ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ޔޫރޯ ކަޕް 2020 ލަސްކުރޮށްފައިވައިރު، ރާއްޖޭގެ ކޮކާކޯލާގެ ކުންފުނި ‎މާލެ އެއިރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވްޓް ލިމިޓެޑުން ކުރިއަށްގެންދާ "ޔޫރޯ ޕްރޮމޯޝަން 2020" ޕްރޮމޯޝަން މެދުކަނޑާލައިފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔުއެފާ ޔޫރޯ 2020 ލަސްކުރުމާއި ގުޅިގެން، ޔޫރޯ އާއި ދިމާކޮށް "ކޮކާކޯލާ"އިން ކުރިއަށް ގެންދާ ޕްރޮމޯޝަން މަޑުޖައްސާލަން ނިންމާފައި ވަނީ އެކަމާއި މެދު އިތުުރު ގޮތެއް ނިންމެންދެންކަމަށެވެ.

އެހެންނަމަވެސް އެ ޕްރޮމޯޝަންގެ ދަށުން ކުރިން ވަނަތައް ލިބުނު ފަރާތްތަކަށް އިނާމު ހަވާލު ކުރާނެ ކަމަށާއި، ޔޫރޯ ޕްރޮމޯޝަނާއި ދިމާކޮށް ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވަމުން އައި ނަސީބުވެރިޔާ ހޮވުން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އަދި ކޮކާކޯލާ ޕްރޮޕޯޝަންގައި ބައިވެރިވެ ގުރުއަތުން ހޮވިގެން ޔޫރޯ މެޗް ބަލަން ދިއުމުގެ ފުރުސަތު ލިބުނު ފަރާތްތަކަށް ގުޅާ މުއާމަލާތު ކުރާނެ ކަމަށް ކޮކާކޯލާ އިން ބުންޏެވެ.؛

އަދި ސްޓޭކް ހޯލްޑަރުންނާއި ވާހަކަދެއްކުމަށް ފަހު އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮކާ ކޯލާއިން ކުރިއަށް ގެންދާ "ޔޫރޯ ޕްރޮމޯޝަން 2020"ގެ ފުރަތަމަ ނަސީބުވެރި ފަރާތްތައް މިދިޔަ މަހު ވަނީ ހޮވާފައެވެ.

އެ ޕްރޮމޯޝަންގެ ތެރެއިން ދޫކޮށްލާ އައިފޯން 11 ގެ ހައްޤުވެރި ފަރާތާއި، އައާލޭންޑް އަށް އަށް ޔޫރޯ ކަޕް ބަލާލަން ދެވޭނެ ފުރަތަމަ ފަރާތް ވަނީ މި ލަކީޑްރޯގެ ތެރެއިން ހޮވާފައެވެ.

އައިފޯން 11 ދޫކޮށްލާފައި ވަނީ ޑެއިލީ ވީލް ޑްރޯއިންނެވެ. ޑެއިލީ ވީލްޑްރޯ އަކީ ކޮންމެ ދުވަހަކު ހޮވާލެވޭ ނަސީބުވެރި ފަރާތެކެވެ. އައާލޭންޑަށް ދެވެނީ ވީކްލީ ޔޫއޭއެފްއޭ ޓިކެޓް އިން ހޮވާލެވޭ ފަރާތަކަށެވެ. މިގުރުއަތުލުން ބާއްވަމުން އައީ ކޮންމެ ހޮނިހިރު ދުވަހެއްގައެވެ.

އަޔާލޭންޑަށް ފޮނުވަން މީގެ ކުރިން ހަމަޖެހިފައި އޮތީ ކޮންމެ ލަކީޑްރޯ އަކުން ހޮވޭ ފަރާތަކާއި އެމީހަކު ގެންދިއުމަށް ބޭނުންވާ ކޮންމެވެސް އެއް ފަރާތަކެވެ. މި ދަތުރުގެ ހުރިހާ ހަރަދެއްވެސް ބަލަހައްޓަން ހަމަޖެހިފައި އޮތީ ކޮކާ ކޯލާ މޯލްޑިވްސް އިންނެވެ.

ޔޫރޯ ކެންސަލް ކުރީ މީގެ ތިން ދުވަސް ކުރިންނެވެ.