަތަކަށް އެދި ފޯމް ހުށަހެޅުމާއި، ގޭގައި ތިބެގެން ހިދުމަތުގެ ސްޓޭޓަސް ބެލޭނެއެވެ.

އެ ކުންފުނިން ވަނީ ހިދުމަތަކާއި ގުޅޭގޮތުން މައުލޫމާތެއް ސާފް ކުރާން ބޭނުންވާނަަަމަ ނޫނީ މައްސަލައެއް ހުށަހަޅަން ބޭނުންވާނަ 105 އަށް ގުޅުމަށް އެދިފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށްވެސް މިހާރު ވަނީ ފޯރާފައެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 6 އަކަށް އަރާފައެވެ.