މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް ޔުނިވާސަލް އެންޓަޕްރައިސް އިން ހިންގާ ހުރިހާ ރިސޯޓެއް ބަންދުކުރަން ޔުނިވާސަލް ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

ޔުނުވާސަލްގެ ރިސޯޓުތައް ބަންދު ކުރަނީ އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހަށެވެ.

ޔުނިވާސަލް އިން ނިންމާފައި ވަނީ ޙާއްސަ ޕޭ ޕެކޭޖަކާއި އެކު މުސާރަ ލިބޭގޮތަށް 3 މަސްދުވަހުގެ ޗުއްޓީ އެއް ދިނުމަށެވެ.

އަދި މި ހިނގާ މާޗު މަހުގެ މުސާރަ އާއި ސާވިސް ޗާޖާއި، ކުރިއަށް އޮތް ރޯދަ މަހުގެ އިނާޔަތްވެސް އެއްވެސް ވަރަކަށް އުނި ނުކޮށް ދިނުމަށް ވަނީ ނިންމާފައެވެ.

މިކަން ހާމަ ކުރައްވަމުން ޔުނިވާސަލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުންޏަކީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމާއި މީހުން ބިނާ ކުރުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި ބޮޑު ހޭދައެއް ކޮށްފައިވާ ކުންފުންޏެއްކަމުން، ވައިރަސްގެ ސަބަބުން ފަތުރިވެރިކަމަށް އައިސްފައިވާ ހުއްޓުމާއި އެކު ރާއްޖެއިން ފަތުރުވެރިކަމުގައި އެންމެ ބޮޑު ގެއްލުމެއް ލިބޭނެ އެއް ކުންފުންޏަށް ޔުނިވާސަލް ވާނެކަމަށެވެ.

ނަމަވެސް، މި އުނދަގޫ ދަނޑިވަޅުގައިވެސް މުވައްޒަފުން ވަކިނުކޮށް އަދ ިމުސާރަވެސް އުނިނުކޮށް ކުރިއަށް ގެންދަން ނިންމީ އެ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ ތަނުގެ 3200ށް ވުރެން ގިނަ މުވައްޒަފުން ކަމުގައި ވާތީކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެެވެ.

3 މަސް ދުވަހަށް ޔުނިވާސަލްގެ ރިސޯޓުތައް ބަންދު ކުރި ނަމަވެސް، ކޮންމެ މަހަކުވެސް މިހާރުގެ ހާލަތު ހަމައަކަށް އެޅޭތޯ ބަލައި، މިކަން މުތާލިއާ ކުރަމުން އެ ކުންފުނިން ގެންދާނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ބަރާބަރު????

    31
  2. އަހުމަދު

    ސާބަހޭ ... ތިހެން ވާންވާނީ .......... ތީ ދިވެހި ދަރިންނަކީ

    38
  3. ނޯޕް

    ވާވޯ..........

    19
  4. އެޑްމުންޑޯ

    ގާސިމްދޯ އެއްވެސް އެއްޗެއްނުދީ މުވައްޒަފުން ބޭރުކޮއްލީ ، މިވަރުގެ މީހެކޭ ރައީސްކަމަށް ކުރިމަތި މިލަނީ ، ލަދެއް ނުގަނޭތަ

    51
    1
  5. ޢަންސާރު

    ﷲ މުދަލުގައި ބަރަކާތް ލައްވާށި

    68
  6. ސަންތިމަރިޔަބު

    ޔުނިވާސަލްގެ ތިނިންމެވުމަށް ހިފެހެއްޓުމެއްނެތި ޝުކުރު ދަންނަވަން ތިޔަކުންފުނީގެ މުވައްޒަފުންގެ އަގުވަޒަން ކުރެއްވުމަކީ ތިޔަކުންފުންޏަށް އުޖާލާމުސްތަގުބަލެއް އޮތްކަމުގެ ނިޝާނެއް ﷲ ހުއްދަކުރެއްވި އިމުގެތެރޭގާއި ތިޔަކުންފުނިން ކުރަމުން ގެންދަވާ ހުރިހާ ވިޔަފާރިއެއް ގާއި ބަރަކާތްލެއްވުން އެދި ﷲ ސުބްހާނަހޫވަތަޢާލާގެ ހަސްރަތުގާއި ދުއާދަންނަވަން ޢާމީން

