ގޭތެރެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނާއި، ކާބޯތަކެތީގެ ސާމާނު ލިބެން ހުންނަ "އިހުސާން ފިހާރައިން" މާދަމާ ހެނދުނުން ފެށިގެން 31 މާރޗްގެ ނިޔަލަށް ގޭގެއަށް ޑެލިވަރީ ކޮށްދޭން ނިންމައިފިއެވެ.

އިހުސާން ފިހާރައިން މިގޮތަށް ނިންމާފައި މިވަނީ، ރާއްޖެއިން ކޮވިޑް 19 ފެނުމާއި ގުޅިގެން މީހުން ގިނައިން އެއްވެ އުޅެ، ތަންތަނަށް އެއް ނުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވާތީ ކަސްޓަމަރުންނަށް ގޭގައި ތިބެގެން ފަސޭހަ ކަމާއި އެކު ބޭނުންވާ ސާމާނު ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ.

މިވަގުތު ޑެލިވަރީގެ ޚިދުމަތް ދެނީ މާރޗް 31 ގެ ނިޔަލަށް ކަމަށްވީނަމަވެސް އެ މުއްދަތު އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް އިހުސާން ފިހާރައިން ބުނެފައިވެއެވެ.

އިހުސާން ފިހާރައިން ޑެލިވަރީ ކުރާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އިން ރޭގނަޑު 10:00 އަށެވެ.

7291003 މި ނަމްބަރަށް ބެނުންވާ ތަކެތީގެ ލިސްޓާއި، ގޭގެ އެޑްރެސް ޖެހުމަށް ފަހު ވަރިއިބަރ ކުރުމުން ޑެލިވަރީ އަށް އޯޑަރ ކުރެވުނީއެވެ.

 

އިހުސާން ފިހާރައިން ޑެލިވަރީ ކުރާތަކެއްޗަށް ކޭޝް މެދުވެރިކޮށާއި، އޮންލައިން ޓްރާންސްފަރ މެދުވެރިކޮށް އަދި ކާާޑު މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ މަގު އެ ފިހާރައިން ވަނީ ފަހިކޮށްދީފައެވެ.

އިހުސާން ފިހާރައިގެ އައުޓްލެޓްތަކުން ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން، ގޭތެރޭގައި ބޭނުން ކުރާ އެކި ބާވަތުގެ ސާމާނު ލިބެން ހުރެއެވެ. އަދި ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން ކުޑަކުދިން ކުޅެން ބޭނުން ކުރާ ތަފާތު އެކި ބާވަތުގެ ކުޅޭ އެއްޗެއްސާއި، އުނގެނުމަށް ބޭނުން ކުރެވޭނެ ތަފާތު އެއްޗެހި ވެެސް އެތަނުން ލިބެއެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ގިނަ ބާވަތްތަކާއި، ތާޒާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ގަނޑުކުރި ކުކުޅާއި މަހުގެ ބާވަތްތަކުގެ އިތުރުންވެސް ދިވެހިން އާއްމުކޮށް ބޭނުންކޮށް އުޅޭ ކާނާގެ އެކި ބާވަތްތައްވެސް އެތަނުން ލިބެއެވެ.

ހަމައެހެންމެ، ރީތިވާން ބޭނުން ކުރާ ސާމާނު ނުވަތަ ކޮސްމެޓިކްސްގެ އެކި ބްރޭންޑްތަކާއި ސައިބޯނި އާއި ޝޭމްޕޫ، ކޮންޑިޝަނަ ފަދަ ތަކެތިން ފެށިގެން ޚާއްސަ ދުވަސް ދުވަހު ރީތި ވާން ބޭނުން ކުރާ ސާމާނުވެސް މި ތަނުން ލިބެއެވެ. އަދި ހަންގަނޑު ރީތިކޮށް ބަލަހައްޓަން ބޭނުން ކުރާނެ އެކި ޕްރޮޑަކްޓްތަކާއި، މޫނާއި އިސްތަށިގަނޑު ރީތިކޮށް ބަލަހައްޓަން ބޭނުންވާ ތަކެތި ވެސް މިތަނުން ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނިޟާ

    އަގުތައް ބަލާލެވެން ހުރުމަކީ ރަނގަޅު ކަމެއް ކަމުގައި ފެނޭ،

    10
  2. ސަލާހު

    ވަރަށް އުފާވެރި ޚަބަރެެއް.

    5
    1
  3. ޙައްވު

    ކޭޝްލެސް ވޭތޯ ވަރަށް ބޮޑަށް ބަލަން އެބަޖެހޭ. އޮންލައިން ޓްރާންސްފަރ އިޒް ނައިސް. ކޮވިޑް ސިޗުއޭޝަނުން އަރައިގަންނަން މާލެ ސަރަހައްދުގައި މިކަހަލަ އެތައް ފިޔަވަޅެއް އެޅެން އެބަޖެހޭ. މިތާގަ ފެތުރެން ފަށައިފިއްޔާ އަހަރުމެންގެ ހެލްތް ކެއަރ ސިސްޓަމްގަ ނެތް ގިނަ މީހުންނަށް ކޭޓަރކުރެވޭނެހާ ކެޕޭސިޓީއެއް. އޭރަށް އިޓަލީގެ މިހާރު ސިޗުއޭޝަނަށް ވުރެ ގޯސްވާނެކަމަށް ލަފާކުރެވެނީ. މީހުންވެސް އެޗް.ޕީ.އިން ބުނާ ގޮތަށް ހަދައިގެން މިކަން ކުރެވެން އޮތީ. އަޅުގަނޑު ބޭނުމެއް ނޫން އެކަކުވެސް ރިސްކަކަށް ވަށްޓާލަން. އެހެން މީހުނަށް ނޫނަސް ތިމާގެ ކްލޯޒް މީހުނަށްޓަކައި މި ފަރުދީ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދެއްވާ. ކޮމްޕްލީޓް އިގްނޮރެންޓަކަށް ނުވަމާ. މޭންއަކަށް ވާނީ ފަހުން.

  4. ޞުރެހހ

    ކާޑުން ޕޭ ކުރެވޭ ތޯ