ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރު ކުރާ ފޭސްބުކް ޕޭޖް، "ލިބޭ" އިން އަގުހުރި އިނާމުތައް ލިބޭ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަދުން ފަށައިގެން ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ލިބޭ އިން ވިއްކާ ލޭންސްލޭ ސްލިމިންގް ކޮފީ ޕެކެއް ގަނެގެން އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން ދެވަނައަށްދާ ފަރާތަކަށް އުމްރާ ދަތުރެއް އަދި ތިންވަނައަށްދާ ފަރާތަކަށް އައިފޯން 11 ޕްރޯ މެކްސް އެއް ހޯދުނުގެ ފުރުސަތު ލިބެއެވެ.

ލިބޭ އިން ބުނެފައިވާ ގޮތުގައި ބައްލަވައިގަންނަ ކޮންމެ ލޭންސްލޭ ކޮފީ ފޮއްޓަކާއެކު ކަސްޓަމަރުންނަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި އެންމެ ކޮފީ ފޮއްޓެއްވެސް ބައްލަވައިގެން މި ޕްރޮމޯޝަންގައި ބައިވެރިވުނުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ލިބޭ އިން ބުނެއެވެ.

ލިބޭއިން ކޮފީ ގަނެގެން ލިބޭ ކޫޕަންގެ ފަހަތުގައިވާ ބައިގައި ފުރިހަމަ ނަމާއި އައިޑީކާޑް ނަމްބަރު އަދި ގުޅޭނެ ނަންބަރު ޖަހައި ފުރިހަމަ ކުރުމަށްފަހު، އެ ކޮފީ ފޮއްޓެއް ގަންނަ ފިހާރައަށް ނޫނީ މާލެ އިން ނަމަ "ލިބޭ" އާ ކޫޕަން ހަވާލު ކުރެވޭނެއެވެ.

ލޭންސްލޭ ކޮފީ މިހާރު ރީޓެއިލްކޮށް ގަންނަ ފަރާތްތަކަށް 150 ރުފިޔާ އަށް ލިބޭނެއެވެ. މި އަގުގައި ލޭންސްލޭ ކޮފީ ވިއްކާނީ "ލިބޭ" ގެ ފޭސްބުކް ޕޭޖް ނުވަތަ އެފަރާތުގެ ނަމްބަރު (9946822 ނުވަތަ 7999681) އަށް ގުޅައިގެން އޯޑަރުކުރާ ފަރާތްތަކަށެވެ. ލިބޭގެ ޕޭޖްގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ ފިހާރަތަކުން ވެސް މި ކޮފީ ލިބެން ހުންނާނެއެވެ. ރަށްރަށުން މި ކޮފީ ގަންނަ ފަރާތްތަކަށްވެސް ލިބޭ ސުޕަރ ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

"ލިބޭ" އިން ރާއްޖޭގެ އެކި ރަށްތަކުގައި މި ކޮފީ ވިއްކަން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި ލޭންސްލޭ ކޮފީ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައެވެ. މި ކޮފީއަކީ ބަނޑު ހިންދުމުގެ އިތުރުން ބައްޓަން ރީތިކޮށް ޒުވާންކަން ދެމެހެއްޓުމަށް އެހީވެދޭ ކޮފީއެކެވެ.

"ލޭންސްލޭ - ސްލިމިންގް ކޮފީ" އަކީ ބަނޑު ހިންދާލައި ޒުވާންކަން ދެމެހެއްޓުމުގެ އިތުރުންވެސް އިތުރު އެތައް ބޭނުމެއް ހިފޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި ކޮފީއެކެވެ. އެގޮތުން މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައިވެސް މި ކޮފީގައި ހިމެނޭ ބައިތައް މުޙިންމު ރޯލެއް އަދާކުރެއެވެ.

"ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ތިކަހަލަ އެތައް ޕޮރަމޯޝަނެއް ކުރިއަށްގެންދޭ. މު ޅިންމަކަރު. ޔިއެއްލައްކަ ލިބޭނީ ވިޔަފާރިވެރިޔާ އާއި ގާތް ކޮންމެވެސް މީހަކަށް. އެކަމަކު އެއީ ބޮޑުސިއްރެއް ... ޝޝޝ. ...

    46
    1
  2. ޝާމް

    މިދެންބޮޑުވަ ރު

    10
    1
  3. މަސްޢޫދު

    ހަމަޔާއި އިންސާފުން ވެރިކަމެއް ކުރަން އައި ބައެއްނަމަ އަދީބުއާ ޒިޔަތަކީވެސް ތިބުނާ ގޮތުންނަމަ މިރާއްޖޭގ ރައްޔިތުން ފައިސާ އަށް ޚިޔާނާތް ތެރިވިކަމަށް ސީދާ އަމިއްލަ ދުލުން އިޢުތިރާފު ވެފަ ތިބިމީހުން. އެކަމަކު އެމްޑީޕީ މީހުން ވެރިަކަމށް އައީމަ އެމީ ހެދީ ހުދުކާފޫރަށް. އެމީހުން އެއްމެ ޖެހިލުންވީމީހާ އެމީހުންނަށް ބާރުގެ ބޭނުކޮށްގެން ޖަލަށް ލެވުނީ. ކިހާ އިންސާފުވެރި. ދެއްކި ވާހަކަ ދިޔައި ޖައްވަށް ފަޒާޔަށް ވަޔަށް ބުރައިގެން.