ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން ރެއިންބޯގެ ޚިދުމަތްތައް ދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ރެއިންބޯއިން ކުރި އިއުލާނެއްގައި ބުނީ އެތަނުގެ ހެޑް އޮފީހުގެ ޚިދުމަތް މީގެ ފަހުން ލިބޭނީ، އާދިއްތަ ދުވަހުގެ ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް، ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން މެންދުރު 02:00 އާ ހަމައަށް ކަމަށެވެ. ހުކުރު ހޮނިހިރު ދުވަހު ރެއިންބޯ ހެޑް އޮފީސް ހުންނާނީ ބަންދުކޮށްފައެވެ.

އަދި ރެއިންބޯ ލިވިން މޯލް އާއި ލިވިން ޑިޒައިންގެ ޚިދުމަތް ދޭނީ މެންްދުރު 02:00 އިން ފެށިގެން، ރޭގަނޑު 10 ޖެހުމާއި ހަަމައަށް ކަމަށާއި އެތަނުގެ ޚިދުމަތް ލިބޭނީ ހޮޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ކަމަށް އިއުލާނުގައިވެއެވެ.

ރެއިންބޯގެ އެހެން ފިހާރަތަކުން ޚިދުމަތްދޭ ގަޑި އަށް ބަލާ އިރު، ފަސް ތަނެއްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:00 އިން ފެށިގެން އިރު އޮއްސި 06:00 އާއި ހަމައަށެވެ.

އެ ފަސް ތަނުގެ ތެރޭގައި ހިމެނެނީ ރެއިންބޯ ބިލްޑްވެއާ، ރެއިންބޯ ތިނަދޫ، ރެއިންބޯ ޝޮޕް، ރެެއިންބޯ އޮފީސް ސިސްޓަމްގެ އިތުރުން ރެއިންބޯ އައްޑޫއެވެ.

މި ފަސް ތަނުގެ ޚިދުމަތް ލިބޭނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ރެއިންބޯއިން ވަނީ މާޗް މަހުގެ ދެ ވަނަ ދުވަހު ރޯދަ ސޭލް ފަށައިފައެވެ.

ރެއިންބޯ އެންޓަޕްރައިސަސްގެ ފަރާތުން ހިންގާ ރެއިންބޯ ލިވިންގް މޯލް، ރެއިންބޯ ބިލްޑްވެއާ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ، ރެއިންބޯ އޮފީސް ސިސްޓަމް، ރެއިންބޯ އައްޑޫ އަދި ރެއިންބޯ އޮންލައިން ސްޓޯގައި މާޗް އެކަކުން އިން ފެށިގެން މެއި ނުވަ ވަނަ ދުވަހާ ހަމައަށް އެ ސޭލް ކުރިއަށް ގެންދާނެއެވެ.

ރެއިންބޯގެ ފިހާރަތަކުން ކުރާ 500ރ. އިން ފެށިގެން މަތީގެ ކޮންމެ ވިޔަފާރިއަކަށް މިސޭލްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ އިރު، ގުރުއަތުން ހޮވޭ ނަސީބުވެރި ތިން މީހެއްގެ ބިލްގެ ޖުމްލަ އަދަދު އަނބުރާ ލިބޭނެއެވެ.

ސޭލްގެ ގުރުއަތު ނެގުން އޮންނާނީ ޖޫން 13 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 9:00 ގައި ރެއިންބޯ ލިވިންގް ހޯލްގައެވެ.

ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ރެއިންބޯގެ އޮފިޝަލް ފޭސްބުކް ޕޭޖްއިން ލިބޭނެ ކަމަށް ރެއިންބޯ އިން ބުނެއެވެ.