ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައި ހުރި ލޯންތައް ދެއްކުން 6 މަސް ދުބަހަށް ފަސްކޮށް އިންޓެރެސް ރޭކް ކުޑަ ކުރަން އެ ބޭންކަށް އަންގައިފިއެވެ.

ބީއެމްއެލްއަށް އެކަން އެންގިކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މާލީ ހާލަތަށް ނޭދެވޭ އަސަރުކޮށްފައިވާ ފަރުދުންނާެއި ވިޔަފާރިތަކަށް ބީއެމްއެެލް އިން ނަގާފައި ހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓެރެސްޓް ޕޭމެންޜް ހަ މަސް ދުވަހަށްފަސްކޮށްދިނުމުގެ ކަންކަން ލަސްކޮށްދިނުމަށް އެދި ވާހަކަދެކެވި ނިންމާފައިވާ ކަމަށެވެ.

"މިކަމަށް އެދޭ ފަރާތްތަކުން ކޮވިޑް-19އާ ގުޅިގެން އަަސަރުކޮށްފައިވާ މިންވަރު ބޭންކަށް ދައްކައިދޭން ޖެހޭނެ، ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ބީއެމްއެލްއިން މިކަމުގެ ތަފްސީލް ހާމަ ކުރަމުންގެންދާނެ". އަމީރު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވީ، ނަގާފައި ހުރި ލޯންތައް ހަ މަސް ދުވަހަަށް މޮރޮޓޯރިިއަމްއަށް އައުމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ވިޔަފާރިތަކަށް ލިބިގެން ދާނެ ކަމަށެވެ.

އަމީރު ވިދާޅުވީ، ހުރިހާ އެންމެންނަށް ހަ ދުވަހުގެ މޮރިޓޯރިއަމްއެއް ދެނީ ނޫން ކަމަށާއި، އެކަމަށް ޖެހޭނީ އެދެންކަމަށެވެ.

"ކޮވިޑް-19 އާ ހެދިކަން ތިމަންނަމެންނަށް މައްސަލަތައް ދިމަވީ، އެކަން ހުށަހެޅީމަ ބޭންކުގެ ތެރެއިން ވަރަށް ފަސޭހައިން މެކޭނިޒަމްއެއްގެ ތެރެއިން ހައްލުވާ ގޮތަށް ފަންޑިންގއަށް އެބޭފުޅުންނަށް ލިބޭނެ ގޮތަށް މަސައްކަތް ކުރަަމުން މި ދަނީ". އަމީރު ވިދާޅުވިއެވެ.

އަމީރު ވަނީ މި ލޯން ވަރަށް ފަސޭހައިން ލިބޭނެ ގޮތަށް ހަމަޖެއްސިގެން ދާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޙާދަ ހެއްވައޭ

    ދެން އެހެން ބޭންކުތަކޯ؟

  2. ރައްދު

    އެހެން ބޭންކް ތަކުގައި ސަރުކާރު ހިއްސާ އެއް ނޯވޭ.

  3. ބޭންކްލޯނު

    ލޯނު ފަސްކޮށްދިނުމަށް އެދި ނިކަމެތި ރައްޔިތު މީޔާ މިޖެހެނީ އާދޭސްކޮށް، ބީއެމްއެލްއަށް ބޮޑު ބަޔާނެއް ދޭން. އަދި އެވަރަކުން ނުފުދޭ. ރައްޔިތު މީހާ ހުށަހަޅާ ޑޮކިއުމެންޓްތަކަށް ބަލާފައި ދޭން ފެންނަ މީހަކަށް ދޭކަހަލް ގޮތަކަށް ވާހަކަ މިހުރީ. ކީކޭ ބުނާނީ ދެން.

    20
  4. ޙައްޖަ

    ޢިންޓުރެސްޓް ކިހާވަރެއްއަރާނެބާ؟

  5. މޮޔަ ?

    ޙަބަރު ލިޔަން އެނގިފަ ތި ހުރިީ . ސުރުހީ ބަދަލު ކޮށްބަލަ. ކުޑަ ކޮށްފި އެއް ނޫން. ޥާހަކަ ދެކެވެމުން ދަނީ . ޙައްތާ ވެސް ކްލިކް ބެއިޓް

    10
  6. Anonymous

    އެޗްޑީއެފްސީ ޖަހާތަން ހިރުވާވެސް ނުލާތަ. ރައްޔިތުންނަށް ލުޔެއް ދެވޭނީ ކުންފުނިތަކުން ލުއިދޭވަރަކުން. އަހަރެމެން ބޭނުން މީހުނަށް އެހީވާން. އެކަމަކު ލޯނު ނުދެއްކި ދާނެތީ އެކަންވެސް ނުވެފަ މިތިބެނީ.

