ސިނާއީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ތިލަފުށީގެ ބިންހިއްކުމަށް ތައްޔާރުވަމުން އަންނަކަމަށް އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތް "ވަގުތު"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ތިލަފުށީގެ 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނީ ކ.ކަގި ބިން ހިއްކާ ނިންމުމަށް ފަހު ކަމަށެވެ.

ކަގިއަކީ ރިސޯޓް ހެދުމަށް ވިއްކާލަން އިއުލާނުކުރި ރަށެކެވެ.

ޒިޔަތް ވިދާޅުވީ، ތިލަފުށި ހިއްކުމުގެ މަސައްކަތް ފަށާނީ ކަގި ނިންމާފައި ކަމަށާއި، ތިލަފުށީގައި ހިއްކަން ޖެހެނީ ގާތްގަނޑަކަށް 15 ހެކްޓަރުކަމަށްވާއިރު، އެ މަސައްކަތް 35 ދުވަހާއި 40 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

"ތިލަފުށީގެ މަސައްކަތް ފެއްޓުމުގެ ކުރިން ކަގިއަށް އަރާނެ. އަދި ތިލަފުށީގެ އީއައިއޭވެސް ނުއެއް ނިމޭ. ދެން 10 ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އީއައިއޭ ނިމޭނެ ކަމަށް މި ބަލަނީ". ޒިޔަތް ވިދާޅުވިއެވެ.

ޒިޔަތް ވިދާޅުވީ، ތިލަފުށީގެ މަސައްކަތް ފަށާނެ ދުވަހެއް ސީދާ ޔަގީން ވާނީ ކަގިއަަށް އެރުމަށް ފަހު ކަމަށެވެ.

ތިލަފުށީގެ ބިން ހިއްކަނީ މާލެ ސަރަހައްދުން އުފައްދާ ކުނި މެނޭޖްކުރާ ސަރަހައްދު ތަރައްގީކުރުމަށެވެ. އެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަސް ތެރޭގައެވެ.

ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ކުނި ނައްތާލަން ބޭނުންކުރާ އެންމެ ފަހުގެ ޒަމާނީ މެޝިނަރީތައް ތިލަފުއްޓަށް ގެނެސް އެތަން ތަރައްގީކުރާނެކަމަށް އެންވެރޮމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަހަަށްދޭބަލަ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. މަހަށްދޭބަލަ ދެން. މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

    • އަލްޖިބުރީލު

      މަހަށް ފޮނުވަން މިއުޅެނީ ބުރޯ ކެތްކޮށްލާ....

      • ޖޮއްބެ

        ކާފަބޭމެންނަކަށް މަހަކަށްވެސް ނުފޮނުވޭނެ އެކަމަކު ރަލަށް ފޮނުވިދާނެ.