"ޑްރީމްސް ޕިއްޒާ"ގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

"ޑްރީމްސް ޕިއްޒާ"ގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު ބުނީ މިހާރު ދިމާވެފައިވާ ކޮވިޑް 19އިގެ ހާލަތާއި ގުޅިގެން، މި ހާލަތު ބަދަލުވަންދެން، އެ ބަލި ފެތުރުން ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލަން ނިންމީކަމަށެވެ.

މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، މުޖުތަމައު އާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަން "ޑްރީމްސް ޕިއްޒާ"އިން ބުނެއެވެ.

އާއްމު އެއްވުންތަކަށް ނުދިއުމަށާއި، އަތް ދޮވެ ސާފުތާހިރުކަމަށް އިސްކަން ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

ދާދި ފަހުން ޚިދުމަތް ދޭން ފެށި ޑްރީމްްސް ޕިއްޒާ އަކީ މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ކުންފުންޏެކެވެ.

ޑްރީމްސް ޕިއްޒާގެ ޚިދުމަތް މެދުކަނޑާލާފައި މިވަނީ، ޑްރީމްސް ޕިއްޒާއިން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައިވާ ދުވަސްވަރެއްގައެވެ. ޕިއްޒާ އެއް ގަނެލައިގެން 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ، ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ޑްރީމްސް ޕިއްޒާއިން ފަށާފައިވެއެވެ.

ކުރިން ހަމަޖެހިފައި އޮތީ މިހިނގާ މާރޗް މަހު، ޑްރީމްސް ޕިއްޒާއިން މުޅިން އާ ޕްރޮޑަކްޓްތައް ލޯންޗް ކުރުމަށެވެ. އަދި އެ ޕްރޮޑަކްޓްތައް ވެގެން ދާނީ ޕިއްޒާ އިންޑަސްޓްރީއަށް ބޮޑު ލޮޅުމެއް އަރުވާލާނެ ޕްރޮޑަކްޓްތަކަކަށް ކަމަށް އޭރު ޑްރީމްސް ޕިއްޒާއިން ބުނެފައި ވެއެވެ.

އެހެންނަމަވެސް މިހާރު މި ދިމާވި ހާލަތައި ގުޅިގެން އެ ޕްރޮމޯޝަން ވެސް މިވަނީ މަޑު ޖެހިފައެވެ. އަދި ޕިއްޒާގެ އަ ބާވަތްތައް ތައާރަފްކުރުން ވެސް މި ވަގުތަށް ވަނީ މަޑުޖެހިފައެވެ.