  7. ޗާލީ 13

    ޚިއްކުރަން އަސަރު ހާމަކުރަން ވީ، އެއްވެސް ޝަރުތެއް ނެތި ބޭންކުން ލޯން ނަގާފައިވާ ހުރިހާ ފަރާތެއްގެ ލޯނުގެ މުއްދަތް 6 މަހަށް ލަސްކުރީމަ ނިމުނީ، އިންޓްރަސްޓު ކުޑަކުރީމަ ނިމުނީ، ޅޮން ރައްޔިތުން ނަގާނީ އެވަރުގެ ފުދުންތެރިކަމެއް ނެތީމައި... ދެން އަނެއްކާ ރައްޔިތުން ޖެހޭތަ ތި ހުރިހާ ގަޑެއް ގަންނަން

    11
  8. ޖަވާދު

    އެމީހޚާ

  9. ލުޠުފީ

    ވިޔަފާރިތަކަށ. ދެން އެހެން ލޯނުތަކޯ.

  10. ޖަވާދު

    މީގެން ގެއްލުން ނުލިބެނީ ކޮން ވިޔަފާރިއަކަށް؟ އެ ކިޔާދޭން ޖެހޭނެބާ އަދި ބެންކަށް ގޮސް! ތިހެންވީމާ ކަމަކު ނުދޭ! ކޮންމެ މީހަކަށްވެސް އެގޭނެ ވިޔަފާރިތައް ބިނާވެފައި އޮންނަނީ މީހުންގެ އާމްދަނީގެ މައްޗަށް! އާމްދަނީ ނުލިބޭނަމަ އެ ދަށްވާނަމަ އަސަރު ނުކުރާ އެންމެ ވިޔަފާރިއެއްވެސް ނުހުންނާނެ! މިހާރު ގެސްޓުން ނާދެވޭތީ، އެއާމްދަނީ ނުލިބެންފެށީމާ ހުރިހާ ވިޔަފާރިއަކަށް އޭގެ އަސަރު ކުރާނެ! ދެން ލޯނު ނެގިމީހާ ބެންކަށް ގޮސް އެތަނުގައި ކިޔޫޖައްސާ އަނެއްކާ ފައިންޕުޅުގައި ހިފާ އާދޭސްކޮށް ހެކި ދައްކަން އެބަޖެހޭ އާމްދަނީ ދަށްވި ކަމަށް! އެގުލާނު ކުރަން ނުޖައްސާ ލޯނު ދެއްކުން 6 މަހަށް ފަސްކުރީމާ އެކަން އެނިމުނީ! ލާރި ހުރި މީހެއް ހުރިއްޔާ ދައްކަމުންދާނެ! ނުލިބޭ މީހާއަށް އެވީ ވަރަށް ބޮޑު ފަސޭހައެއް!

  11. ސިނަމާ

    ސްޓޫޑަންޓް ލޯނުގެ ވާހަކަ ކީއްވެބާ މިނުދައްކަނީ!

  12. އަސީ

    ކޮބާހޭ މިގައުމުގެ ވެރިމީހާ އަވައްޓެރި ލަންކާގަމިހުރިހާކަމެއް ނިންމީ ސީދާގައުމުގެ ރައީސް .

  13. ކިޔާނަންހަމަ

    އަދިވެސް ވިޔަފާރިވެރިން ސަލާމަތް ކުރަންތަ ވިސްނަނީ ބަލިވެގެންނާއި އުޅޭނެ ތަނެއް ނެތިގެން ނިކަމެތިން ނަގާފައިވާ ލޯނުތަކަށް ލުޔެއްދޭން ނުވިސްނަނީތަ.

  14. އެޑްމުންޑޯ

    ހަޔަރއެޑިއުކޭޝަނުން ކިޔަވާ ކުދިންނަށް ދޫކޮއްފައިވާ މިހާރު ދައްކަމުންދާ ލޯނުތަކަށްވެސް ލުޔެއް ދެއްވާށެވެ

  15. ލޯނު

    އެއްވެސް ސަރުތެއްނުކޮއް ލޯނުނަގާފަތިބި އެންމެންނަށް ލުއި ގޮތް ހެދުން މާރަނގަޅުވީސް.. ދެން މި ޖެހެނީ މިކަންކުރަންވެސް އާދޭސްކުާކައްނުން

  16. ރާއްޖެތެރޭ މީހާ

    ކޮންމެ ސަރުކާރަކުން ކުރިޔަސް ރަންގަޅު ކަމެއް ވާނީ ރަންގަޅު ކަމަކަށް ދިވެހިން ތެރޭގަވެސް އުޅޭނެ ހެޔޮ އެއްގޮތެވެސް ނެތް މީހުން އެމީހުނަކަށް ނުކެވޭނެ ލޮނުހެޔޮވަރުކޮށް އެކައްޗެވެސް ކީއް ކުރާނީ

  17. ޝައިން

    ސުރުހީ ރަނގޅެއްނޫން