ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރަސްމީ ގަޑިތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލްގެ ރަސްމީ ވެބްސައިޓުގައިވާ މި މަހުގެ ތެރޭގައި ބޭންކްތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ އެންމެ ތިން ދުވަހުއެވެ. އެއީ މާޗު 19، 23 އަދި 26 ގައެވެ. އެ ތިން ދުވަހު ބޭންކްގެ މަސައްކަތު ގަޑިއަކީ އެންމެ ދެ ގަޑިއިރު ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެއީ ހެނދުނު 9:30 އިން 11:30 އާ ހަމައަށެވެ.

އެގޮތަށް ބަދަލު ގެނައީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާ ގުޅިގެންނާއި އެ ބަލި ފެތުރުނަ ނުދިނުމަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ނަމަވެސް، ބޭންކްގެ އެހެން ހުރިހާ ހިދުމަތްތަކެއް ކުރިއެކޭ އެއްގޮތަށް ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެގޮތުން ސެލްފް ސާވިސް ބޭންކިންގެ އިތުރުން، އޭޓީއެމްތަކުން ޑިޕޮސިޓްކޮށް، ފައިސާ ނެގުމުގެ އިތުރަށް ޓްރާންސްފާ ކުރުމުގެ ޙިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ދަނޑިވަޅުގައި ބޭރަށް ނިކުތުމުގެ ބަދަލުގައި ބޭންކިންގެ ޙިދުމަތްތައް ބޭނުން ކުރުމުގައި ވެސް ކަސްޓަމަރުން ގޭގަައި ތިބެގެން އިންޓަނެޓް ބޭންކިން އާއި މޯބައިލް ބޭންކިންގެ ޙިދުމަތް އިހްތިޔާރު ކުރުމަށް ރާއްޖޭގެ ގައުމީ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލިކަސް

    ޓްރާންސްފަރ ލިމިޓް އިތުރުކުރޭ.. ކޭޝް ނެގޭ ވަރުވެސް

    1
    1