ފަސް އަހަރު ދުވަހަށް ފުޑް ކޯޓްތައް ހިންގާނެ ބަޔަކު ހޯދުމަށް ހައުސިންގ މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިއުލާލާނުގައި ދެވިފައިވާ މަޢުލޫމާތަށް ބަދަލުތަކެއް އައިސްފައިވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރާ ކަމަށެވެ.

ހައުސިންގ މިނިސްޓްރީން ފަހުން ކުރި އިއުލާނުގައި ބުނެފައި ވަނީ، މާލޭ ހުޅަނގު ދެކުނުގައި ތަރައްގީ ކޮށްފައިވާ 960 އަކަފޫޓުގެ ފުޑްކޯޓް ފަސް އަހަރުގެ މުއްދަތަށް ހިންގަން ބޭނުންވާ ފަރާތްތަކުން އެޕްރީލު 29 ވާ އާދީއްތަ ދުވަހުގެ 12:00 އަށް އެ މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށެވެ.

އަދި އަންނަ މެއި 06 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށްވެސް އެ އިއުލާނުގައި ވެއެވެ.

ފުޑްކޯޓްތަކުގެ ތެރެއިން އަމީނީ މަގާވީ ފަޅީގައި ފުޑް ކޯޓްތައް މި މަސް ތެރޭގައި ހުޅުވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ، އަދި އިއްޒުއްދީން މަގާވީ ފަޅި، މެއި މަހު ހުޅުވޭނެ ކަން ވަނީ ހާމަކޮށްފައެވެ.