ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 އަށް ރާއްޖެއިންވެސް ފެނިފައިވާ މި ދަނޑިވަޅުގައި، ގައުމީ އެއާލައިން މޯލްޑިވިއަން އިން ދަތުރުކުރާ ފަރާތްތަކުން އޮންލައިކޮށް ޓިކެޓް ނެގުމަށް ގައުމީ އެ އެއާލައިނުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވިއަން އިން މިގޮތަށް ނިންމާފައިވަނީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް އެއާލައިނުން ބުނެއެވެ. މޯލްޑިވިއަންއިން ވަނީ އެ އެއާލައިންގެ ކަސްޓަމަރުން ޓިކެޓް ގަތުމަށް އެ އެއާލައިންގެ އޮފީހަށް ދިއުމުގެ ބަދަލުގައި މިހާރު އަލަށް ތައާރަފްކޮށްފައިވާ އެޕްލިކޭޝަނާއި ވެބްސައިޓުގެ އިތުރުން ވައިބާ ބޭނުން ކޮށްގެން ޓިކެޓް ނެގުމަށް އިލްތިމާސްކޮށްފައެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންވެސް ޓިކެޓް ބައްލައިގަތުމަށް ޓިކެޓް އޮފީހަށް ވަޑައިގަތުމުގެ ބަދަލުގައި ވެބްސައިޓާއި ވައިބަރ ފްލެޓް ފޯމާއި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ބައްލަވައިގަތުމަށް އިލްތިމާސްކުރަން" މޯލްޑިވިއަން އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް 6 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 4 މީހުން ފެނިފައިވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓުންނެވެ. އަނެއް 2 މީހުން ފެނިފައިވަނީ ސޭންޑީސް ބަތަލާ ރިސޯޓުންނެވެ. މީގެއިތުރުން މިއަދު ވަނީ އިތުރު ދެ ރަށަކަށް މީހުން އަރާ ފޭބުން މަނާ ކޮށްފައެވެ. އެއީ ވިލިމަންދޫ އައިލެންޑު ރިސޯޓު އެންޑް ސްޕާ އަދި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓެވެ. މި ރަށްތަކުން ވަނީ ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތަކެއް ހުރި ދެ މީހުން ފެނިފައެވެ. އެހެންކަމުން އެމީހުން އެކަހެރިކޮށްގެން ޓެސްޓު ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ވިސްނާލުމަށް އެދެމޭ

  އޮންލައިނު ކޮށް ދާންބޭނުންވާ ގައުމަ ކަށް ފޮނުވޭނެތަ..ޓި ކެޓް އޮންލައިނު ކޮށް ނަގާއިގެން ފުރަންދަނީ އެއާރޕޯޓަށް..ފުރަން އަރާއިންނަނީ މަތިންދާބޯޓުގަ....

  2
  1
  • ާަސެންގުއިން

   އޮންލައިންކޮށް ނުދެވޭނެ ގާއިމު????