ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގުހެޔޮކޮށްފިއެވެ.

ހުކުރު ދުވަހުން ފެށިގެން އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކުރުމަށް ނިންމާފައިވާއިރު ޕެޓްރޯލް ލީޓަރަކުން 0.53 ރުފިޔާ ވަނީ އަގުހެޔޮކޮށްފައެވެ. އެއާއެކު މިހާރު ޕެޓްރޯލް ލީޓަރެއްގެ އަގަކީ 9.60 ރުފިޔާއެވެ.

އެސްޓީއޯއިން ޑީސެލް ލީޓަރަކުން 0.50 ރުފިޔާ ހެޔޮކޮށްފައިވާއިރު، ހުކުރު ދުވަހުން ފެށިގެން ޑީސެލް ލީޓަރެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 10.39 ރުފިޔާ އަށެވެ.

މީގެ ކުރިން އެސްޓީއޯ އިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 10.13 ރުފިޔާއަށެވެ. އަދި ކުރިން ޑީސެލް ލީޓަރެއް ވިއްކަމުން އައި އަގަކީ 10.13 ލާރިއެވެ.

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގަށް ބަދަލު ގެނެސްފައި މިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ހެޔޮ ބަދަލާއި ގުޅިގެންނެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އެކުންފުނިން ވިދިވިދިގެން ހެޔޮކުރި ހަތަރު ވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެކްޓަރ

    ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 30% ވެއްޓިއްޖެ...
    މިއީ ސަރުކާރުގެ ދީލަތިކަމުންކުރި ކަމެއްނޫން... އާންމު ވިޔަފާރިތަކުން ނަގާ ޓެކްސް 3% ކުޑަކޮށްލަބަލަ އެއިރުން ރައްޔިތުންނަށް ހަމަ ނޭވާލެވިދާނެ....

    15
    2
  2. އަހު

    ކަރަންޓު އަދި ފެންބިލުން ތިކަންފެނުން ރައްޔިތުން ބޭނުންވަނީ. އެލެކްސް ދެކެނީ ކިހިނަކުންތޯ؟

    12
    1
  3. ރިޒާ

    ލިޔުމުން ޑީސަލް އަގު ހެވެއްނުވޭ.

    18