ރާއްޖެއަށް ކޮލެޓީ ޕްރޮޑަކްޓްތައް ގެނެސްދިނުމުގައި އޮތޮރައިޒް ޑިސްޓްރިބިއުޝަން ނަގައިގެން ހެޔޮ އަގުގައި، އެ ޕްރޮޑަކްޓްސްތައް ވިއްކަމުން އަންނަ ނިއު އެޑިޝަން އިން "ވަޝްމީ ސެނިޓައިޒާ" ތައާރަފް ކޮށްފިއެވެ.

މިދުވަސްކޮޅަކީ ސެނިޓައިޒާ ލިބުން ވަރަށް ދަތި ދުވަސްކޮޅެކެވެ، އަދި އެތައް ރައްޔިތުންނެއް ސެނިޓައިޒާރ ބޭނުންވެފައިހުރި ދުވަސްކޮޅެކެވެ. ނިއު އެޑިޝަނުން ބުނެފައިވަނީ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓް ގެނައުމަކީ އަބަދުވެސް އަމާޒެއް ކަމަށެވެ، އަދި "ވަޝަމީ ސެނިޓައިޒާ" އަކީ ވަރަށް ކޮލިޓީ މޮޅު، ގުދުރަތީ މާއްދާތައް ހިމެނޭގޮތަށް އުފައްދާފައިވާ ސެނިޓައިޒާއެއް ކަމަށެވެ. އަދި ކޮވިޑް-19 އިން ރައްކާރެރިވުމަށް %70 އަލްކޮހޯލް ހިމަނައިގެން އުފައްދާފައިވާ މޮޅު ޕްރޮޑަކްޓެއް ކަމަށްވެސް ނިއު އެޑިޝަނުން ބުންޏެވެ. މީގެ އިތުރުން "ވަޝްމީ ސެނިޓައިޒާ"ގެ ތިން ބާވަތް ހިމެނެއެވެ، އެއީ ފްރެޝް، ނެޗުރަލް އެލޯވެރާ އަދި ކެމޮމީލްއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ޕްރޮޑަކްޓްސް އުފެއްދުމަށް ބޭނުންވާ ފަދަ ރޯމެޓީރިއަލްސް އުފެއްދުން ހުއްޓުމާއި ގުޅިގެން ގިނަ ފެކްޓަރީތަކެއް ވަނީ ބަންދުކޮށްފައެވެ، އަދި އުފެއްދުމަށްފަހު ބާޒާރަށް ނުނެރެ ސްޓޮކްގައި ބަހައްޓާފައި ހުރި ސެނިޓައިޒާ ފަދަ ޕްރޮޑަކްޓްގެ އަގު ގިނަ ފެކްޓްރީތަކުން ވަނީ ބޮޑުކޮށްފައެވެ. އަދި ސެނިޓައިޒާ ފަދަ ޕްރޮޑަކްޓް މަދުވުމުގެ ސަބަބުން ގިނަ ގައުމުތަކެއްގައި ވަނީ ސެނިޓައިޒާ އެކްސްޕޯޓްކުރުންވެސް މަނާ ކޮށްފައެވެ. ނިއު އެޑިޝަނުން ބުނެފައިވަނީ މިދަނޑިވަޅުގައި ދިވެހިންނަށް ސެނިޓައިޒާ ހޯދައިދިނުމަކީ ނިއުއެޑިޝަން އިން ހާސިލް ކުރަން ބޭނުންވާ މަގުސަދު ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ގޭގައި ތިބުމަށް ވަނީ ސަރުކާރުގެ އިދާރާތަކުން އެދިފައެވެ، އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިއު އެޑިޝަނުން ވަނީ ސެނިޓައިޒާ ގަތުމަށް އެކައުންޓް ފައިސާ ޓްރާންސްފާ ކުރުމުން ހިލޭ ޑިލިވަރީ ކޮށްދިނުމަށް ނިންމާފައެވެ. ނިއު އެޑިޝަނުން ސެނިޓައިޒާ އޯޑަރު ކުރެއްވުމަށް ގުޅުއްވާނީ 9972727 އަދި 9672727 އަށެވެ.

ނިއު އެޑިޝަންއަކީ ރާއްޖެއަށް އިންޓަނޭޝަނަލް ކޮލެޓީ އެތައް ޕްރޮޑަކްޓްތަކެއް ގެނެސްދެމުން އަންނަ ބައެކެވެ. އެގޮތުން ނޯޓް ކޮސްމެޓިކްސް، ލޭޔާ ޝޮޓް، ކަންޓޫ،ބާތް އެންޑް ބޮޑީ އަދި ލިލީޑޯ ޕެރިސް ފަދަ މަޝްހޫރު ޕްރޮޑަކްޓްސްތައް ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެއް ބަޔަކީ ނިއު އެޑިޝަންއެވެ.

ނިއު އެޑިޝަނުން ބުނެފައިވަނީ، ނިއު އެޑިޝަން ހޯލް ސެންޓަރުން ސެނިޓައިޒާ މިހާރު ހޯލްސޭލްކޮށް ގަންނަން ބޭނުން ފަރާތްތަކަށް އެފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ. އަދި ހޯލް ސޭލްކޮށް ގަންނަ ފަރާތްތަކަށް ވެސް އެތަކެތި ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށް ނިއު އެޑިޝަނުން ބުންޏެވެ.

ނިއު އެޑިޝަން ހުންނާނީ އޮލިމްޕަސް ކުރިމަތީ މަގުން ގޮސް ނިމޭއިރު، ބޮޑު ރަސްގެ ފާނު މަގުގެ ވާތްފަޅީގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލާރާ

    މިއުޅެނީ ނުލިބިގެން! މިރޭ ބޭނުން

    1
    1
  2. ޝަނާ

    ތޭންކްސް ނޯޓް ފިހާރަ

    1
    1
  3. Anonymous

    275 ފުޅި އެއް

    2
    2
    • ސަލީ

      215 އަށް މަގަތީ، ކަލޭ ކޮންތާކުން ތިގަތީ؟

  4. ހާމިދޫ

    ގެއަށް ޑިލިވަރީ ކުރާތީ ހާދާ ފަސޭހައޭ

    2
    1
  5. ޗަނ

    އަގު ކޮބާ؟

  6. ނަސީދު

    250އެމް އެލް 245ރ އަށް. މީދެން ބޮޑުވަރު ދޯ. އެސްޓީއޯ އިން 500އެމް އެލް ފުޅިއެއް ވިއްކީ 85ރ.

    8
    1