ކޮވިޑް-19 އާ ގުޅިގެން ހޮރައިޒަން ފިޝެރީޒް މޯލްޑިވްސް އިން ވިއްކަމުން އަންނަ 'މާންދޫ މަސް" ބްރޭންޑްގެ ތެޔޮ މަސްދަޅުގެ އަގު އެ ކުންފުނިން ހެޔޮ ކޮށްފިއެވެ.
ހޮރައިޒަން ފިޝެރީޒް އިން ބުނީ، އެކުންފުނިން ވިއްކާ ތެޔޮ މަސްދަޅު އަގު ހެޔޮ ކޮށްފައިވަނީ ސަރުކާރު އޮފީސްތައް ބަންދު ކުރުމުން ބައެއް ފަރާތްތަކުން ގޭގައި ސްޓޮކް ބަހައްޓަން ކުރާ މަސައްކަތުގައި ޑިމާންޑް ހައި ވުމުގެ ސަބަބުން ކަމަށާއި ކޮވިޑް-19 ފެތުރެމުން އަންނާތީ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން މިހާރު އެ ކުންފުނިން ތެޔޮ މަސްދަޅު ކޭހެއް ވިއްކަން ފަށާފައިވަނީ 635 ރުފިޔާއަށެވެ. މީގެ ކުރިން ވިއްކަމުން އައިސްފައިވަނީ ކޭހެއް 650 ރުފިޔާގެ މަގުންނެވެ.
އެ ކުންފުނިން ބުނެފައިވަނީ ރައްޔިތުންނަށް ބޭނުންވާ ވަރަށް ސްޓޮކް އެބަ ހުރި ކަމަށާއި އެއްވެސް ދަތިކަމެއް ނެތި ރަމަޟާން މަހު ވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި ސްޓޮކް ހުސް ވިޔަސް މަސް ދަޅު ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް އުފެއްދުމުގެ ގާބިލްކަން އެކުންފުނީގެ އެބަހުރި ކަމަށް ހޮރައިޒަނުން ވަނީ ބުނެފައެވެ.
މާންދޫ މަސްދަޅު ކޭސް އަގު ހެޔޮކޮށް އަގު ހެޔޮކޮށް ލިބެން ހުންނާނީ ޗާންދަނީ މަގު މިއުޒިއަމް ކުރިމަތީގައި ހުންނަ ހޮރައިޒަންގެ ސީފުޑް ޕްލަސް ފިހާރައިންނެވެ.
ނަމެއްގައި ކުރިކަމެއް. މަސްދަޅަކުން އެންމެ 31 ލާރި.