ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް-19 އާއިގުޅިގެން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރަން ނިންމާފައިވާކަން އެ ބޭންކުން ބުނެފިއެވެ.
އެ ބޭންކުން މިއަދު ބުނީ، އެ ލޯންތައް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކުރިއިރު، މި 6 މަސްދުވަހުގެ އިންޓްރެސްޓް ރޭޓް ވަނީ %4 އަށް ކުޑަކުރެވިފައި ކަމަށެވެ.
އެސްޑީއެފްސީއަކީ މި ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް އިތުރަށް ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން ލޯނު ދޫކުރުމަށް ގާއިމްކޮށްފައިވާ ބޭންކެކެވެ. މި ބޭންކުން ވަނީ ފުރަތަމަ އަހަރުގެ ތެރޭގައި 450 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.
އެސްޑީއެފްސީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު، މިއީ އެތައް ބަޔަކަަށް ބޮޑު ލުޔަކަށް ވެގެން ދާނެއެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފައެވެ.
ކޮޞާ ބޭންކް އޮފް މޯލްޑިވްސް. އަހަރެމެން މި އިންތިޒާރުކުރަނީ ބޭންކް އޮފް މޯލްޑިވްސް އިންވެސް މިގޮތަށް ނިންމަދޭނެ ވަގުތަކަށް.
ފުލެޓުގެ ކުލީގެ ލޯނު މަޑު ޖަސާނުލާނެ
ތޯ ! ކުލިތައް ދެއް ކޭނެ ބާ !؟
މިފޮނު ޥާކޮމެންޓުތައް ފޮނުވަދެއް ވުން އެދެމެވެ ! ފުލެޓު ތަކުގެ ކުލީ ގެ ލޯނު ތައްވެސް ދުވަސް ކޮޅަކައް މަޑު ޖައްސާލަ ދެެއް ވުން ރަނގަ ޅުވާނެ@
ކުލިތައް ދެއް ކުން ކި ހާ އުނދަވާނެ ތޯ!؟
ވަރަށް ރަނގަޅު ނިންމުމެއްކަމަށް ދެކެން. މިގޮތަށް ބޭންކް އޮފް މޯލްޑިވްސް އިންވެސް ލުޔެއްދެއްވާނެނަމަ ކިތަންމެހާވެސް ރަނގަޅު.
ކޮބާ އާންމު ނިކަމެތި ރައްޔިތުން ނަގާފައިވާ ލުއި ލޯނުތައް
ކޮބާ ބމލ އެމީހުން ކޮންކަމެއް ކުރަނީ ރައްޔިތުން ފެލުން ނޫން
ކޮބާ ދިވެހީންގެ ބޭންކު އަދިވެސް އައްޔިތުން ބޮލުގަ ބޮޑު އިންޓަރެސްޓުގެ ލޯނުތަކުން ލުޔެއް ނުދީ ލޯނުތައް ބަރާބަރަށް ދައްކަން މަޖުބޫރުކޮށްގެން ތިބެނީދޯ؟ ނަމުގަ ރައްޔިތުންގެ ބޭންކު، ދިވެހިންގެ ބޭންކު. ކަމުގަ ރައްޔިތުން ފެލުން.
އާދޭސްކޮއްފާ ދަންނަވަން. އަވަސްއިން މިކަމަށް ރިޕޯޓެއްނަމަވެސް ލިޔެލަދޭން. ބީއެމްއެލް އިން އާންމު ރައްޔިތުން ނަގާފަ ހުރި ލޯނުތަކަށް ލުޔެއްދެއްވާތޯ. ލަންކާއިން އެޔޮތީ 6މަސް ދުވަހަށް ހުރިހާ ލޯނެއް ދެއްކުން ލަސްކޮލާފަ. ކިހާފަސޭހައެއް އެވީ މިކަހަލަ ދަނޑިވަޅެއްގަ އާއްމު މީހާއަށް.
