ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާރިޗު އަދި އެޕްރީލް މަހުގައި %30 ހިލޭ އިތުރު ޑާލާ އެލަވަންސް ދިނުމަށް ނިންމައިފިއެވެ.

ދިރާގުން ބުނީ، މިއީ ކޮވިޑް19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެއް ކަމަށެވެ.

މީގެ އިތުރުންވެސް ދިރާގުން ވަނީ އެ ކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށާއި ވިޔަފާރި ކަސްޓަމަރުންނަށްވެސް އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

އަދި ކުރިއަށް އޮތްތަނުގައި އޭގެ ތަފްސީލުތައް ހާމަކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކާއި ކޮލެޖު، ޔުނިވާސިޓީތައް ބަންދުކޮށްފައިވާއިރު، ސްކޫލްތަކުގައި ކުދިންނަށް ކިޔަވާދިނުމާއި ގުޅޭގޮތުން ދިރާގާއިއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަޝްވަރާތަކެއް ކޮށްފައެވެ.

ރާއްްޖެއިން ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ މިހާތަނަށް ފެނިފައެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސައީދު

    ތިހެންވިއްޔާ ދެން ފޯނުވެސް ނުކުރެވޭނެ. މިބުނީ ނެޓްވޯކު ނުލިބޭނެ..

    10
    2
  2. ލަންކާޅި

    ??????

    1
    1
  3. މަ

    ޕްރިޕެއިޑްކަސްޓަމަންނައް އޮތީކން މޮޅެއް

  4. ޙޗ

    އެލްޓީއީ ރައުޓަރ ބޭނުން ކުރާ މީހުންނޯ