ޖީ.އެސް.ޓީ ނުދައްކާ ތިން ފަރާތެއްގެ މައްޗަށް އެ ފައިސާ އާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މަހުގެ 15 ވަނަ ދުވަހު ސިވިލް ކޯޓުން ޖީއެސްޓީ ދެއްކުމަށް ހުކުމް ކޮށްފައިވަނީ ޓޮޕް ވަން ޕާރޓްނާސްގެ މައްޗަށާއި، ޏ.ފުވައްމުލަކު(ފުނާޑު)/ ސޫރަޖުވިލާ، އަޙުމަދު ލިޔާއުގެ އިތުރުން ނ.ވެލިދޫ/ އޮޅުގިރި ޢބްދުﷲ އަލީ ގެ މައްޗަށެވެ.

އެގޮތުން ޓޮޕް ވަން ޕާރޓްނާސްގެ މައްޗަށް ވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 159,444ރ (އެއް ލައްކަ ފަންސާސް ނުވަ ހާސް ހަތަރު ސަތޭކަ ސާޅީސް ހަތަރު ރުފިޔާ) އާއި އިތުރަށް އަރަމުންދާ ޖޫރިމަނާ، 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް އަންގާފައެވެ.

އަދި ޏ.ފުވައްމުލަކު(ފުނާޑު)/ ސޫރަޖުވިލާ، އަޙުމަދު ލިޔާއުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 331,580ރ (ތިން ލައްކަ ތިރީސް އެއް ހާސް ފަސް ސަތޭކަ އަށްޑިހަ ރުފިޔާ) އާއި އިތުރަށް އަރަމުންދާ ޖޫރިމަނާ، 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

މީގެ އިތުރުން، ނ.ވެލިދޫ/ އޮޅުގިރި ޢބްދުﷲ އަލީ ގެ މައްޗަށް ކޮށްފައިވާ ޙުކުމްގައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1,353,804.72ރ (އެއް މިލިއަން ތިން ލައްކަ ފަންސާސް ތިން ހާސް އަށް ސަތޭކަ ހަތަރު ރުފިޔާ ހަތްދިހަ ދެ ލާރި) އާއި އިތުރަށް އަރަމުންދާ ޖޫރިމަނާ އާއެކު 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުނާއްކޮ

    މިދުވަސްވަރު ދައުލަތައް އިތުރު އާމްދަނީ ހޯދުމައްޓަކާ ގިނައަދަދަކައް ޕޮލިހުން މަގުތަކައްނެ ހުރިހާ ވެހިކަލްތަކުގަ ޖޫރްމަނާ ސުޓިކާޖެހުން ވަރައް ބުއްދިވެރި!