ކީއްވެގެންތޯ ބީއެމްއެލް އިން އެވަރު ކޮއްދޭން ނުކެރެނީ. ކިތަށް މީހުންތޯ ތިބޭނީ ގޭގެ އެޑްވާންސް ދައްކަންށާ އަމިއްލަ ކަންކަމަ ލޯންނަގާފަ. މިކަހަލަ ކާރިސާއެއް ދިމާވީމަ އެވަރުކޮއްލުން ކީއްތޯވާނީ. އަދި ދިރާގުން އިތުރު ޑިސްކައުންޓާ އެކީ ޕެކޭޖް/ފުރާ ޑާޓާ ހެދުމަށްވުރެން އަޅުގަނޑު ދެކޭ ގޮތުގާ ބިލް ދެއްކުން ލަސްކޮލަދީފިނަމަ އެލާރި ކޮޅުވެސް ގާމު ރައްޔިތު މީހާއަށް މިވަގުތު އޭގެ ބޭނުން ހިފޭނެ.
އުއްމީދު ކުރަން ތިބޭފުޅުން މިކަންވެސް ސަރުކާރުގެ ސަމާލު ކަމަށްގެނަސްދެއްވާނެ ކަމަށް.
ޙެޔޮނުވާނެ މާލޭގަ ކުއްޔައް ދީފަ ހުރި ގޭތަކުގެ ކުލި ތަންކޮޅެއް ކުޑަ ވާނެ ގޮތެއް ހަދާދީބަލަ މަޖިލީހުން ޤާނޫނެއް ފާސްކޮށްގެންވިޔަސް.. ނޫނީ ހިޔާ ފްލެޓް ތަކަށް އަވަހަށް މީހުންނަށް ވަދެވޭގޮތް ހައްދަވާ ދެއްވަބަލަ. އޭރުންވާ ކޮންމެވެސް ވަރެއް ވެދާނެ ކަންނޭނގެ. ގިނަ ރިސޯޓްތަކުން މީހުންތައް ނޯޕޭ އަށް ފޮނުވާލާއިރު އެމީހުންގެ އަނބިދަރިންގެ ތެރެއިން ގިނަ ބަޔަކު އެއުޅެނީ މާލޭގަ ތަންތަން ކުއްޔަށް ހިފައިގެން ވަރަށް ހާލުގަ.. ކިހާ ނިކަމެތިކަމެއް އެމީހުނަށް ލިބިގެން އެދަނީ.. ވިޔަފާރިތައް ވިއްޔާ ލައްކަ ދުވަހު ފައިދާ ވާތީތާ މިހާ ހިސާބައްވެސް ހިންގަމުން އެދިޔައީ.. ދެރަމީހުންނައް އަބަދުވެސް ދެރަ ނިކަމެތިކަން..
ބީއެމްއެލްގެ ހުރިހާ ލޯނުތަކެއްވެސް ލުއި ގޮތެއް ހައްދަވައިދެއްވާނެ ކަމަށް އުއްމީދު ކުރަން.އެކަމަކު އެއީ ވުމަށްވުރެން ނުވުން ގާތްކަމެއް.އެހެންނަމަ އެވަރުގެ އިންޓަރރެސްޓެއް ލޯނުތަކުން ނުނަގާނެ.ކިރިޔާވެސް ގޮތެއް އޮތްމީހަކު އެތަނަކުން ލޯނެއްނުނަގާނެ.މިހާރުވެސް މިއުޅެނީ އެތަނުންނެގި ލޯނަކުން ސަލާމަތްނުވެވިގެން.ކޮންމެ މަހަކު -/1900ރުފިޔާއެކައުންޓުން އުނިވޭ.އެކަމަކު ލޯނު ދާދި އެއްވަރެއްގަ އިންނަތާ 8 މަހަށްވުރެ ގިނަދުވަސް ވެއްޖެ.