ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އިންގިލާބެއް އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުގެ މައްޗަށް ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯ އިން ނެރެފައިވާ ތަފާސް ހިސާބު ފޮތުގައިވާ ގޮތުން ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ރާއްޖޭގެ ޓޫރިޒަމަށް އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ މުޅި ޓޫރިޒަމްގެ ޖުމްލަ އެނދުގެ އަދަދު ބޮޑުތަނުން އިތުރުވުމެވެ.

މީގެ އިތުރުން އަނެއް ބަދަލަކީ "އޮކިއުޕެންސީ ރޭޓް" ހަ އަހަރަށް ބަލާއިރު ދަށްވަމުން ދިއުމެވެ. 2012 ވަނަ އަހަރުން ފެށިގެން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2011 ވަނަ އަހަރު ރިސޯޓުތަކުގައި އޮކިއުޕެންސީ ހުރީ 87 ޕަސެންޓްގަ އެވެ. ނަމަވެސް މިދިޔަ އަހަރު އޮކިއުޕެންސީ ރޭޓް ހުރީ 73 ޕަސެންޓުގަ އެވެ.

ފާއިތުވި ހައަހަރު ދުވަހު ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ރިސޯތްތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ދެހާސް ބާރަ ވަނަ އަހަރު ރާއްޖޭގައި 105 ރިސޯޓެއް ރަޖިސްޓްރީ ކުރެވިފައިވާއިރު 2017 ވަނަ އަހަރު މި އަދަދު ވަނީ 135 އަކަށް އިތުރުކުރެވިފައެވެ.

ފާއިތުވި ހަ އަހަރު ރާއްޖޭގެ ރިސޯޓްތަކުގައިވާ އެނދުތަކުގެ އަދަދުވެސް މިވަނީ އިތުރުވެފައެވެ. އެގޮތުން 2012 ވަނަ އަހަރު ރިސޯޓުތަކުގައި ހުރީ 22,889 އެނދެވެ. ނަމަވެސް އެއަދަދު 2017 ވަނަ އަހަރު ވަނީ 29,977 އަށް އިތުރުކުރެވިފައެވެ، މި އަދަދަކީ 2012 ވަނަ އަހަރާ އަޅާ ބަލާއިރު 30 ޕަސެންޓް އިތުރު ވުމެކެވެ

ރިސޯތްތަކުގެ އޮކިއުޕެންސީ ރޭޓް ދަށަށް ދިޔަ ނަމަވެސް ފައިތުވި އަހަރުތަކުގައި ރާއްޖޭގައި ހުޅުވު ގެސްޓްހައުސް ތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. މިގޮތުން 2012 ވަނަ އަހަރު ގެސްޓްހައުސްގެ ގޮޮތުގައި 75 ތަނެއް ރަޖިސްޓްރީކޮށްފައި ވާއިރު މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ހުރީ 458 ގެސްޓްހައުސް އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ޖުމްލަ 41,255 އެނދު އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ލާދީނިއަނޭ ދަ ކާޅު ހެދުން ލައޭ ދަ ފެގް ކައޭ ދަ ތެޔޮބިޑޮބޮއޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  2. ވެންއިޓް

    ފާއިތުވި 6 އަހަރު ދުވަސް ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އަށް ބޮޑު ކުރިއެރުމެއް އައި ނަމަވެސް އަންނަން ޖެހޭ މިންވަރާއި ގާތަށް ވެސް ކުރިއެރުން ނުލިބެއޭ ރާއްޖެ އަށް ދުވާލަކު އަންނަން ޖެހޭނެއޭ އެއް މިލިއަން ޓޫރިސްޓުން. މި އަދަދަށް ގެސްޓުން ގެނެވޭނީ ރާއްޖޭގެ ރިސޯރޓްސް ތަކުގައި އަގުހެޔޮ ވެގެން ނޭ ދުވާލަކު ބެޑް އެން ބްރެކްފާސްޓް ދޭން ޖެހޭނީ ދުވާލަކަށް 50 ޑޮލަރަށް ވުރެން ބޮޑު ނުވާނެ އުސޫލުން ނޭ މިކަން މިގޮތަށް ކުރެވޭނީ ދަ ރާެއްޖެތެރޭގައި ރިސޯރޓްސް ތައް ގިނައިން ހެދުމުގެ ބަދަލުގައި މާލެ ސަރަހައްދުން 10 ހާސް ފަޅު ކުއްޔަށް ދީގެން ފަޅު ތައް ހިއްކުމުންނެވެ. މިކަން ކުރެވޭތޯ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވިސްނަންވީއޭ މާލެ ސަރަހައްދުގައި ރިސޯރޓްސް ހަދަން ދީފައިވާ ފަޅު ތައް އަދިވެސް މާ ބޮޑަށް މަދޭ އަދި އިތުރު ކުރާށޭ. ވެން އިޓް ކަމްސް ޓު މާލެ އޭރިއާ މޭކް އިޓް ވެލް އިނަފް ދެއަރ އިޒް ނޯ ލިމިޓް އިން އެކްސްޕޭންޑިންގް މާލެ އޭރިއާ. ވޮންޓް ޔޫ ސީ އިޓް ވޮންޓް ވންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ވޮންްޓް ޔޫ ޑާންސް ޑާްންސް ޑާންސް ޑާންސް ޑާްންސް..

  3. އަލީ

    ކޮބާ ފެނޭތަ ރެޑްބެލޫން ކުދިންނަށް؟؟