ކޮފީއަކީ ދިވެހިންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއީ ދިވެހިންގެ މެދުގައި އަބަދުވެސް މަޤުބޫލު އެއްޗެކެވެ. ކޮފީއަކީ އޭގައި އެންޑިއޮކްސިޑެންޓްސް ގިނަ އަދަދަކަށް ހުންނަ ބުއިމެއްކަމުން ބައެއް ބަލިތަކުން ސަލާމަތްވުމަށް ވެސް މިއީ އެހީއެކެވެ. އަދި މިއީ ދުޅަހެޔޮކަމާއި ގުޅޭ އެތައް ކަމެއްގެ ފެށުން ކަމަށް ވާއިރު، ދުވަހެއް ފެށޭއިރު މީހާގެ ތާޒާކަން އިތުރުކޮށްދޭ ވެސް ބުއިމެކެވެ.

އިސްވެ ފާހަގަކުރެވުނު ކަންކަމުގެ އިތުރުން ހަންގަނޑު ރީތިކޮށް ޒުވާންކަން އިތުރުކުރުމަށް ވެސް ޚާއްސަ ކޮފީ ތައްޔާރުކޮށްފައި ހުރެއެވެ. މާބޮޑަށް ފަލަވެ ބަނޑެއް ލާފައި ހުރުމަކީ އެކަމުގެ ސަބަބުން މީހާގެ ފަރިކަމާއި ރީތިކަން ގެއްލިދާ ކަމެއް ކަމަށް ގިނަ ބަޔަކަށް ޤަބޫލު ކުރާއިރު، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައި ވިޔަފާރިކުރާ "ލިބޭ އޮންލައިން" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލޭންސްލޭ ކޮފީ" އަކީ މިކަންކަމަށް ޚާއްސަ ކޮފީއެކެވެ.

ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލޭންސްލޭ ކޮފީ އަކީ ހަށިގަނޑު ރީތިކޮށްދިނުމުގެ އިތުރުން، އެހެން ކޮފީ ތަކާއި ޚިލާފަށް ހަށިގަނޑަށް ފައިދާ ކުރަނިވި އެތައް ބައިތަކެއް އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި މީރު ކޮފީއެކެވެ. ހަކުރުގެ އެއްވެސް މިންވަރެއް އެކުލެވިގެން ނުވާ މި ކޮފީއަކީ މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައި މުޙިންމު ދައުރެއް އަދާކުރާ ކޮފީއެކެވެ.

ލޭންސްލޭ ކޮފީގައި ވިޓަމިންސް އާއި ހަށިގަނޑުގެ ބަރުމިން ދަށްކޮށްދިނުމަށް އެހީއަކަށްވާ ކްރޯމިއަމް ޕިކޮލިނޭޓް އާއި ހަށިގަނޑުގައި ހަކަތަ އުފައްދައިދޭ ކާނައިޓައިންގެ އިތުރުން ފައިބާ އާއި ފަތްޕިލާވެއްޔާއި ގަސްތަކުގެ މުލުން ނަގާފައިވާ ހަށިގަނޑަށް ފައިދާކުރަނިވި މުޙިންމު ގިނަ މާއްދާތައް އެކުލެވިގެން ވެއެވެ. މި ބައިތަކުގެ ސަބަބުން ހަށިގަނޑުގެ ހަންގަނޑު އޮމާންވެ ޒުވާންކަން ދަމަހައްޓައި ދިނުމަށް އެހީއަކަށް ވެގެން ދެއެވެ.

މި ކޮފީ ބުއިމަށް އާދަކޮށްފިނަމަ، ދާދި އަވަހަށް ބަނޑު ހިންދާލެވުމާއި އެކު ހަށިގަނޑުގައި އިތުރަށް ހުންނަ ބަރުދަން ދަށްކޮއްލައެވެ. އަދި ހަށިގަނޑުގައި ހުންނަ އިތުރު ފެޓްތަކުން ސަލާމަތްވެ ސިއްޙަތައް ގެއްލުންކުރާ ނުރައްކާތެރި ޓޮކްސިންތަކުން ރައްކާތެރި ކޮށްދެއެވެ. އަދި ހަމަ އެހެންމެ ލޭގައި ހަކުރުގެ މިންވަރު މަތިވެ، ނުހިފެހެއްޓިފައިވާ ފަރާތްތަކަށް ދިމާވާ މި މައްސަލަ ތަކަށްވެސް މިއީ ޙައްކެލެވެ.

ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނާގޮތުގައި އާދަކޮށް ލޭންސްލޭ ކޮފީ ބޭނުންކުރާ ފަރާތްތަކަށް ހީވެސް ނުކުރާހައި އަވަހަށް އޭގެ ރަނގަޅު ނަތީޖާ ފެނިގެން ދެއެވެ. ނަމަވެސް އެކި މީހުންނަށް މައްސަލަތަކާއި ކުރިމަތިވެފައިވާ މިންވަރަށް ބަލައި، މި މިންގަނޑު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

އާދަކޮށް ކޮންމެ ދުވަހަކު މެންދުރާއި ރޭގަނޑު ކެއުމުގެ ކުރީން މި ކޮފީ ބުއިމަކީ ރަނގަޅު ގޮތެވެ. މިއިން ކޮންމެ ވަގުތެއްގައިވެސް ކެއުމުގެ 20 މިނެޓު ކުރިން ލޭންސްލޭ ކޮފީ ތައްޓެއް ބުއިމަކީ އެދެވިގެންވާ ގޮތެވެ. ބޭނުން ނަމަ ދުވާލަކު އެއް ފަހަރުވެސް މި ކޮފީ ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ދުވާލަކު މި ކޮފީގެ ހަތަރު ތައްޓަށްވުރެ އިތުރަށް ބުއިމަކީ ރަނގަޅުކަމެއް ނޫނެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ "ލޭންސްލޭ" ބްރޭންޑުގެ "ސްލިމިންގް ކޮފީ"ގެ ދިހަ ޕެކެޓް ހިމެނޭ" ފޮށި މިހާރު "ލިބޭ" އިން ލިބެން ހުރިއިރު، އެފަރާތުން މި ފޮށި ވިއްކާ އަގަކީ 150 ރުފިޔާއެވެ. "ލިބޭ" ގެ ފޭސްބުކް ޕޭޖް ނުވަތަ އެފަރާތުގެ ނަމްބަރު (9946822 ނުވަތަ 7999681) އަށް ގުޅައިގެން މި ކޮފީއަށް އޯޑަރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ލިބޭގެ ޕޭޖްގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ ފިހާރަތަކުން ވެސް މި ކޮފީ ލިބެން ހުންނާނެއެވެ.

ލިބޭ އިން ލޭންސްލޭ ކޮފީ ގަނެހެން އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަނެއްވެސް ކުރިޔަށް ގެންދެއެވެ. މިހާރު ކުރިޔަށްދާ މި ޕްރޮމޯޝަންގެ ދަށުން މީގެ ކޮފީ ޕެކެއް ގަނެގެން އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން ދެވަނައަށްދާ ފަރާތަކަށް އުމްރާ ދަތުރެއް އަދި ތިންވަނައަށްދާ ފަރާތަކަށް އައިފޯން 11 ޕްރޯ މެކްސް އެއް ހޯދުނުގެ ފުރުސަތު އެބައޮތެވެ. ލިބޭ އިން ބުނެފައިވާ ގޮތުގައި ބައްލަވައިގަންނަ ކޮންމެ ލޭންސްލޭ ކޮފީ ފޮއްޓަކާއެކު ކަސްޓަމަރުންނަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި އެންމެ ކޮފީ ފޮއްޓެއްވެސް ބައްލަވައިގެން މި ޕްރޮމޯޝަންގައި ބައިވެރިވުނުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ލިބޭ އިން ބުނެއެވެ.

ރަށްރަށުން މި ކޮފީ ގަންނަ ފަރާތްތަކަށްވެސް ލިބޭ ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މާލެ އިން މި ކޮފީ ލިބެން ހުންނާނީ އިހުސާން ފިހާރަ 01، އިހުސާން ފިހާރަ 02، އިހުސާން ފިހާރަ 03 އަދި ޝޮޕް އެންޑް ސޭވް އިންނެވެ. އަދި ހުޅުމާލޭ ފަހި ޕްލާޒާ އާއި ސަމާ ސްޕޯޓްސް އިން ވެސް މިހާރު މި ކޮފީ ލިބެން ހުންނާނެއެވެ.

"ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.