ކޮވިޑް19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ދިރާގު މަމެން ކަސްޓަމަރުންނަށް ލުޔެއް ދިނުމަަށް އެ ކުންފުނިން ނިންމައިފިއެވެ.

ދިރާގުން ބުނީ، މި ދުވަސްވަރު ޑޭޓާ ބޭނުންކުރުން އިތުރުވާނެތީވެ، މާރިޗު މަހުގައި ނަގާ މަމެން ޑޭޓާ އެޑް-އޮން ތަކުން %50 ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުން ވަނީ އެ ކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށާއި، ރެސިޑެންޝަލް އަދި ވިޔަފާރި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދީފައިއެވެ.

މީގެ ތެރޭގައި ގޭގެ އިންޓަނެޓް ޕެކޭޖްތަކަށް %30 އިތުރު ޑޭޓާ ދީފައިވާއިރު، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އާއި ޕްރީޕެއިޑް ކަސްޓަމަރުންގެ މަންތްލީ ޑޭޓާ ބަންޑަލްތަކުން %30 ޑިސްކައުންޓް ވަނީ ދީފައެވެ. މީގެ އިތުރުން ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަންތްލީ ރެންޓަލްއިން %25 ޑިސްކައުންޓް ވަނީ ދީފައެވެ.

ދިރާގުން އަބަދުވެސް ބަލަނީ ޤައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށެވެ. މީގެ އިތުރުންވެސް ދިރާގުން ވަނީ އިތުރު ކަސްޓަމަރ ސެގްމެންޓްތަކަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާ

    މުއައްޒަފުން ގޭގައި ބައިތިއްބައުގެން މަސައްކަތް ކުރަން ބޭނުންވާ އިރު ހަމައެކަނި ޑޭޓާ އިތުރު ކުރުމަކުން ނުފުދޭ. ވަގުތީގޮތުން އަގުހެޔޮ ޕެކެޖް ތައް ސްޕީޑް މަތި ކޮށްލަ ދިނުމަކީ ވަރަށް ބޮޑު އެހީއެއް.

  2. ތުއްތުކަލޯ

    ތީގެ ދެގުނަ ބަދަލު އަދި އަތުލާނެ..