ރާއްޖޭގެ އެންމެ ގިނަ ޑްރައިވަރުން ބޭނުން ކުރަމުންދާ ޓެކްސީ ބުކިން މޯބައިލް އެޕްލިކޭޝަން ކަމުގައިވާ "އަވަސް ރައިޑް" އިން އެ އެޕްލިކޭޝަންގެ ޑްރައިވަރުންގެފީ ކުޑަކޮށްފިއެވެ.

އަވަސް ރައިޑް އިން މައުލޫމާތު ދެއްވި ގޮތުގައި މަހުފީ ކުޑަކޮށްފައިވަނީ 50 އިންސައްތައަށެވެ. އަދި މާލޭ ސަރަހައްދު ނޫން އެހެން ސިޓީތަކުގައި ޑްރައިވަރުންގެ ފީ ވަނީ ހިލޭ ކޮށްފައެވެ. އަދި މިގޮތަށް ނިންމާފައިވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން އިޤްތިސާދަށް އައިސްފައިވާ ލޮޅުމުގެ ސަބަބުން ޑްރައިވަރުންގެ ދިރިއުޅުމަށް އަންނާނެ ދަތިކަމަށް ބަލާފައެވެ.

އަވަސް ރައިޑުގެ ސީއީއޯ ޔާނިއު ރަމީޒް ވިދާޅުވީ މި ދަނޑިވަޅުގައި މިގޮތަށް ނިންމީ ޑްރައިވަރުންނަށް އެހީވުމުގެ ގޮތުން ކަމަށެވެ.

https://www.facebook.com/avasride/photos/a.308319559781613/567065030573730/?type=3&theater&_rdc=1&_rdr

"އަދިވެސް އިތުރު ކަންކަން މި ދަނޑިވަޅުގައި ރާވަމުން އަދި ކުރަމުން މިދަނީ. އޭގެ ތެރޭގައި ވެހިކަލް ޑިސްއިިންފެކްޓް ކުރުމާއި ޑްރައިވަރުންނަށް ބޭނުންވާ މާސްކް އަދި ސެނިޓައިޒާ ސްޓްކް ކުރުން ހިމެނޭ" ޔާނިއު ވިދާޅުވިއެވެ.

މީގެ އިތުރުން ވެހިކަލްތައް އަބަދުވެސް ސާފުކޮށް ބެހެއްޓޭނެ ގޮތްތައް ރާވައި އެކަންކުރުމަށްޓަކައި އެޗްޕީއޭ އާއި ގުޅިގެން ވެހިކަލް ސެނިޓައިޒްކޮށް އަބަދުވެސް ޑިސްއިންފެކްޓް ކޮށްފައި ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އަވަސް ރައިޑުން ހާމަކޮށްފައިވެއެވެ.

އަވަސް ރައިޑުގެ މަހުފީ އިން ކުޑަ ކުރި މިންވަރު ރޯދަ މަހާ ހަމައަށް ދެމިގެންދާނެއެވެ. އަދި މިއަދު އޮތް ހާލަތު އެހެން ގޮތަކަށް ބަދަލުވެއްޖެނަމަ އަދިވެސް އިތުރު ލުއިތަކެއް ދިނުމަށް އެ ކުންފުނިން ރާވާފައިވެއެވެ.

އަވަސްރައިޑުގެ ސަބްސްކްރިޕްޝަން ފީ އިން 50 އިންސައްތަ ކުޑަކުރަން ނިންމުމުން، ޕްރައިވެޓް ވެހިކަލްތަކުން ދެން ދައްކަން ޖެހޭނީ 150 ރުފިޔާޢެވެ. އަދި ޓެކްސީތަކުން މަހަކު ދައްކަން ޖެހޭނީ 100 ރުފިޔާއެވެ. އަދި އަލަށް ރެޖިސްޓްރީ ކުރާ ފަރާތްތަކަށްވެސް މި އިނާޔަތް ލިބޭނެކަމަށް އަވަސް ރައިޑުން މައުލޫމާތު ދިނެވެ.

ޒަމާނަށް އައި ބަދަލާއެކު، އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން ޓެކްސީ ހޯދުން ރާއްޖޭގައިވެސް ދަނީ އާންމުވަމުންނެވެ. "އަވަސް ރައިޑް" އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޓެކްސީ ފްލީޓެވެ. މިގޮތުން އަވަސް ރައިޑު ފްލީޓުގައި މިހާރު ޙިދުމަތްދޭ ވެހިކަލްގެ އަދަދު 2500 އާއި ކައިރިކުރެއެވެ އަދި ރާއްޖޭގެ ހުރިހާ ސިޓީއެއްގައި މިހާރު އަވަސް ރައިޑް ޙިދުމަތް ލިބެއެވެ..

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އީސާ

    ވ. އުފާވެއްޖެ! ތިޔަ މަސައްކަތައް ބަރަކާތް ލައްވާށި! އާމީން

    12
    1
  2. ރިލޭ

    އަވަސް ރައިޑް ތީ ހަމަ އެއްވަނަ

    8
    3