ނިމިދިޔަ ފެބުރުއަރީ މަހު 1.43 ބިލިއަން ރުފިޔާ ބަލައިގެންވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިތީ (މީރާ) އިން ބުނެފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމަދަނީއަށް ވުރެ %12.3 އިތުރު އަދަދެއްކަމަށް މީރާ އިން ބުނެއެވެ. އަދި މިއީ މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %2.2 އިތުރު އަދަދެެއްކަމަށް މީރާ އިން ބުނެއެވެ.

މިރާއިން މަޢުލޫމާތު ދޭ ގޮތުގައި މި އަހަރުގެ ފެބުރުއަރީގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އަދި ކުރީ އަހަރުގެ ފެބުރުއަރީގައި ލިބުނު އާމްދަނީ އާ އަޅާ ބަލާއިރު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބީ.ޕީ.ޓީގެ ދެވަނަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ބަންދު ދުވަހަކާ ދިމާވުމުން ފެބުރުއަރީ މަހަށް ސުންގަޑި ދިމާވުމުގެ ސަބަބުން މި މަހުގައި ލިބިފައިވާ ފައިސާ އިތުރުވުން ހި،މެނޭ ކަމަށެވެ.

އަދި ފެބުރުއަރީ 2019 އާ އަޅާ ބަލާއިރު ފެބުރުއަރީ 2020 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މީހުން ފުރާފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ އަދި އެއަރޕޯޓް ސަރވިސްޗާޖުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވިކަމަށް މީރާ އިން ބުނެއެވެ.

އަދި މި އަހަރު ފެބްރުއަރީ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ 'ވަންސް އޮފް ޕޭމަންޓެއް' އެއް ކަމުަގއިވުމުން ކަަމަށްވެސް މީރާ އިމް ބުންޏެވެ.

މި އަހަރު ފެބްރުއަރީ މަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރީ ޖީއެސްޓީ އެެވެ. އެއީ %43.7 ނުވަތަ 623.73 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީ އިންނެވެ. އެއީ %2.9 ނުވަތަ 412.54 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ފްރީން ޓެކުހުގެ ގޮތުގައި 77.02 މިލިއަން ރުފިޔާ (%5.4)، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.8 މިލިއަން ރުފިޔާ (%5.4)، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 72.53 މިލިއަން ރުފިޔާ (%5.1) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 168.86 މިލިއަން ރުފިޔާ (%11.6) ހިމެނެއެވެ.

މި އަހަރު ފެބްރުއަރީ ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 57.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.