ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާ އިރު، ސްކޫލްތައް ހުޅުވެންދެން މުދާ އުފުލާ ފަރާތްތަކަށް ހުރިހާ ވަގުތެއްގައި މުދާ އުފުލުމުގެ ހުއްދަ ދީފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މާލެ އާއި ހުޅުމާލޭގައި މުދާ އުފުލުމުގެ ހުއްދަ ހުރިހާ ވަގުތެއްގައި ދީފައިވާ ކަމަށެވެ.

މީގެކުރިން 350 ކިލޯ އިން މަތީގެ އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ޓްރާންސްޕޯޓް އިން ދޫކޮށްފައިވަނީ ވަކި ވަގުތަކަށެވެ.

ނަމަވެސް މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ބަލި މަޑުކަމާ ގުޅިގެން ރާއްޖޭގެ ސްކޫލަތް ބަންދުކޮށްފައި އޮތުމުން މިމަހުގެ 17 އިން ފެށިގެން ސްކޫލްތައް ހުޅުވެންދެން މާލެ އާއި ހުޅުމާލޭގައި ކޮންމެ ވަގުތެއްގައި ވެސް މުދާ އުފުލާ އުޅަނދު ފަހަރަށް ދުއްވުމުގެ ހުއްދަ އޮންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ ކުރިން 350 ކިލޯ އިން މަތީގެ އުޅަނދު ދުއްވަން އޮންނަނީ ހެނދުނު 11:30 އިން ފެށީގެން މެންދުރު 13:30 އަށެވެ. މި ގޮތަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި ސްކޫލް ބަންދަށާއި ރަމަޟާން މަހަށް ވެސް އެ އޮތޯރިޓީން ވަނީ މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސް އާންމުންނަށް ލުއި ކޮށްދީފައެވެ.