    73
  7. ކަމަނަ

    އަލް ހަމްދު ލިއްލާހް،، ތިޔަބައި މީހުންގެ ރިޒްގު ގައި ﷲ ބަރަކާއި ލައްވާށި..އާމީން

    66
    1
  8. މޫސަ

    ٱلْحَمْدُ لِلَّٰهِ

    53
  9. އަހުމަދު

    ތިވާޤުރުބާނީގެ އަގު މާތްﷲ ޔުނިވާސަލްގެ ވެރިޔާ އައ އް ދެ އް ވާނެ މާތްﷲ ތިބާގެ މުދަލުގަ ބަރަކާތް ލަ އްވާ ތިބާގެ އުމުރު ދިގު ކުރަ އްވާ ސުވަރުގެ މިންވަރު ކުރަ އްވާށި އާމީން

    51
  10. ރިސޯޓް ބޯއީން

    ގާސިމޫ ފެނޭތަ؟؟؟

    38
  11. ރަސީދު

    މާތްﷲ ތިބާގެ މުދަލުގާ ބަރަކާތް ލަ އްވާ ތިބާޔާ ތިބާގެ އަބި ދަރިން ނަ އް ހެޔޮ ރަހުމަތް ލަ އްވާ ސުވަރުގޭގެ ހެޔޮ ޖަޒާ މިންވަރު ކުރަ އް ވާށި އާމީން

    51
    1
  12. މޫސަ

    ޔުނިވަރސަލް އަކީ އަބަދުވެސް މުވައްޒަފުންގެ ހެވާލާބަޔަށް ވިސްނާ ކުންފުންޏެއް. ޟުކްރިއްޔާ ޔުނިވަރސްލްގެ ތިޔަނިންމުމަށް.

    45
  13. މަގޭ

    ވ.ރަގަނޅު

    34
  14. ބުރާންތި

    ކިހާ ސަޅި.....

    27
  15. ޅަގުރާ

    ފެނޭތަ ގާސިމަށް މީތި؟ މީތި ސަޅި އޭ ބުރޯ

    33
  16. ??

    ކިހާ ރަނގަޅު
    ﷲ ތި ކުންފުންޗައް ގިނަގިނައިން ބަރަކާތްލައްވާށި
    އަހަރެންގެ ފިރިމީހަ އުޅޭ ރިސޯޓްވެސް ތިހެން ބަންދުކުރާނެ ނަމަ

    37
  17. މަ

    ކ. ގުރައިދޫއިން މިރޭ މީހެއް ފުލުހުންނާއި ސިފައިން އައިސް ގެންގޮސްފި. މިކަން ބަލައިދީބަލަ ކުދިންނޭ. ކޮރޯނާ ކަމެއް ނޫނީ އެހެންކަމެއް ވެގެން ގެންދިޔަ މީހެއް ކަމެއް ނޭނގޭ. ދެން ނުބުނެ ގެންދިޔައީމަ ކަންތައް ކުރަންވީ ގޮތެއް ނޭނގޭނެދޯ. މިކަހަލަ ދުވަސްވަރު ބުނަންވާނެދޯ

    23
    1
  18. ސ

    ޔުނިވަސަލްއަކީ މުއަށްޒަފުންދެކެ ލޯބިވާކުންފުންޏެކެވެ. ގާސިމްބޭވެސް މިގޮތަށްކަންތައްކޮށްދެއްވާނަމް ރަނގަޅުވާނެ

  19. ޙޫޜޭ

    ޔުނިވަރސަލްގެ 3200 ސްޓާފުންގެ ދިވެހި މުައަށްޒަފުންގެ އަދަދަކީ ކޮބާ !!! ލަފާކުރެވޭގޮތުގަ 35% ދިވެހިން ދެން މުޅިންވެސް ބޭރުމީހުން،

    2
    1